ހަބަރު
22 Jan 2023 | 09:33
ގެދޮރު ގަތުމަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ރަހުނު ކުރާނީ ކިހިނެތް؟

މޯލްޑިވްސް ރިޓަޔަރމެންޓް ޕެންޝަން ސްކީމުގެ މެމްބަރުންގެ ގެދޮރު ގަތުމަށް ނަގާ ލޯނުގެ ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި އެ ފަރާތްތަކުގެ ރިޓަޔަރމެންޓް ސޭވިންގްސް އެކައުންޓަށް ޖަމާ ކުރެވިފައިވާ ފައިސާ ރަހުނު ކުރުމުގެ ފުރުސަތު ވަނީ ޕެންޝަން އޮފީހުގެ ފަރާތުން ހުޅުވާލާފައެވެ.

އެގޮތުން، ރިޓަޔަރމެންޓް ސޭވިންގްސް އެކައުންޓަށް ޖަމާކުރެވިފައިވާ ފައިސާ ރަހުނު ކުރެވެނީ ވަކި ޝަރުތުތަކެއް ހަމަވާ މީހުންނަށެވެ.

އެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ، މޯލްޑިވްސް ރިޓަޔަރމެންޓް ޕެންޝަން ސްކީމު (އެމްއާރުޕީއެސް)ގެ މެމްބަރެއް ކަމުގައިވުމާއި އުމުރުން 60 އަހަރުން ދަށުގެ މީހެއް ކަމުގައިވުން އަދި އުމުރުން 65 އަހަރު ވުމުގެ ކުރިން ލޯނު ދައްކާ ހަލާސް ކުރެވޭނެ މީހެއް ކަމުގައި ވުމުގެ އިތުރުން، ސްކީމުގައި ބަިއވެރިވާ ފައިނޭންޝިއަލް އިންސްޓިޓިއުޝަނަކުން ގެދޮރު ގަތުމަށް ލޯނުހަމަޖެހިފައިވާ މީހެއް ކަމުގައިވުމެވެ.

ގެދޮރު ގަތުމަށް ރިޓަޔަރމެންޓް ސޭވިންގްސް އެކައުންޓުން ރަހުނު ކުރެވޭނެ އަދަދު ކަނޑައަޅަނީ ރަހުނު ކުރުމަށް ހުށަހަޅާ މެމްބަރެއްގެ އުމުރަށް ބިނާކޮށެވެ.

އެކި އުމުރުފުރާތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ އަދަދުތައް ތަފާތެވެ. އެގޮތުން، 16 އަހަރާ 35 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންނަށް، އެކައުންޓްގަ ހުރި އަދަދުގެ 100 ޕަސެންޓް ރަހުނު ކުރެވޭއިރު، 36 އަހަރާ 49 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންނަށް ފަންޑުގަ ހުރި އަދަދުގެ 80 ޕަސެންޓް ރަހުނު ކުރެވޭނެއެވެ. އަދި 50 އަހަރާ 60 އަހަރާ ދެމެދުގެ މީހުންނަށް ރަހުނު ކުރެވޭނީ ފަންޑުގައި ހުރި އަދަދުގެ 50 އިންސައްތައެވެ.

ގެދޮރު ގަތުމަށް ރިޓަޔަރމެންޓް ސޭވިންގްސް އެކައުންޓުން ރަހުނު ކުރެވެން ހުރި އަދަދު ސްކީމްގެ މެމްބަރުންގެ ރިޓަޔަރމެންޓް ސޭވިންގްސް އެކައުންޓު ސްޓޭޓުމަންޓުގައި ހިމަނާފައިވާނެ ކަމަށާއި އެ މައުލޫމާތު ޕެންޝަން މޯބައިލް އެޕްލިކޭޝަނުންނާއި ޕެންޝަން އޮފީހުގެ ވެބްސައިޓުންވެސް ބަލާލެވޭނެ ކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.

މި ސްކީމުގެ ދަށުން ގެދޮރު ގަތުމަށް ލޯނު ހަމަޖައްސަންވާނީ އެ ހިދުމަތް ފޯރުކޮށްދިނުމަށް ޕެންޝަން އޮފީހާއެކު އެއްބަސްވުން ގާއިމު ކޮށްފައިވާ ތަންތަނުންނެވެ.

މިހާތަނަށް މި އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތްތަކަކީ ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި ހައުސިންގް ޑިވިލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަންއާއި މޮރިޝިއަސް ކޮމާޝަލް ބޭންކުގެ އިތުރުން ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސްއެވެ.

ސްކީމުގެ ދަށުން ގަނެވޭނީ ވަކި ކަންކަމެއް ފުރިހަމަވާ ތަންތަނެވެ. އޭގެ ތެރޭގައި ހިމެނެނީ، އާއްމު ދިރިއުޅުމަަށް ގަންނަ ގެދޮރާއި އިމާރާތް ކުރުމަށްފަހު އާއްމުކޮށް ހުޅުވާލެވިފައިވާ ބާޒާރެއްގައި ވިިއްކާ ތަންތަނުގެ އިތުރުން އިމާރާތް ކޮށް ނިމުމުން އިމާރާތް ގަތް ފަރާތާ ހަވާލު ކުރެވޭ ގޮތަށް ވިއްކާ ތަންތަނެވެ.

މި ސްކީމުގެ ދަށުން ގެދޮރު ގަތުމަށްޓަކާ ލޯނު ހޯދުމަށް ހައުސިންގް ފައިނޭންސް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ހުށަހަޅާއިރު، ލޯނުގެ ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ރިޓަޔަރމެންޓް ސޭވިންގްސް އެކައުންޓުގައި ހުރި ފައިސާ ރަހުނު ކުރުމަށް ހުށަހަޅަން ޖެހޭނެއެވެ.

މި މައުލޫމާތު ހިމަނާނީ ލޯނަށް އެދި ހުށަހަޅާ ފޯމުގައެވެ.

މި ސްކީމުގެ ދަށުން ނަގާ ލޯނުގެ ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގަ ރިޓަޔަރމެންޓް ސޭވިންގްސް އެކައުންޓުގަ ހުރި ފައިސާ ރަހުނު ކުރުމަށް އެދޭ މެމްބަރުންގެ މައުލޫމާތު، އެ ހިދުމަތް ދޭ ފަރާތުން ޕެންޝަން އޮފީގާ ހިއްސާ ކުރަން ޖެހޭނެއެވެ.

އަދި ގެދޮރު ގަތުމަށް ޝަރުތު ހަމަވާ މެމްބަރުންގެ ރިޓަޔަރމެންޓް ސޭވިންގްސް އެކައުންޓުގައި ހުރި ފައިސާ، ހައުސިންގް ފައިނޭންސް ހިދުމަތް ދޭ ފަރާތާ ހަވާލު ކުރަން ޖެހޭނެއެވެ.

ލޯނު ދައްކާ ނިމެންދެން ރަހުނު ކުރެވޭ ފައިސާ ހުންނާނީ، އެ ފައިސާ ހަވާލު ކުރެވޭ ހައުސިންގް  ފައިނޭންސްގެ ހިދުމަތް ދޭ ފަރާތުގެ ބެލުމުގެ ދަށުގައެވެ. އަދި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން، އެ ފައިސާ އިންވެސްޓްކޮށް، ރިޓަރންސް ލިބިގެންދާނެއެވެ.

ލޯނު ދައްކާ ނިމުމުން ރަހުނު ކުރެވުނު ފައިސާ އޭގެ ވެރިފަރާތުގެ ރިޓަޔަރމެންޓް ސޭވިންގްސް އެކައުންޓަށް ޖަމާ ކުރެވޭނެއެވެ. ނަމަވެސް ލޯނު ނަގާ ފަރާތުން ލޯނު ދެއްކުމަށް ނުކުޅެދިއްޖެނަމަ، އެ ފައިސާ ހޯދުމަށްޓަކާ ލޯނު ނަގައިގެން ގަތް އިމާރާތް ވިއްކާލެވޭނެއެވެ. އަދި އެ އިމާރާތެއް ވިއްކާލައިގެން ލޯނު ނެގި ފަރާތުން ދައްކަންޖެހޭ އަދަދު ހަމަ ނުވާނަމަ އެ އަދަދު ހަމަކުރުމަށް ބޭނުންވާ ފައިސާ ރަހުނު ކުރެވިފައިވާ ފައިސާއިން ދޫކުރެވޭނެ ކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.

ކޮމެންޓް
ާއަބުދުﷲ
ޢެއްވެސް ގޮތެއްގައި އަމިއްލަ ބިމުގައި އިމާރާތެއް ހެދުމައް މި ފަންޑުގެ ފައިސާއިން ބެނުން ކުރެވިދާނެތަ؟
22 Jan 2023
ޑެކޮ
ދަރިންއަށް ކިޔަވަދީފަ އެކުދިން ބޮޑަތިވާން ވާއިރަށް އާޑައިގެ ނިކަމެތި މީހާއާ ލޯނުގަދެއް ނުލިބޭ. ޢެކުދިން އަށްއެކި ލިބެ މުސާރައިން މި ޒަމާނުގަ ގެ އެއް ނޭޅޭ
22 Jan 2023
ޑެކު
ޢާން ނުދޭނެ މިއީ ކޮންމެސް މަހުޖަނަކަ ކޮށްދީފަ އޮތް ކަމެއް . މި ރާއްޖޭގަ ކަންކަން ވަނީ އެހެން ނިކަމެތި މީހާއަށް ނިކަމެތިކަން
22 Jan 2023
ޑެކު
މާލެ އައުުވާނުން އަށް އެކަނި ތިޔަ ލިބެނީ ރާއްޖެ ތެރޭމީހާއިދަ ޖެހޭނީ އާ އެއަކީ މީހުން އެއްނޫން ވިއްޔާ
22 Jan 2023
ާރާއްޖޭގެ ދިވެހިރައްޔިތެއް
މީހަމައެކަނި މާލެ،ހުޅުމާލެއިން ގެގަން ނަން ބޭނުންވާ މަހުޖަނުން ނައްހަދާފައޮތް ސްކީމެއް މިޕެންސަން ކުންފުނީގަ ހުރީ މާލޭމުއްސަދިންގެ ފައިސާ އާދައިގެ ރާއްޖެތެރޭމީހުން ގެ ގެ އަޅާނެ ފައިސާއެއް ނެތް.
22 Jan 2023
މީހެއް
ތިފައިސާގެ ވެރިފަރާތުން ބޭނުންވާ އެއްވެސްކަމެއް ވާނެގޮތެއް ހަމަނެތީބާ؟ މިސާލަކަށް ގޯތިލިބި ގެދޮރު އެޅޭނެގޮތެއް ނެތިފައި ތިބޭމީހުންނަށް ތިފައިސާއިން ކޮންމެވެސް ޕަސެންޓެއް ދިނުން.
22 Jan 2023
ޝާ
މި ލިޔުން ކިޔާފަ ނޭގުނު އެއްވެސް އެއްޗެއް. ޕެންޝަން ސްކީމް ފައިސާއިން ހައުސިންލޯނުވެސް ނުދެއްކެޔޯ. ދެން ކޮބާ ޕެންޝަން ސްކީމުގެ ބޭނުމަކީ. ސަންދޯކަށް އަޅަން؟
22 Jan 2023
ސިރާޖު
ތިގަވާއިހެދިމީހުންގެ ަމިއްލަމިލކިޔާތެއތޯތިޔަ ބައިބަޔައްބަހާލަނީ ދެލޯކަނު ދެކަންފައްބީރު މައްމަނުން ނެއްނޫނޭ ދެންތިބީ
22 Jan 2023
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.