ސަހަރާ ކޮނެގެން ނެގި ސިހުރުގެ ބައެއް ތަކެތި.. ފޮޓޯ: މާލޭ ސިޓީ ކައުންސިލް
ހަބަރު
04 Feb 2023 | 15:31
ހެންވޭރު ސަހަރާއިން ކޮނެގެން ނެގީ ސިހުރު ހަދާފައި ހުރި ތަކެތި, މުވަޒަފަށް ފިޔަވަޅުއަޅަނީ

ހެންވޭރު ސަހަރާގެ މަހާނައެއް ކޮނެގެން އެއްޗެހިތަކެއް ނަގާ މަންޒަރު ފެނިގެންދާ ވީޑިއޯގެ ތަފްސީލު މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފި އެވެ. 

އެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާއި ގުޅިގެން ގިނަ ބަޔަކު ބުނަމުން ދިޔައީ އެއީ ސިހުރު ވަޅުލާ މަންޒަރުކަމަށެވެ. އަދި އެ ތަނުގައި ސިޓީ ކައުންސިލުގެ މުވައްޒަފެއް ހުރިތަން ފެންނަކަމަށާއި، އެކަމާއި ގުޅިގެން ބޮޑެތި ތުހުމަތުތަކެއްވެސް އަމާޒުކުރަމުން ދިޔައެވެ. 

އެހެން ނަމަވެސް އެ ވީޑީއޯއާއި ގުޅޭގޮތުން ސިޓީ ކައުންސިލުން ބުނީ އެތަނުން ކޮނެގެން ނެގީ ސިހުރު ހަދާފައި ހުރި ތަކެތި ކަމަށެވެ.

ސަހަރާ ކޮނެގެން ނެގި ސިހުރުގެ ބައެއް ތަކެތި

އަދި މި މައްސަލައިގައި ވީޑިއޯއިން ފެންނަ ސިޓީ ކައުންސިލުގެ މުވައްޒަފާއި މެދު ފިޔަވަޅު އަޅާނެކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ. 

ސަހަރާއިން މިނިކަށި ނަގައިގެން ސިހުރު ހަދާކަމަށް މީގެ ކުރިންވެސް ވަނީ އަޑުތައް ފެތުރިގެން ގޮސްފައެވެ. އަދި އެފަދައިން އެކަންކަން ކުރަމުންދާ މަންޒަރު ފެނިގެންދާ ވީޑިއޯތައް މީގެކުރިންވެސް އާންމުވެފައިވާއިރު،  މިފަދަ ކަންކަން ހުއްޓުވުމަށް މިހާތަނަށް އޮތީ އެކަށީގެންވާ ފިޔަވަޅުތައް ނޭޅިއެވެ. 

ކޮމެންޓް
ޙަގީގީ މީހެއް
ވީޑިއޯ އިން ފެނުނީ ކަށި ނެގިތަން(ސިހުރު ބަދަން). ނަމަވެސް މައްސަލައިން ސަލާމަތްވާން އެ އޮތީ ކުރި ކަންތަށް އޮޅުވާލާފަ
04 Feb 2023
މަރިޔަމް މޫސާ
މުއިއްޒު ކެމްޕެއުން ފެށީތަ
05 Feb 2023
ޢެހެނަސަް
ވީޑިއޯ އެއްކޮށް ބެލި މީހަކަށް އެނގޭނެ ވަޅުލާފަ ހުރި ސިހުރުތަކެއް ނެގީކަން. މިނިކަށި ނެގީ އެއް ނޫންކަން. ޙަގީގަތް އޮޅުވާލުމަށް ވީޑިއޯގެ ބުރިއެއް ސެއާ ކުރުމަކީ ދެރަ ކަމެއް.
05 Feb 2023
ގުޅޭ ލިޔުންތައް
04 Jun 2026
ޕާކިސްތާން އަތުން ބަލިވެ، ފައިނަލަށް ދިއުމުގެ ދޮރު ރާއްޖެއަށް ބަންދުވެއްޖެ
މުބާރާތުގައި މިއަދު ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި ޕާކިސްތާނު މޮޅުވިއިރު، އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ