އިކްރާމް މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
02 Feb 2023 | 10:19
ކެންޑިޑޭޓާއި ދެކޮޅު ފެކްޝަންތައް އުފައްދާކަށް ޕާޓީގެ އަސާސީ ގަވައިދު ތަނެއް ނުދޭ: އިކުރާމު

އެމްޑީޕީގެ ރިޔާސީ ޓިކެޓް ކާމިޔާބުކުރެއްވި ފަރާތާއި ދެކޮޅަށް ޕާޓީގެ އެތެރޭގައި ފެކްޝަނެއް އުފެއްދުމަކީ އެމްޑީޕީގެ އަސާސީ ޤަވާއިދާއި ޚިލާފު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

އިކްރާމް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެތެރޭގެ އިންތިޚާބު ނާކާމިޔާބުވުން ރައީސް މުހައްމަދު ނަޝީދު "ފިކުރެއްގެ ދިރުން" ނަމުގައި ގޮތްޕެއް އުފެއްދެވުމަށް މަސައްކަތްޕުޅު ކުރައްވަނީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަށް ދެވަނަ ދައުރެއް ލިބުނަ ނުދިނުމުގެ މަގްސަދުގައި ކަމަށެވެ. 

އިކުރާމުވަނީ "ފިކުރެއްގެ ދިރުން" ގޮފި ރަޖިސްޓާ ކުރުމަށް ނަޝީދު ގެންގުޅުއްވާ ފޯމުގެ ފޮޓޯއެއްވެސް ޓްވީޓާގައި ހިއްސާކުރައްވާފައެވެ.

އެއާއެކު އޭނާ ވަނީ ނަޝީދު އުފައްދަވަން މަސައްކަތްޕުޅު ކުރައްވަނީ ގޮތްޕެއްތޯ ނުވަކަ ވަކި ޕާޓީއެއްތޯވެސް އައްސަވާފައެވެ. އަދި އެފަދައިން އެކަން ކުރުމަށް ޕާޓީގެ އަސާސީ ގަވައިދު ޖާގަ ދޭތޯ އިކުރާމު ސުވާލުކުރެއްވި އެވެ. 

ޕާޓީގެ މަސްލަހު ގެއްލޭގޮތަށް އިތުރު ފެކްޝަނެއް އުފެއްދުމަށް ރައީސް ނަޝީދު މަސައްކަތްޕުޅު ކުރައްވާކަން ސިފަކުރައްވާ އިކުރާމު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރިޔާސީ ޓިކެޓް ނުލިބުމުން އިދިކޮޅުވުމަށް ޕާޓީގެ އެތެރޭގައި ފެކްޝަނެއް އުފެއްދުމަކީ ޕާޓިިގެ އަސާސީ ޤަވައިދުގެ 16 ވަނަ މާއްދާގެ (ބ) އާއި ޚިލާފަށް ކުރެވެ ކަމެއް ކަމަށެވެ.

ޕާޓީގެ އަސާސީ ގަވައިދު އެންމެންގެ މައްޗަށްވެސް ހިންގަންވާނީ ހަމަހަމަކަމާއެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ. 

އެމްޑީޕީގެ އަސާސީ ގަވައިދު ބުނާ ގޮތުން މެމްބަރުންގެ މަސްއޫލިއްޔަތުގެ ތެރޭގައި ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދުކުރުމާއި، ވޯޓުހޯދާދިނުމަށް މަސައްކަތްކުރުމާއި ވޯޓުދިނުން ހިމެނޭކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދާއި ވާދަކުރައްވާ ރައީސް ޞާލިހު ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯއްދަވާފައި ވާއިރު އެ ނަތީޖާ ގަބޫލު ކުރައްވާކަމަށް ރައީސް ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ.  

އެހެން ނަމަވެސް ރައީސް ޞާލިހާއެކު ރިޔާސީ އިންތިޚާބުގައި މަސައްކަތްޕުޅު ކުރައްވަން ބޭނުންފުޅު ނުވާކަމަށް ވިދާޅުވެ ނަޝީދުވަނީ "ފިކުރެއްގެ ދިރުން" މި ނަމުގައި ގޮއްޕެއް އުފެއްދުމުގެ މަސައްކަތް ފަށާފައެވެ. 

ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެކޭގޮތުގައި، އެމްޑީޕީ ތެރޭގައި "ފިކުރެއްގެ ދިރުން" އަށް އިންތިޒާމް ވެވޭނެ ކަމަށާ، ޕާޓީގެ ގަވައިދު ތަކާއި އުސޫލުތައްވެސް އެކަމަށް ޖާގަ ދޭ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.