މާލޭ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ސަން
ހަބަރު
17 Jan 2023 | 20:21
ބަގީގެ ޚިދުމަތް ފަށަން ތައްޔާރުވި ފަހުން، ވިލިމާލޭގައި މިނީބަސް ދުއްވަން ނިންމުމުން މޭޔަރު ފާޑުވިދާޅުވެއްޖެ

ވިލިމާލެއާއި ގުޅޭގޮތަށް ބަގީގެ ޚިދުމަތް ދިނުމަށް މާލޭ ސިޓީ ކައުންސިލުން ނިންމާފައިވަނިކޮށް މިނީ ބަހުގެ ޚިދުމަތް ކައިރި މުސްތަގުބަލެއްގައި ވިލިމާލޭގއި ފަށަން ސަރުކާރުން އިއުލާނު ކުރުމާއި ގުޅިގެން މާލޭ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ފާޑުވިދާޅުވެއްޖެ އެވެ. 

ވިލިމާލޭގައި އިލެކްޓްރިކް ބަގީގެ ޚިދުމަތް އަންނަ މަހު ކުރީކޮޅު ފަށިގެންދާނެ ކަމަށް މާލެ ސިޓީ ކައުންސިލުން އިއުލާނު ކުރުމާއި ވިދިގެން ކަހަލަ ގޮތަކަށް ސަރުކާރުންވެސް ވަނީ ވިލިމާލޭގައި މިނީބަހުގެ ޚިދުމަތް އަންނަ މަހު ތައާރަފު ކުރުމަށް މަސައްކަތް ކުރާކަން އިއުލާނުކޮށްފަ އެވެ. 

އެގޮތުން ވިލިމާލޭގައި ބޭނުންކުރާނީ އެންމެ ފަހުން ގެނައި ތިމާވެއްޓާއި ރައްޓެހި ބަސްތަކެއްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. 

އެކަމާއި ގުޅިގެން މޭޔަރު މުއިއްޒު ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ. 

އެގޮތުން މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވިލިމާލެއަށް ޕަބްލިކް ޓްރާންސްޕޯޓު ބަސްތަކެއް ގެނައުމަކީ ރައްޔިތުން ބޭނުންވާކަމެއް ނޫން ކަމަށެވެ.

ބަގީގެ ޚިދުމަތް ފެށުމަށް ކައުންސިލުން ނިންމީ ރައްޔިތުންގެ ވިސްނުމާއި އެއްގޮތަށް ކަމަށާއި، ކައުންސިލުން އެފަދައިން ނިންމާފައިވަނިކޮށް ސަރުކާރުން އެކަމުގެ ތެރެއަށް ވަނުމަކީ ލާމަރުކަޒީ ނިޒާމާއި ބީރައްޓެހި އަމަލެއްކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ. 

ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމަށް ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ޚިދުމަތް ނުދޭތީ އެ އެއްބަސްވުން ބާތިލުކޮށް ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތް ފެށުމަށް މާލޭ ސިޓީ ކައުންސިލުން ފާސް ކޮށްފައިވަނީ ފާއިތުވި އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ، 17 އޯގަސްޓް 2022 ގައި ބޭއްވި މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 63 ވަނަ އާންމު ޖަލްސާގައި ނިންމާފައިވާ ފަދައިން ވިލިމާލޭގައި އިލެކްޓްރިކް ބަގީގެ ޚިދުމަތް ފެށުމަށް ބޭނުންވާ 10 ބަގީ މިމަހު ފަހުކޮޅު މާލެ ގެނެވިގެންދާނެ ކަމަށެވެ. 

އަދި އަންނަ ފެބްރުއަރީމަހުގެ ކުރީކޮޅު އެ ޚިދުމަތް ފެށިގެން ދާނެ ކަމަށްވެސް އެ ކައުންސިލުން ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.