ކުޑަކުދިން ގުޑި އަރުވަނީ---ފޮޓޯ: އަވަސް
ހަބަރު
25 Jan 2023 | 15:52
ކުޑަކުދިން ބައިވެރިކުރުން މަނާ މަސައްކަތްތަކުގެ ލިސްޓު ބަދަލު ވެއްޖެ

ކުޑަކުދިން ބައިވެރިކުރުން މަނާ މަސައްކަތްތަކުގެ ލިސްޓަށް ބަދަލު ގެނެސްފިއެވެ.

ގެޒެޓްގައި އިއްޔެ ޝާއިއު ކުރި އިއުލާނުގައި ވަނީ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރި ކުރުމުގެ އާންމު ޤަވައިދުގެ 10 ވަނަ މާއްދާއަށް އިސްލާހު ގެނެސްފައެވެ. އެގޮތުން ގެނެވުނު އިސްލާހާއި އެކު ކުޑަ ކުދިން ބައިވެރި ކުުރުން މަނާ މަސައްކަތުގެ ތެރޭގައި ހިމެނެނީ 7 މަސައްކަތެވެ. ކުރީގައި މި ޤަވައިދުގެ ދަށުގައި ވަނީ 17 މަސައްކަތެވެ.

އެގޮތުން މިހާރު މި ލިސްޓްގައި ހިމެނެނީ ނުރައްކައުތެރި ކެމިކަލްތަކާއި ގޮވާތަކެތި އުފުލުމާއި، އެ ތަކެތި ރައްކައުކުރުމާއި، ހިފައި ގެންގުޅުމާއި، އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގެ މަސައްކަތްތަކާއި، ތެލާއި ޕެޓްރޯލު ފޯރުވުމުގެ ޢަމަލީ މަސައްކަތްތަކެވެ.

އަދި ސިނގިރޭޓާއި، ދުންފަތުގެ އެހެނިހެން ބާވަތްތަކާއި، ވޭޕިން ފަދަ އެއްވެސް ބާވަތެއް ވިއްކުމުގެ ޢަމަލީ މަސައްކަތްތައް ވެސް މި ލިސްޓުގައި ހިމެނެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގައި ހިންގާ ބަނދަރެއްގައި ކުރާ މަސައްކަތުގެ ތެރެއިން ބަނދަރުގައި ކުރާ ހެވީ މެޝިނަރީ އޮޕަރޭޝަންސް ފަދަ ބާވަތްތަކުގެ މަސައްކަތްތައް އަދި ސަފާރީތަކާއި ޔޮޓުތަކުގައި ކުރާ ހުރިހާ ބާވަތެއްގެ މަސައްކަތްތަކެއް ހިމެއެނެއެވެ.

އަދި ހަމަ އެއާއިއެކު ކޮންސްޓްރަކްޝަންގެ މަސައްކަތްތަކުގެ ތެރެއިން ރޭނުމާއި ސިމެންތިޖެހުން ފިޔަވައި އެހެން މަސައްކަތްތައް ވެސް ހިމެނެއެވެ.

ހަމަ އެހެންމެ ދިވެހިރާއްޖޭގެ އެއްވެސް ޤާނޫނެއްގައި ނުވަތަ ގަވާއިދެއްގައި މަނާކޮށްފައިވާ މަސައްކަތެއް، ނުވަތަ އިސްލާމްދީން މަނާކުރާ މަސައްކަތެއްގައި ބައިވެރި ކުރުން ވެސް ވަނީ މި ލިސްޓްގައި ހިމަނާފައެވެ.

މި ބާވަތުގެ މަސައްކަތްތައް ތަމްރީނު ދިނުމުގެ ބޭނުމުގައި ވިޔަސް، ނުވަތަ ޢާއިލާއިން ކުރާ މަސައްކަތެއްގައި ކުދިން ބައިވެރިކުރުމުގެ ބޭނުމުގައި ވިޔަސް ކުރުވުމަކީ މަނާކަމެއްކަމާއި މި ބާވަތްތަކުގެ މަސައްކަތްތަކުގައި އުމުރުން 16 އަހަރު ފުރިފައިވާ ކުދިން ލައްވާ ކުރުވަންވާނީ ނުވަތަ އެއިން މަސައްކަތެއްގައި ބައިވެރިކުރެވޭނީ، އެ ކުދިންގެ މަސައްކަތް ސުޕަވައިޒް ކުރާނެ ފަރާތެއްގެ ބެލުމުގެ ދަށުން ކަމަށް ވެސް ވަނީ ފާހަގަ ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.