މާލޭ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ވޮއިސް
ހަބަރު
18 Jan 2023 | 20:04
ވިލިމާލޭގެ ބަގީ ޚިދުމަތަށް ތައްޔާރުވެފައި ވަނިކޮށް ސަރުކާރުން ބަސް ޚިދުމަތް ފަށަނީ ރައްޔިތުންގެ ފައިސާ ބޭކާރުކުރުމަށް: މޭޔަރު މުޢިއްޒު

މާލެ ސިޓީ ކައުންސިލުން ވިލިމާލޭގެ ބަގީ ޚިދުމަތް ފަށަން ތައްޔާރުވެފައި ވަނިކޮށް ސަރުކާރުން ބަސް ޚިދުމަތް ފަށަނީ ރައްޔިތުންގެ ފައިސާ ބޭކާރުކުރުމަށް ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މޭޔަރު މިފަދައިން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 85 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މޭޔަރު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންގެ ޚިޔާލު ހޯދައިގެން މިކަން ކުރިއަށްގޮސް ހަމަޖެހެނިކޮށް ސަރުކާރުން ވިލިމާލޭގައި ބަހުގެ ޚިދުމަތްދޭން ނިންމީ ސިޓީ ކައުންސިލްގެ މަޝްވަރާ އެއްވެސް ވަރަކަށް ނުހޯއްދަވާ ކަމަށެވެ.

"ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ވިލިމާލޭގެ ރައްޔިތުން ބޭނުންވާގޮތަށް. ކައުންސިލުން ހިންގާ ޚިދުމަތެއްގޮތުގައި މިކަންކުރަން ވިލިމާލެ ރައްޔިތުން ބޭނުންވީވެސް"

މޭޔަރު ޑރ މުއިއްޒު 

ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު 25 ގައި ރަސްމީ ސިޓީއަކުން މާލެ ސިޓީ ކައުންސިލަށް އެ ހުއްދަވެސް ދެއްވާފައެވެ.

ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމަށް ޓްރާންސްޕޯޓު މިނިސްޓްރީއިން ދިން ހުއްދަ ސިޓީ 

ޑރ މުއިއްޒު ވިދާޅުވިގޮތުގައި ކައުންސިލުން އެ ޚިދުމަތްދޭން ނިންމީ އޮންނަ ނިޒާމުގެ ތެރެއިން ސަރުކާރާއި ގުޅިގެން ކަމަށެވެ. އެހެން ނަމަވެސް އެ ޚިދުމަތް ފެށުމުގެ ފަހު މަރުހަލާގައި އޮއްވާ  ކުއްލިއަކަށް ސަރުކާރުގެ ކުންފުނި އެމްޓީސީސީއިން ވިލިމާލޭގައި ބަހުގެ ޚިދުމަތްދޭން ނިންމުމަކީ ރައްޔިތުންގެ ފައިސާ އިސްރާފުކުރުން ކަމަށް ޑރ މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. 

"ފެނިގެން މިދިޔައީ މި ޚިދުމަތް ތަންފީޒު ކުރުމުގެ ފަހު މަރުޙަލާގައި އޮއްވާ ކުއްލިއަކަށް ސަރުކާރުގެ ކުންފުނި އެމްޓީސީސީއިން ވިލިމާލޭގައި ބަހުގެ ޚިދުމަތްދޭން ނިންމިތަން. މިއީ ރައްޔިތުންގެ ފައިސާ ބޭކާރުކުރުން. އެއް ކަމަކަށް ޑަބަލްކޮށް ރައްޔިތުންގެ ފައިސާ ޚަރަދުކުރުމަކީ ދެކޮޅުޖެހޭ ކަމެއްނޫން"

މާލޭ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު 

ޑރ މުއިއްޒު އިތުރަށް ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ބޭނުން ކެނޑޭގޮތަށް ސަރުކާރުން އަމަލުތައް ކުރަމުން ދިއުމަކީ ހިތާމަކުރައްވާ ކަމެއްކަމަށް ވިދާޅުވެފަ އެވެ. އަދި ފެށުނީއްސުރެ މާލޭ ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ހުރަސްއަޅާ، ލާމަރުކަޒީ ގާނޫނާއި ޚިލާފަށް ސަރުކާރުން މަސައްކަތް ކުރަމުން ދިއުމަކީ މާލޭ ސިޓީކައުންސިލުން އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށް މޭޔަރު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ