މުހައްމަދު ޝަހީމް އަލީ ސައީދް--
ހަބަރު
26 Jan 2023 | 16:50
ބައެއް ދީނީ މީހުން އުޅެނީ ދީނީ ސިޔާސީ ޝަޚްސިއްޔަތުން އުޅޭ ގޮތަށް ނޫން: ޝަހީމް

ދީނީ އިލްމުވެރިން ސިޔާސީ މަޝްރަހުގައި ތިބުމަކީ މުހިންމު ކަމެއް ކަމަށާ އެހެން ނަމަވެސް ބައެއް ދީނީ މީހުން އުޅެނީ ދީނީ ސިޔާސީ ޝަޚަސިއްޔަތުން އުޅޭ ގޮތަށް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޢިމްރާން އާއި، އެޕާޓީގައި ބައެއް އިސްވެރިންގެ ފޮޓޯ އަކާއި އެކު އޮންލައިން ނޫހަކުން ލިޔެފައިވާ ޚަބަރެއް ހިއްސާ ކުރައްވައި ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ، ދީނީ އިލްމުވެރިން ސިޔާސީ މަޝްރަހުގައި ތިބުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ.

އެހެން ނަމަވެސް ބައެއް ދީނީ މީހުން އުޅެނީ ދީނީ ސިޔާސީ ޝަޚަސިއްޔަތުން އުޅޭ ގޮތަކަށްނޫންކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

އެގޮތުން ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫނަކީ ދީނީ އިލްމުވެރިއެއް ކަމަށް ފާހަގަ ކޮށްފައިވެއެވެ. އަދި އެމަނިކުފާނުގެ ބައެއް ކަންކަމާއިމެދު ހިޔާލު ތަފާތު ވިޔަސް ރާއްޖޭގެ ވެރިކަމާއި އެމަނިކުފާނު ހަވާލުވި އިރު ރާއްޖެ އޮތް ގޮތާއި، އެމަނިކުފާނުގެ ޒައާމަތުގައި ރާއްޖެ ވާސިލް ކޮށްދެއްވި ހިސާބު ވަރަށް ސާފުކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ. އަދި ރައީސް މައުމޫންގެ އަރިހުގައި އޭރު ތިއްބެވީ އަޒްހަރިގެ ގްރެޖުއެޓްސް އަދި ސައުދި ގްރެޖުއެޓްސް ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

"މިއަދު ޖެހިގެން އުޅޭ މައްސަލައަކީ ދީނީ އިލްމުވެރިން ސިޔާސީ ވުމެއްނޫން. ބެނުންވާ ހާލަތަކާ ގުޅިގެން އެކްޓިވިސްޓް ސްޓައިލްއަށް ދީން ބެނުން ކުރާ މަދު ބަޔަކު ފާޅުވީ. މީހުންނަށް އެއްޗެހި ގޮވުން ފިޔަވާ އެހެން ކަމެއް ނުކުރޭ". ޝަހީމް ވިދާޅުވިއެވެ.

މިއާއިއެކު ގައުމު ހިންގުމަށް އިސްލާމް ދީނުގައިވާ ހަރުދަނާ ސިޔާސީ، އިޖްތިމާއީ، އިޤަތިޞާދީ، ތައުލީމީ، ބޯހިޔާވަހިކަން ފަދަ ސިޔާސަތުގެ ވާހަކަ ނުދައްކާ، މުޅިން ދައްކަނީ މީހުން ގޯސް ވާހަކާ ކަމަށާ، އެ ބޭފުޅުންގެ އެއްވެސް ތަސައްވުރެއްނެތް ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ. 

މީގެ އިތުރުން އަދާލަތު ޕާޓީ (އޭޕީ) އުފެދިގެން ގައުމީ ރަނގަޅު ކިތަންމެ ޚިދުމަތްތަކެއް އުފައްދަން މަސައްކަތް ކުރި ކަމަށް ޝަހީމް ވަނީ ފާހަގަ ކުރައްވާފައެވެ.

އެގޮތުން ޝަހީމް ވިދާޅޫވެފައިވަނީ އިސްލާމީ ފިޤްހު އެކަޑަމީ، އިސްލާމިކް ބޭންކް، ހައްޖު ކޯޕަރޭޝަން، އައުގަފް ކޮލެޖް، ޔުނިވާސިޓީ، މިފަދަ ކިތަންމެ ކަމެއް ޤާއިމް ކުރުމުގައި އޭޕީގެ މެންބަރުން ދައުރު އަދާ ކުރިކަމަށެވެ.

ނަމަވެސް ފަހުން އޭޕީ ހިސާރު ކުރީ އެކްޓިވިސްޓް ބައެއްގެ ނުފޫޒުކަމަށާ އޭގެ ނަތީޖާ އަކަށްވީ ބިނާކުރުނަވިނި ވިސްނުން ދޫކޮށް ވެރިންނަށް ސަނާކިޔާ ސްޓައިލްގެ ދީނީ ވިސްނުން އުފެދުންކަމަށް ޝަހީމް ވިދާޅުވި އެވެ. 

އަދި މިކަމާއި ގުޅިގެން ދެންނިކުތް ނަތީޖާއަކީ 5 އަހަރުވީ އިރުވެސް ހަރުދަނާ ކަމެއްނުވުން ކަމަށާއި އެންމެ ކުޑަމިނުން ފަތުވާ ކައިންސިލް ވެސް މަރާލުން ކަމަށެވެ.

މިއާއެކު ޝަހީމް ވަނީ ރާއްޖެއަށް ޓަކައި އޭޕީ ސާފުކޮށް އޭޕީ ގާއިމް ކުރެވުނު އަސްލު ތަސައްވަރަށް މިސްރާބު ހިފުމަށް އިމްރާން ގެ އަރިހުން އެދިފައެވެ. 

"އޭޕީ އުފެދިގެން ގިނަ ޒަމާން ތަކެއް ވަންދެން ރާއްޖޭގެ އެންމެ މުހިންމު ދެ ވުޒާރާ ހައުސިންގް އަދި އިސްލާމިކް މނިސްޓްރީ ހިންގީ ދީނީ ވިސްނުމުގެ މީހުން. ބައްލަވާ އޭރު އައިސްފައި ހުރި ކަންކަން. ކޮށްފައި ހުރި ކަންކަން. ހިންގާފައި ހުރި މަޝްރޫއުތައް. އެހެންވީމާ ދީނީ އިލްމުވެރިންނޭ ކިޔާފަ ޓްވިޓަގައި ދޮބޯ ގެރި ދެތިންމޭހުންގެ ސަބަބުން މުޅި އިސްލާމީ މަސްރޫއުގެ އަގު ވެއްޓޭކަށް ނުޖެހޭ. ހަރުދަނާ ދީނީ އިލްމުވެރިން މަސްރަހުގައި ސާބިތުވެ ތިއްބެވުމަށް އިލްތިމާސް ކުރަން" ޝަހީމް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.