ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމް--ފޮޓޯ:މަޖިލިސް
ހަބަރު
29 Jan 2023 | 13:16
ޕްރައިމަރީއިން ފެނިގެން ދިޔައީ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކުރާނެ މަސައްކަތުގެ ކުޑަ މިންވަރެއް: އުޝާމް

އިއްޔެ ބޭއްވުނު އެމްޑީޕީގެ ޕްރައިމަރީ އިންތިޙާބުން ފެނިގެން ދިޔައީ ސެޕްޓެމްބަރު މަހު ބޭއްވޭ ރިޔާސީ އިންތިޙާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށް މި ސަރުކާރުން ކުރާނެ މަސައްކަތުގް ކުޑަ މިންވަރެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނައިބު ރައީސް އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އެގޮތުން އިއްޔެ ކުރި ޓްވީޓެއްގައި އުޝާމް ވިދާޅުވެފައިވަނީ އެމްޑީޕީ ޕްރައިމަރީން ފެނިގެން ދިޔައީ 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށް މިސަރުކާރުން ވައްކަމާއި ކޮރަޕްޝަން ހިންގާނެ މިންވަރުގެ ކުޑަވަރެއް ކަމަށެވެ.

އަދި އިންތިހާބުތަކާ ދިމާކޮށް ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ގާނޫނުތައް ބަދަލުކުރަންޖެހިއްގެ ކަމަށްވެސް އުޝާމް ވަނީ ވިދާޅުވެފައެވެ.

ޕްރައިމަރީގެ ވަގުތީ ނަތީޖާ މިހާރު އިއުލާން ކޮށްފައިވާއިރު އިންތިޚާބު ގެ ނަތީޖާ ދައްކާގޮތުން ރައީސް ޞާލިހަށް ލިބިފައިވަނީ %61 ވޯޓެވެ. އަދި އިންތިޚާބު ގައި އެމަނިކުފާނާއި ވާދަކުރެއްވި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިފައިވަނީ %39 ވޯޓެވެ. 

ބޮޑު ތަފާތަކުން ރައީސް ޞާލިހު އިންތިޚާބު ކާމިޔާބު ކުރައްވާފައިވީ ނަމަވެސް، އިންތިޚާބު ކުރިއަށް ދިޔަ ވަގުތު ގިނަ މައްސަލަތަކެއް ފެންމަތިވެ ބޮޑެތި ހަމަ ނުޖެހުން ތަކެއް ވަނީ ހިނގާފައެވެ. އެގޮތުން، ވޯޓު ލިސްޓުގައި ނަން ނެތް މީހުން ވޯޓު ލުމާއި، ދާއިރާތަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އިތުރަށް މީހުން ވޯޓުލުން ފަދަ މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ. އެހެންކަމުން، އިންތިޚާބު ގަޑުބަޑު ކޮށްފައިވާ ކަމަށް ރައީސް ނަޝީދުގެ ޓީމުން ވަނީ ތުހުމަތު ކޮށްފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.
05 Aug 2026
އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.