މަސްތުވާތަކެތި އެތެރެކުރި ލަޖޭގް އެއާޕޯޓް ތެރެއިން ގެއްލި ތުހުމަތުކުރެވޭ މީހާ ދޫކޮށްލައިފި
މަސްތުވާތަކެތި އެތެރެކުރި ލަގޭޖް އެއާޕޯޓް ތެރެއަށް ގެއްލި ތުހުމަތުވާ މީހާ މިނިވަން ވެއްޖެއެވެ.
ފުލުހުން ބުނީ، މިމަހު 8 ވަނަ ދުވަހު ރާއްޖެ އައި ޕާކިސްތާނު މީހެއްގެ ލަގެޖުގައި މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ކަސްޓަމްސްއިން އޭނާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ލަގޭޖު ހަވާލުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން، ރާއްޖެއަށް އޭނާ އައިއިރު 30 ކިލޯގެ އިތުރު ލަގޭޖެއް ގެނައި ކަމަށާއި ލަގެޖު ގެންދިޔަ މީހެއް ނޭނގޭ ކަމަށް އޭނާ މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިހާތަނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލިބިފައިވާ ފުޓޭޖުތަކުން އެލަގެޖު އަދި ދެނެގަނެވިފައި ނުވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން އިތުރަށް ބުނީ، އޭނާއާ މެދު ތުހުމަތުކޮށް ބަންދުގައި ބެހެއްޓޭނެ ހެކި ނެތުމުން އޭނާ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެއާޕޯޓުގެ ބައެއް މުހިންމު ދިމާތަކުގައި ސީސީޓީވީ ކެމެރާ ނެތްކަން ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists