މާލޭ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ސިޓީ ކައުންސިލް
ހަބަރު
02 Feb 2023 | 09:43
މަގުމަތީގައި ކުރާ މަސައްކަތްތަކުން އަގު ނަގާނީ ކުންފުނިތަކުގެ އިމާރާތްތަކާއި ގުޅޭ ކަންކަމުން އެކަނި: ޑރ. މުއިއްޒު

މަގުމަތީގައި ކުރާ މަސައްކަތްތަކުގެ ތެރެއިން އަގު ނަގަން މާލޭ ސިޓީ ކައުންސިލުން ނިންމާފައިވަނީ ކުންފުނިތަކުގެ އިމާރާތްތަކާއި ގުޅޭ މަސައްކަތްތަކުން އެކަނި ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ޑރ މުހައްމަދު މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ މަގުމަތީގައި ކުރާ މަސައްކަތަށް އަގު ނެގުމަށް މާލޭ ސިޓީ ކައުންސިލުން ނިންމާފައިވާކަން ފާހަގަކޮށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ފާޑުވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ. 

އެ ޓްވީޓުގައި މޭޔަރު މުއިއްޒު ވިދާޅުވީ މަގުމަތީގައި ކުރާ މަސައްކަތްތަކުގެ ތެރެއިން ސިޓީ ކައުންސިލުން އަގުނަގަން ނިންމާފައިވަނީ ހަމައެކަނި ކުންފުނިތަކުގެ އިމްރާތްތަކާއި ގުޅޭ މަސައްކަތްތަކުން ކަމަށެވެ. 

ރައްޔިތުންގެ ގޭގެއަށް ކަރަންޓު ކޭބަލް ވެއްދުމާއި، ފެން ގުޅުމާއި އެހެނިހެން ބޭނުންތަކަށް ކޭބަލް ވެއްދުމަށް މަގު ކޮނުމުކަށް އެއްވެސް އަގެއް ނުނަގާނެކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ. 

"މަގުމަތީގައި ކުރާ މަސައްކަތްތަކުން އަގު ނެގުމަށް ސިޓީ ކައުންސިލުން ނިންމާފައިވަނީ ކުންފުނިތަކުގެ ޢިމާރާތްތަކާއި ގުޅޭ މަސައްކަތް ތަކުން. ޢާއްމު ރައްޔިތުންގެ ގޭގެޔަށް ކަރަންޓު ކޭބަލް ވެއްދުމާއި، ފެން ގުޅުމާއި، އެކިކަންކަމުގައި ކޭބަލް ވެއްދުމަށް މަގުކޮނުމަކަށް އަގެއް ނުނަގާނެ"

މާލޭ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު 

ދެ މުއައްސަސާއިން އެއްބަޔަކު އަނެއް ބަޔަކަށް ދައްކަން ޖެހޭ ބިލުތަކެއްގެ މައްސަލައިގައި ސްޓެލްކޯއާއި މާލޭ ސިޓީ ކައުންސިލާއި ދެމެދު ވަނީ ނުތަނަވަސްކަމެއް އުފެދިފައެވެ. 

ކަރަންޓު ބިލުތަކެއް ނުދައްކާ ހުރުމުގެ ސަބަބުން މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަންތަނުން ސްޓެލްކޯއިން ކަރަންޓު ކަނޑާލާފައިވާއިރު، ސްޓެލްކޯއިން ބިމު ކުލީގެ ގޮތުގައި 68 މިލިއަން ރުފިޔާ މާލޭ ސިޓީ ކައުންސިލަށް ނުދައްކާ އޮތްކަމަށް މާލޭ ސިޓީކައުންސިލުން ވަނީ ހާމަކޮށްފަ އެވެ. 

އެހެން ނަމަވެސް މަޝްވަރާކޮށްގެން މި މައްސަލަ ހައްލުކުރެވިދާނެކަމަށް ދެ މުއައްސަސާއިންވެސް ގަބޫލުކުރެއެވެ. އަދި މި ކަމާއި ގުޅިގެން މާލޭ ސިޓީ ކައުންސިލުންވެސް ސްޓެލްކޯއިންވެސް އާންމުންނަށް ދޭން ޖެހޭ ޚިދުމަތަކަށް ބުރޫ ނާރާނެކަމަށް ދެ މުއައްސަސާއިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ