ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ ވޮއިސް
ހަބަރު
01 Feb 2023 | 14:13
ސިޓީ ކައުންސިލުން އެދުނަސް ސްޓެލްކޯގެ މައި އިންޖީނުގެއާއި އިން ވެގެންހުރި މަގުތަށް ހުޅުވޭކަށް ނެތް: ޝަރީފް

މާލެ ސިޓީ ކައުންސިލުން އެދުނު ކަމުގައި ވިޔަސް، ސްޓެލްކޯގެ މައި އިންޖީނުގެއާއި އިން ވެގެންހުރި މަގުތަށް ހުޅުވޭކަށް ނެތް ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ. 

މާލެ ސިޓީގެ ބޮޑު ތަކުރުފާނު މަގާއި އަމީނީ މަގުގެ ޓްރެފިކް ފްލޯއަށް މުހިންމު ތިން މަގެއް ސްޓެލްކޯއިން ބަންދު ކޮށްފައިވާ ކަމަށާ، އެ މަގުތައް ހުޅުވުމަށް ތަކުރާރުކޮށް ސިޓީ ކައުންސިލުން އެންގުމުންވެސް ހުޅުވާފައި ނުވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވަނީ މިއަދު ވިދާޅުވެފައެވެ. 

މި ކަމާއި ގުޅިގެން، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ވޮއިސް" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޝަރީފް ވިދާޅުވީ، އެ މަގުތައް ހުޅުވާލުމަަށް އެދި ސިޓީ ކައުންސިލް ސްޓެލްކޯއާއި އެކުގައި މަޝްވަރާތައް ކޮށްފައިވާ ކަމަށެވެ. އަދި އެ މަގުތައް ހުޅުވާލެވެން ނެތް ކަމަށްވެސް ސްޓެލްކޯއިން ހާމަކޮށްފައި ވާނެ ކަމަށާ، އެ މަގުތައް ހުޅުވައިގެންވެސް މާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯއަށް ލުއެއް ނުވާނެ ކަމަށެވެ. 

އެ ތިން މަގުވެސް އައިސްފައި އިންނަނީ ސްޓެލްކޯ ތެރޭގައި، މެއިން އިމާރާތް ތެރޭގައި އަޅުގަނޑުމެންގެ މެއިން ޕަވާ ހައުސް ތަކާއި އިން ވެގެން އިންނަނީ. ދެން އަޅުގަނޑުމެން ބަލާލާއިރުގައި، މާލޭގެ އެ މަގުތައް ހުޅުވައިގެންނޭ ކިޔާފައި މާލޭ ގެ ޓްރެފިކަށް އެއްވެސް ބަދަލެއް ނާންނާނެ. މިސަރަހައްދު ތެރޭގައި އިތުރު ގެއެއް ހުރީކީ ނޫން، ނުވަތަ އިތުރު ތަނެއް ހުރީކީ ނޫން. 

އަހުމަދު ޝަރީފް 

މިއާއެކު ޝަރީފް ވިދާޅުވީ، އެ ތިން މަގަކީ މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ވަރަށް ބޮޑަށް ގުޅިފައިވާ ތިން މަގު ކަމަށެވެ. އެހެންކަމުން، ސްޓެލްކޯގެ ހުއްދަ އާއި ނުލައި އެ ތިން މަގުން (ސްޓެލްކޯގެ މައި އިންޖީނުގެ ކައިރިން) އެއްވެސް އުޅަނދެއް ދުއްވުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ދެވެން ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.  

ޝަރީފު އިތުރަށް ވިދާޅުވީ، އެ ތިން މަގަކީ ސްޓެލްކޯގެ އިހްތިސާސް ތެރޭގައި ހިމެނޭ މަގުތަކަކަށް ހެދުމަށްޓަކައި ސަރުކާއިއެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ. 

ކޮމެންޓް
Mohamed Nixam
ޔަހޫދީންގެ އުސޫލު ތިޔަހުރީ. މަގުތަށް ފޭރިގަންފަ މިހާރު ތިއުޅެނީ ޤާނޫނީ އިމުގެ ތެރެއިން ކުރިކަމަކަށް ހަދަން.
02 Feb 2023
ދުއްޕާން
އިހުތިސާސްގައި ނެތް މަގެއް، ނުހުޅުވައި ހިފެއްހެއްޓޭނެ ހަމައެއް އުޞޫލެއް، ގޮތެއް ނެތް. ހަމައާއި އުޞޫލާއި ގޮތް ނެތި އުޅުމަކީ ދެރަވަރު.ސްޓެލްކޯއިން ސިޓީ ކައުންސިލަށް ކުރާ އަނިޔާ އަކީ މާލޭ ރައްތިތުންނަށް ކުރާ އަނިޔާ.
04 Feb 2023
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.