10 ލަނޑުގެ އެގްރިގޭޓުން ސިޓީ ލީގު ކަޕްގެ ފައިނަލަށް

24 Jan 2019 | 09:52

އިނގިރޭސި ލީގް ކަޕްގެ ސެމީ ފައިނަލުގައި ބަރޓަން އަތުން ރޭ 1-0 ކުން މޮޅުވެ ޖުމްލަ 10 ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން މެންޗެސްޓާ ސިޓީ ފައިނަލުގައި ފައިހަމަކޮށްފިއެވެ. މި ދެޓީމް ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ ލެގް 9-0 ގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ސިޓީއެވެ.

ބަރޓަންގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ސިޓީގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މަހްރޭޒް ދިން ޕާހަކުން ސާޖިއޯ އަގުއޭރޯއެވެ.

އަނިޔާވުމުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމައި ދުރުގަ ހުރި ސިޓީގެ ފުލް ބެކް ބެންޖަމިން މެންޑީވަނީ މި މެޗުން ފެނިގެން ގޮސްފައެވެ.

މޮޅުވުމުން ސިޓީގެ ކޯޗް ގާޑިއޯލާ ބުނީ މެޗުގެ ހުރިހާ ކަމެއްވެސް ދިޔައީ ރަނގަޅަށް ކަމަށައި ނަމަވެސް ދަނޑު އޮތީ ނުރައްކާތެރިކޮށް ކައްސާ ގޮތަށް ކަމަށެވެ. މެޗު ފެށީވެސް ނުވަ ލަނޑުގެ ލީޑަކުން ކަމަށައި އެހެންނަމަވެސް އޭނާގެ ކުޅުންތެރިންގެ ކިބައިން މެޗުން މޮޅުވުމުގެ ރޫހު ގެއްލުނުތަން ނުވަތަ ފޫހިވިތަން ފެނިފައިނުވާ ކަމަށްވެސް ގާޑިއޯލާ ފާހަގަކުރިއެވެ.

ބަލިވި ނަމަވެސް ހިތްހަމަޖެހިފައި ހުރި ބަރޓަންގެ ކޯޗް ބުނީ އޭނާގެ ޓީމުން މެޗުގައި ދެއްކި ކުޅުމައި ދޭތެރޭ ހިތްހަމަޖެހޭ ކަމުގައެވެ.

މި މުބާރާތުގެ ފައިނަލުގައި ސިޓީ ބައްދަލު ކުރާނީ ލަންޑަނުގެ ދެ ބާރުކަމަށްވާ ޗެލްސީ އަދި ޓޮޓެންހަމް ވާދަކުރާ މެޗުން މޮޅުވާ ޓީމަކައި ދެކޮޅަށެވެ. ޗެލްސީ އަދި ޓޮޓެންހަމް ބައްދަލުކުރި ސެމީ ފައިނަލުގެ ފުރަތަމަ ލެގް ނިމުނީ 1-0 ޓޮޓެންހަމް މޮޅުވެގެންނެވެ. 

Advertisement

ކޮމެންޓް