ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު: ފޮޓޯ/ އެމްޑީޕީ
ހަބަރު
22 Jan 2023 | 18:22
"މި އިންތިހާބަށްފަހު ތިނަދޫ ސިޓީ އަކަށް ބަދަލުކުރާ ރަސްމިއްޔާތުގައި ބައިވެރިވާން އަންނާނަން"

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ފަހު ގދ. ތިނަދުއަށް ވަޑައިގަންނަވާނީ އެރަށް ސިޓީއަކަށް ބަދަލުކުރުމުގެ ރަސްމީޔާތަށް ކަމަށް ރައީސް އިބުރާހިމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މި މަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭނަށް މިއަދު ހުވަދު އަތޮޅަށް ވަޑައިގެން ގދ. ތިނަދޫގައި ސަޕޯޓަރުންނާ އެކީ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ މި ސަރުކާރުގެ ތަރައްގީގެ ސިޔާސަތުގައި ތިނަދޫއަކީ މުހިންމު ރަށެއް ކަމަށެވެ.

ރައީސް ވިދާޅުވީ، ތިނަދޫގެ ތަރައްގީގެ މަޝްރޫއުތަކުގެ ލިސްޓު ދިގުކަމަށާއި ސަރުކާރުން ތިނަދޫގައި މަގު ހެދުމާއި، ފެން ހިންދާ ނިޒާމު އަދި އިންޖީނުގެ މަސައްކަތް ކުރަމުންގެންދާކަމަށެވެ. 

އަދި މީގެ އިތުރުން، ތިނަދޫގައި ސިޓީއަކަށް ބޭނުންވާ ހުރިހާ ވަސީލަތެއް ފުރިހަމަ ކަން ފާހަގަ ކުރައްވައި ރައީސް ޞާލިހް ވިދާޅުވީ، އެރަށް ސިޓީ އަކަށް ހެދުމަށް އިތުރަށް ކުރަން ޖެހޭ މަސައްކަތްތަކަކީ ބައިނަލްއަގުވާމީ ކޮމާޝަލް ޕޯޓަކާއި ރަށާއި ކައިރީގައި ފެންވަރު ރަނގަޅު އެއާޕޯޓެއް އަދި ހޮސްޕިޓަލްގެ މަސައްކަތެއް ކަމަށެވެ. 

މިއާއެކު، ރައީސް ވަނީ ތިނަދޫގައި ބައިނަލްއަގުވާމީ ކޮމާޝަލް ޕޯޓެއް އަޅުއްވާނެ ކަމަށާ، އެ މަޝްރޫއު ގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ.

އަދި މީގެ އިތުރުން ތިނަދޫ ކައިރީގައި ބައިނަލްއަގުވާމީ އެއާޕޯޓެއް އަޅުއްވާނެ ކަމަށާ، އެރަށު ހޮސްޕިޓަލު ތަރައްގީ ކޮށް، މުޅިން އަލަށް ޓާޝަރީ ހޮސްޕިޓަލެއް އަޅައި، ތިނަދޫގެ ދަރިންނަށް ރަށުގައި ތިބެގެން ރަނގަޅު ފެންވަރުގެ ތައުލީމު ހާސިލްކުރެވޭނެ އިންތިޒާމުތައް ގާއިމުކުރުމުގެ މަސައްކަތް ވެސް ސަރުކާރުން މިހާރު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ހަމައެހެންމެ، ރައްޔިތުންގެ ޖުމްލަ ކަންބޮޑުވުންތަކަކީ ކޮބައިތޯ އާއި، އާބާދީ އާއި ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމަށް ކައުންސިލާއި އެކު މަޝްވަރާތައް ކުރިޔަށްގެންދަވާނެކަމަށް ރައީސް ވިދާޅުވި އެވެ. 

"އިރާދަކުރެއްވިއްޔާ މި އިންތިހާބަށްފަހު ލަސްތަކެއް ނުވެ، މި ރަށް ސިޓީއަކަށް ބަދަލުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވާން އަޅުގަނޑު އަންނާނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ހޯދަން އެ ރަށު ކައުންސިލުން ވެސް ތަކުރާރުކޮށް ސަރުކާރުގައި އެދިފައިވެ އެވެ. އަދި ތިނަދު އަކީ ހުވަދު އަތޮޅުގެ މައި ރަށުގައި ގޮތުގައި ފާހަގަކޮށްލެވޭ ރަށެވެ. އެގޮތުން އެ ރަށަކީ އެކި ބޭނުންތަކުގައި ގދ. އާއި ގއ. އަތޮޅުގެ ރަށްތަކުގެ މީހުން ވަރަށް ގިނައިން ދަތުރުކުރާ ރަށެކެވެ.

ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން ސިޓީއެއްގެ ދަރަޖަ ލިބެނީ ރަށެއްގެ ރަޖިސްޓްރީގައި ވާ އެ ރަށުގެ އާބާދީ މަދުވެގެން 10،000 އިން މައްޗަށް އެރުމުންނެވެ.

މިދިޔަ އަހަރު ކައުންސިލުން، އެލްޖީއޭއަށް ލިޔެކިއުންތައް ފޮނުވުމުން އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވަނީ ރަށުގެ ރަޖިސްޓްރޭޝަން އާބާދީ މަދު ނަމަވެސް ރަށުން ހިދުމަތް ހޯދާ މީހުންގެ އާބާދީ 12،000 އަށް އަރާކަމަށް ކައުންސިލާއި ހަވާލާ ދީ ވިދާޅުވެފަ އެވެ.

ތިނަދޫގެ ރަޖިސްޓަރއާބާދީ 10،000 އިން ދަށް ނަމަވެސް ސިޓީއެއްގައި ހަމަވާންޖެހޭ އެހެން ޝަރުތުތައް ހަމަވާކަމަށް ކައުންސިލުން ބުނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.