ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު---ފޮޓޯ: އެމްޑީޕީ
ހަބަރު
24 Jan 2023 | 18:23
އެމީހުން މަސައްކަތް ކުރަނީ މީގެ ތެރެއަށް ވަދެ ގަޑުބަޑު ކުރުމަށް: ރައީސް ޞާލިހު

އެމްޑީޕީގެ ޕްރައިމަރީއަށް ވަނުމަށް އިދިކޮޅު ޕާޓީތަކުން މަސައްކަތް ކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ގެ ކެމްޕެއިންނަށް އއ.މާޅޮހަށް މިއަދު ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެފައި ވަނީ އެ ޕްރައިމަރީގައި އިދިކޮޅު ޕާޓީތަކުގެ ކުލަ ޖެހެމުން އަންނަ ކަމަށެވެ.

އަދި މިހާރު ރަށްތަކުން ފެންނަމުން ދަނީ އެމަންޒަރު ކަމަށާ، އެ ކަމާއި ގުޅިގެން އެމީހުންގެ ބެނުމަކީ ކޮބައިކަމާއި އެބޭފުޅުން އެކުރައްވަނީ ކޮން ކަމެއް ކަމާމެދު ވިސްނުމަށް ރައީސް ޞާލިހު ވަނީ އެދިލައްވާފައެވެ.

"ސާފުކޮށް އެމްޑީޕީއަށް ވެރިކަމުގައި ދެމިތިބެން އޮތްކަން އެނގޭތި އެކަމަށް ހުރަސް އެޅެން އޮތް ކަންތައްތައް އެ ބޭފުލުުން އެ ކުރައްވަނީ. ކުރިއަށް އޮތް ރިޔާސީ އިންތިޙާބުގައި ކިރިޔާ ވެސް އެބޭފުޅުންނަށް ވާދަކޮށްލެވެން އޮތީ މީގެ ތެރެއަށް ވަދެ މިގަޑުބަޑު ކޮށްގެން ކަމަށް ފެންނާތި އެ ބޭފުޅުން ނިކުމެ އެތިބީ." ރައީސް ޞާލިހް ވިދާޅުވިއެވެ.

އެމްޑީޕީއިން މި ޕްރައިމަރީިގައި ދައްކަމުން ގެންދަނީ ފުރިހަމަ ޑިމޮކްރަޓިކް ނަމޫނާއެއް ކަމަށާއި، މިހާ ތަނަށްވެސް އެތެރެއިން ހިންގާ ޕްރައިމަރީ ތަކަކީ ވާދަވެރި ޕްރައިމަރީތަކެއް ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ރާއްޖެއަށާއި އެހެނިހެން ސިޔާސީ ޕާޓީތަކަށް ނަމޫނާއަކަށް މިޕްރައިމަރީ ވެގެން ދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިއާއެކު ރައީސް ޞާލިހް ވަނީ، އިދިކޮޅު ޕާޓީތަކުން މަސައްކަތް ކުރަނީ އިންތިހާބު ތެރެއަށް ވަދެ، ގަޑު ބަޑުކޮށް، ކުރިއަށް އޮތް ރިޔާސީ އިންތިޙާބުގައި ކިރިޔާވެސް ވާދަ ކޮށްލެވޭނެ ފުރުސަތެއް އޮތް ގޮތަށް އިންތިހާބު އަނބުރާލުމަށް ކަމަށް ވިދާޅުވެފައެވެ.

"އެނގެން އޮތް ހަޤީގަތަކީ މި ޕްރައިމަރީއާއި އެކުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު މޮޅުވާނެ. މޮޅުވުމާ އެކީގައި ކުރިއަށްއޮތް ރިޔާސީ އިންތިޙާބު ފަސޭހަ ކަމާއެކީ އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ މަގު އެބައޮތް.އަޅުގަނޑުމެންނަށް އެ ފޯމިއުލާ އެބައޮތް. އެކަން ދައްކަމުން އަޅުގަނދުމެން މިދަނީ." ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.