މާލޭ މޭޔަރު ޑރ. މުއިއްޒު.--
25 Jan 2023 | 13:45
ސްޓެލްކޯ އެމްޑީ ނޫސްތަކަށް އިންޓަވިއު ދެއްވީ ކައުންސިލަށް ދިން ޖަވާބެއް ނޫން: މުއިއްޒު

ސްޓެލްކޯ އެމްޑީ ނޫސްތަކަށް އިންޓަވިއު ދެއްވީ މާލެ ސިޓީ ކައުންސިލަށް ދިން ޖަވާބު ނޫން ކަމަށާއި، އެ ފަރާތަށް ދެއްވި ޖަވާބު މުޅިން ތަފާތު ކަމަށް މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިއްޔެ ހަބަރުތަކުގައި އޮތް ވާހަކައަކީ، މާލެ ސިޓީ ކައުންސިލުން ކަރަންޓު ބިލް ނުދައްކައިގެން ލޮނުޒިޔާރަތް ޕާކުން ކަރަންޓު ކަނޑާލި ވާހަކައެވެ.

އެކަމަށް އިޝާރާތް ކުރައްވާ، މިއަދު ކުރިއަށްދިޔަ މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 86 އަހަރީ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، މާލޭގެ ބައެއް ތަންތަކުން ކަރަންޓު ކަނޑާލުމަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ.

މީގެ ދެތިން ދުވަސް ކުރިން ކަރަންޓު ކަނޑަން ފެށިކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ ކަރަންޓު ކަނޑާފައި ވަނީ މާލެ ސިޓީގެ ބައެއް އޮފީސްތަކުން ކަމަށެވެ.

"މިސާލަކަށް ވިލިމާލެ ސެކްޝަން އޮފީހުން ކަރަންޓު ކަނޑާލި. ވިލިމާލޭގަ ހުރިހާ ހިދުމަތެއް ދޭ އޮފީހަކީ ސެކްޝަން އޮފީސް. ހުޅުމާލޭ ސެކްޝަން އޮފީހުން ކަރަންޓު ކަނޑާލި. ހުޅުމާލޭގަ އަޅުގަނޑުމެން ދޭ ހިދުމަތެއް ވިއްޔަ މި ދެނީ ހުޅުމާލޭ އޮފީހުން. ލޮނުޒިޔާރަތް ޕާކު، ސަލްޓަން ޕާކު، މިހެންގޮސް އެކި ތަންތަނުން. އަދި އާއްމު ހިދުމަތްތަކާ ބެހޭ ބައިގަ ބޭރު މުވައްޒަފުން ކައްކަން ބޭނުންކުރާ ބަދިގެ ހުރި ސަރަހައްދު(ވެސް ހިމެނޭ)،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ގަޑިއެއްހާއިރުތެރޭ މާލެ ސިޓީ ކައުންސިލްގެ އެކި އިމާރާތްތަކުން ކަރަންޓު ކަނޑާލި ކަމަށެވެ. އޭރު މި ވާނުވާއެއް ވެސް ނޭނގޭ ކަމަށާއި، ކަރަންޓު ކަނޑާލި ބިލްތައް ނުދައްކައިގެން ކަމަށް ފުރަތަމަ ހީކުރެވުނު ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ދެން އެކަމަކު އެހެންނެއް ނޫން މި ވީކީއެއް. އަޅުގަނޑަށް ގުޅުއްވި. ފުރަތަމަ ގުޅައިގެން ބިޒީކޮށްލަނީ. ފަހުން، ދޮޅު ގަޑިއިރެއްހާއިރު ފަހުން ގުޅުއްވި އެމްޑީ ޝަރީފް. ގުޅުއްވާފަ ވިދާޅުވީ ކައުންސިލް އޮފީހަށް ތިމަންނަމެން ގުޅީމަ ތިތަނުގެ އާދައިގެ މުވައްޒަފުން ފޯނު ނަގާފަ އެބަ ބުނެޔޭ ތިމަންނަމެން އެދިފަ ހުރި ބައެއް ކަންކަން ހިފަހައްޓަން ކައުންސިލުން އޮތީ ބުނެފައޭ. އެބޭފުޅުން އެދޭނީ ޑެއިލީ ވޯކްސް، ގޭގެއަށް ކަރަންޓު ލުމަށް ކޭބަލް އެޅުން، މިކަހަލަ ކަންކަމަށް. އަޅުގަނޑުމެން ހިފަހައްޓާނެ ކަންކަމެއް ނޫން އެއިކީއެއް. އަބަދުވެސް މަގު ކޮންނަން ހުއްދަދެން، ގޭގެއަށް ކަރަންޓު ލައިދޭން. ތިމަންނަމެން ގުޅީމަ ތިތާގެ މުވައްޒަފުން އެބަ ބުނެޔޭ، ކައުންސިލުން އޮތީ މިހާރު ސްޓެލްކޯއިން މިކަންތައް ހިފަހައްޓަން ބުނެފައޭ. އެހެންވެގެން ތިމަންނަމެންނަށްވެސް ލިބިފަ އޮތް ބާރެއްގެ ދަށުން ކަރަންޓު ކެނޑީއޭ،" މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ، ސްޓެލްކޯއަކީ އަމިއްލަ މީހެއްގެ ކުންފުންޏެއް ނަމަ ކަރަންޓު ކަނޑަންވީ ކަމަށާއި ނަމަވެސް އާއްމު ހިދުމަތްތަކުން ކަރަންޓު ކެނޑުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް