ރައީސް ޔާމީންގެ ދޮށީ ދަރިކަލުން ޒޭން އަބްދުﷲ ޔާމީންއާއެކު/ ފޮޓޯ: އިންޓަނެޓު
ހަބަރު
13 Jan 2023 | 13:04
ރައީސް ޔާމީނަށް ލިބޭ އިސްތިއުނާފު ކުރުމުގެ ހައްގަށް ސަރުކާރުން ވަނީ ހުރަސްއަޅާފަ: ޒޭން ޔާމީން

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި 11 އަހަރުގެ ޖަލު ހުކުމް، މަތީ ހޯޓުގައި އިސްތިއުނާފުކުރުމަށް އެމަނިކުފާނަށް ގާނޫނު އަސާސީއިން ލިބިވަޑައިގަންނަވާ ހައްގަށް ސަރުކާރުން ހުރަސްއަޅާފައި ވާ ކަމަށް ރައީސް ޔާމީންގެ ދޮށީ ދަރިކަލުން ޒޭން ޔާމީން ވިދާޅުވެއްޖެ އެވެ. 

މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމެއް ކޮށްފައިވަނީ ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް ދައުލަތުން ކުރި ދެ ދައުވާ (ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ) ސާބިތުވާކަމަށް ކަނޑައެޅުމަށްފަހުގަ އެވެ. 

އެހެން ނަމަވެސް އެ ހުކުމަކީ ސިޔާސީ ހުކުމެއްކަމަށާއި، ހުކުމް ބަލައި ނުގަންނަކަމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ވިދާޅުވެފައެވެ. 

އެދުވަހުގެ ޝަރީއަތަށްފަހު ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރައްވާނެކަމަށެވެ. 

އެހެން ނަމަވެސް، މިހާތަނަށް އެ މައްސަލަ އިސްތިއުނާފުކޮށްފައި ނުވާއިރު، މައްސަލަ އިސްތިއުނާފު ކުރުމަށް ބޭނުންވާ މުހިންމު ލިޔެކިޔުންތައް މިހާތަނަށްވެސް ކްރިމިނަލް ކޯޓުން ފޯރުކޮށްދީފައި ނުވާކަމަށް ގާނޫނީ ޓީމުން ވަނީ ހާމަކުރައްވާފައެވެ. 

އެގޮތުން އިސްތިއުނާފުކުރުމަށް ކޮންމެހެން މުހިންމު ލިޔެކިޔުމެއްކަމަށްވާ މައްސަލަ ނިންމި ގޮތުގެ ރިޕޯޓު ގާނޫނީ ވަކީލުންނާއި ހަވާލުކޮށްފައި ނުވާކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ވަނީ ވިދާޅުވެފަ އެވެ. އަދި އެކަމުގެ ކަންބޮޑުވުންތައްވެސް ގާނޫނީ ޓީމުން ދަނީ ފާޅުކުރައްވަމުން ނެވެ. 

އެކަމަށް އިޝާރާތް ކުރައްވާ ކުރެއްވި ޓްވީޓެއްގައި ރައީސް ޔާމީންގެ ދަރިކަލުން ޒޭން ވިދާޅުވީ ދަށު ކޯޓުން ކުރާ ހުކުމް މަތީ ކޯޓެއްގައި އިސްތިއުނާފުކުރުމުގެ ހައްގަކީ ކޮންމެ ރައްޔިތަކަށްވެސް ލިބޭ ހައްގަކަށްވާއިރު، ރައީސް ޔާމީންގެ އެ ހައްގަށް ސަރުކާރުން ހުރަސްއަޅަމުންދާކަމަށެވެ. އަދި ސަރުކާރުގެ ނުފޫޒު ވަރަށް ބޮޑަށް އެ މައްސަލައަށް ފޯރުވަމުންދާކަމަށް ޒޭން ވިދާޅުވިއެވެ. 

އޭގެ އިތުރަށް ޒޭން ވިދާޅުވީ އިންސާފު ލިބުން ލަސްވުމަކީ އިންސާފު ނުލިބުމާއި އެއްފަދަ ކަމެއްކަމަށެވެ. 

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާއިރު، އެމަނިކުފާނަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެވެ.

އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ "ހަރާން ހުކުމެއް" ކަމަށް ބުނެ އިދިކޮޅުން ގެންދަނީ ސިލްސިލާގޮތެއްގައި މުޒާހަރާކުރަމުން ނެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމަނިކުފާނުގެ ސަޕޯޓަރުން ދަނީ އަޑުއުފުލަމުން ނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.