ސަލްމާން މިސްކިތް---
ހަބަރު
23 Jan 2023 | 14:06
ސަލްމާން މިސްކިތް އޭސީ ހަލާކުވުން: ޓެކްނީޝަނުން އަތުވެއްޖެ، ސާމާނު ނުލިބޭ: މިނިސްޓްރީ

ސަލްމާން މިސްކިތުގެ އޭސީ ޔުނިޓްތައް ހަލާކު ވުމާއި ގުޅިގެން ބޭރުން ގެނައުމަށް ހަމަ ޖެހިފައިވާ ޓެކްނިކަލް ޓީމް މާލެ އައިސްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ މިއަދު އެ މިނިސްޓްރީގެ މީޑީއާ އޮފިޝަލް ވޮއިސް އަށް ދެއްވި ބަސްދީގަތުމެއްގައެވެ.

ސައޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒުގެ ހިލޭ އެހީގައި ރައީސް ޔާމީންގެ ސަރުކާރުން މާލޭގައި ޢިމާރާތްކޮށްފައިވާ ކިންގް ސަލްމާން މިސްކިތުގައި ނަމާދުކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައިއެވެ. ނަމަވެސް މިސްކިތް ހުޅުވިތާ ދެމަހެއްހާ ދުވަސް ފަހުން، އޭސީތަކުން ފިނިނުވާ މައްސަލަ ފެންމަތިވިއެވެ. އޭގެ ސަބަބުން އެ މިސްކިތަށް ނަމާދު ކުރަންދާ ގިނަ އަދަދެއްގެ މީހުން އަންނަނީ ޝަކުވާކޮށް ނުރުހުން ފާޅުކުރަމުންނެވެ.

ސަލްމާން މިސްކިތުގައި އޭސީ ހަރުކޮށްފައި ވަނީ ބޭރުގެ ކޮންޓްރެކްޓަރުން ކަމަށް ވުމާއެކު، ރާއްޖޭން އޭސީތައް މަރާމާތު ކުރުމުގެ މަސައްކަތް ވަނީ ނާކާމިޔާބުވެފައިކަމަށް މިނިސްޓްރީން ހާމަކުރައްވައެވެ.

އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ، އޭސީ ހެދުމަށް ބޭނުންވާ ސާމާނާއެކު، އޭސީ މަރާމާތު ކުރާ ޓެކްނިކަލް ޓީމު، މި މިހާރު މާލެ އައިސްފާއިވާކަމަށެވެ.

މިހާރު ޓެކްނިކަލް ޓީމް މާލެ އައިސްފައިވީ ނަމަވެސް މަރާމާތު ކުރުމަށް ބޭނުންވާ ސާމާނު ލިބޭނީ ކުރިއަށް އޮތް އާދިއްތަ ދުވަހު ކަމަށް އިސްލާމިކް މިނިސްޓްރީ އިން ވަނީ މައުލޫމާތު ދެއްވާފައެވެ.

މީގެ އިތުރުން، މި ކަން ހައްލު ކުރުމަށް ބޭނުންވާ ސާމާނު ލިބުމުގެ ކުރިން ކުރެވެން ހުރި މަސައްކަތްތައް ދަނީ ކުރަމުން ކަމަށާއި މަރާމާތު ކުރުމަށް ނަގާނެ މުއްދަތެއް އެނގޭނީ ބޭނުންވާ ސާމާނު އައުމުން ކަމަށް ވެސް މިނިސްޓްރީިއިން ވަނީ ވިދާޅުވެފައެވެ.

ވޭތުވެދިޔަ ޑިސެމްބަރު މަހު މި މައްސަލަ ހައްލު ކުރާނެ ކަމަށް މިނިސްޓްރީ އިން ބުނި ނަމަވެސް މަރާމާތު ކުރުމުގެ މަސައްކަތް ވަނީ މިއަދާ ހަމައަށް ދިގު ދެމިގެން ގޮސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.