ދރ ޖަމީލު ޕީޕީއެމް ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ދިޔަރެސް
ހަބަރު
15 Jan 2023 | 22:21
ރައީސް ޔާމީންގެ ނަންފުޅު 2023 ގެ ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ: ޑރ ޖަމީލު

ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ނަންފުޅު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި އޮންނާނެކަމަށް އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ. 

ޑރ ޖަމީލު އެފަދައިން ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފު ކުރަން ބޭނުންވާ ހުރިހާ ލިޔެކިޔުމެއް ކޯޓުން ފޯރުކޮށްދިން ފަހުން ކުރެއްވި ޓްވީޓެއްގަ އެވެ. 

ޑރ ޖަމީލު ވިދާޅުވީ އިސްތިއުނާފީ ކޯޓު ކުރިމަތީގައި އޮތީ އެތައ ރައްޔިތުންގެ ހައްގުތަކެއް ކަމަށެވެ. ދާދި އަވަހަށް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމި އަނިޔާވެރިކަމުގެ މައްޗަށް އަދުލުވެރިކަން ފާޅުވާނެކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ. 

އޭގެ އިތުރުން ޑރ ޖަމީލު ސިފަކުރެއްވި ގޮތުގައި ރައީސް ޔާމީން ޖަލަށްލީ ރައީސް ސޯލިހު އެމަނިކުފާނުގެ ކިބައިން ސިޔާސީގޮތުން ބަދަލުހިއްޕެވުމަށެވެ. އަދި އެ ބަދަލުހިފުމުގެ ތެރެއިން ރައީސް ސޯލިހު އަމަލުކުރައްވަމުން ގެންދަވަނީ ވަރަށް އަނިޔާވެރި ގޮތަކަށްކަމަށް ވިދާޅުވިއެވެ. 

އެއާއެކުވެސް ޑރ ޖަމީލު ވިދާޅުވީ ރައީސް ޔާމީންގެ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށެވެ. 

ވ އާރަށުގެ މައްސަލައާއި ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ކުރި 11 އަހަރުގެ ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފުކުރުމަށް ވަނީ ނިންމާފައެވެ. 

އިސްތިއުނާފު ކުރުމަށް ބޭނުންވާ މުހިންމު ލިޔުންތައް މިހާރު ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ ގާނޫނީ ޓީމާއި ހަވާލުކޮށްފައިވާއިރު، އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ގާނޫނީ ޓީމުން ވަނީ ބުނެފައެވެ. އަދި އެ މައްސަލަ ފުރިހަމަ ދިރާސާއަކަށްފަހު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އިސްތިއުނާފު ކުރާނެކަމުގެ ޔަގީންކަންވެސް ގާނޫނީ ޓީމުން ދެއްވައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.