މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު: ފޮޓޯ/ މާލެ ސިޓީ ކައުންސިލް
ހަބަރު
01 Feb 2023 | 11:27
ބިމުގެ ކުލީގެ ގޮތުގައި ސްޓެލްކޯއިން 68 މިލިއަން ރުފިޔާ ދައްކަން ޖެހޭ: ސިޓީ ކައުންސިލް

ބިމުގެ ކުލީގެ ގޮތުގައި ސްޓެލްކޯއިން 68 މިލިއަން ރުފިޔާ ދައްކަން ޖެހޭ މާލެ ސިޓީ ކައުންސިލް އަށް ދައްކަންޖެހޭ ކަަމަށް އެކައުންސިލުން ބުނެފިއެވެ. 

މާލޭސިޓީ ކައުންސިލުން ކަރަންޓް ބިލު ނުދައްކާ ކަމަށް ބުނެ، ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބައެއް ތަންތަނުން ސްޓެލްކޯއިން ކަރަންޓް ކަނޑާލުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ސިޓީ ކައުންސިލަށް ވަނީ އަމާޒުވަފެއެވެ. 

އެ ފާޑުކިޔުންތަކަށް ރައްދު ދެއްވައި، މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން ކަރަންޓް ބިލު ތަކަށް، 2021 ވަނަ އަހަރުގެ މެއި މަހުން ފެށިގެން 31 ޑިސެމްބަރު 2022 ވަނަ ދުވަހުގެ ނިޔަލަށް -/10,660,604/99 ރުފިޔާ ސްޓެލްކޯއަށް ދައްކާފައިވާ ކަމަށެވެ. އަދި ޑިސެމްބަރު މަހުގެ ނިޔަލަށް ސްޓެލްކޯއަށް ނުދެއްކި ވަނީ -/16,519,796 ރުފިޔާ ކަމަށެވެ. 

ސްޓެލްކޯއަށް ސިޓީ ކައުންސިލުން ދައްކާފައިވާ ކަރަންޓް ބިލު ތަކުގެ ތަފްސީލް: ފޮޓޯ/ މާލެ ސިޓީ ކައުންސިލް 

މިއާއެކު މުޢިއްޒު ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ ބިން ތަކަށް ކުލީގެ ގޮތުގައި ސްޓެލްކޯއިން އެ ކައުންސިލަށް 68,341,787 ދަންކަންޖެހޭ ކަމަށްވެސް މޭޔަރު ވަނީ ފާހަގަކޮށްފައެވެ. އަދި އެއީ ޖުމުލަ 49 ބިމަށް ދައްކަންޖެހި، ނުދައްކައި ހުރި ކުލި ކަމަށްވެސް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.