މަޑިފުއްޓާއި ތިނަދޫގެ ވޯޓު ފޮށި ފަޅާލައިފި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމަށް ތ މަޑިފުށީގައި ބަހައްޓާގައި ހުރި ވޯޓު ފޮއްޓާއި، ގދ ތިނަދޫގައި ބަހައްޓާގައި ހުރި ވޯޓު ފޮށި ފަޅާލައިފިއެވެ.
މައުލޫމާތު ލިބޭގޮތުގައި ތ މަޑިފުށީގެ ވޯޓު ފޮށި ފަޅާލާފައި ވަނީ ރަޖިސްޓްރީ ނުކުރާ މީހުންގެ ވޯޓުލުމާއި ގުޅިގެން އުފެދުނު ހަމަނުޖެހުމުގެ ތެރެއިންނެވެ.
ތިނަދޫގެ ވޯޓު ފޮށި ފަޅާލާފައި ވަނީ ތިނަދޫ ދެކުނު ދާއިރާގެ ވޯޓު ފޮށްޓަށް ލީ ވޯޓު ކަރުދާސްކޮޅެއްގެ ފޮޓޯ ނެގި މައްސަލައެއްގައި އުފެދުނު ހަމަނުޖެހުމެއްގެ ތެރެއިންނެވެ.
ތިނަދޫ ވޯޓު ފޮށި ފަޅާލާފައި: ފޮޓޯ/ ވަގުތު
މަޑިފުށީގެ ވޯޓު ފޮށި ފަޅާލި މައްސަލައާއި ގުޅިގެން އެރަށު އެ ވޯޓު ފޮށީގެ ކާރުދާސްތައް މިހާރު އަޅަމުންދާނީ ދަނގަޑު ފޮށްޓަކަށް ކަމަށް މައުލޫމާތު ލިބެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދާއިރު މިހާތަނަށް ވަރަށް ބޮޑެތި މައްސަލަތަކެއް ވަނީ އުފެދިފައެވެ. އަދި އިންތިޚާބައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންނަށް ތާއީދު ކުރާ މެމްބަރުންގެ މެދުގައި ހަމަނުޖެހުން އުފެދި ބައެއް ވޯޓުލާ ސަރަހައްދު ތަކުގައި ހަމަނުޖެހުން ހިންގި މައްސަލަތަކެއްވެސް ވަނީ ފެންމަތިވެގެން ގޮސްފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists