ބީވީމާގެ ޕޯސްޓަރ އަދި ޓްރެއިލާ ދައްކާލުމުގެ ހަފްލާގެ ތެރެއިން--
ލައިފްސްޓައިލް
04 Feb 2023 | 15:06
"ބީވީމާ" ގެ ޝޯވތަކަށްފަހު ޝޯވއެއް ހައުސްފުލްވަނީ

ދުވަސްގަނޑަކަށްފަހު އޮލިމްޕަހުގައި އަޅުވާ ދިވެހި ދިވެހި ފިލްމު "ބީވީމާ" ގެ 4 ޝޯވ ހައުސްފުލްވެފައިވާކަމަށް ޑާކްރެއިން އެންޓަޓެއިންމަންޓްއިން ހާމަކޮށްފިއެވެ.

މި ފިލްމުގެ ޕްރޮޑިއުސަރު މުހަންމަދު އަލީ(މޮގާ) ބުނީ ޕްރިމިއާ ޝޯގެ ޓިކެޓް ހުސްވެފައިވާ ކަމަށެވެ. އަދި ފުރަތަމަ 4 ޝޯވެސް ވަނީ މުޅިން ބުކްކޮށްފައި ކަމަށެވެ. 

ފެބްރުއަރީ 10 ގައި އެ ފިލްމު ދެ ވަގުތަކު ދައްކާނެ އެވެ. އެއީ ހަވީރު އޮންނަ ހާއްސަ ޝޯގެ އިތުރުން ރޭގަނޑު 9:00 ގައި އޮންނަ ޝޯ އެވެ.

އޮލިމްޕަސް މަރާމާތު ކުރަށްފަހު އަލުން ހުޅުވުމާއިއެކު އަޅުވާ އެންމެ ފުރަތަމަ ފިލްމު ކަމަުގައިވާ "ބީވީމާ" ގެ ޕްރިމިއާ ދެއްކުމަށް ހަމަ ޖެހިފައިވަނީ 6 ފެބްރުއަރީ ވާ ހޯމަ ދުވަހުއެވެ.

ކޮވިޑްގެ ބަލިމަޑުކަމާއެކު ސިނަމާތައްވެސް ބަންދު ކުރަން ޖެހުމުގެ ސަބަބުން، އަހްމަދު ޒަރީރު ލިޔެ ޑައިރެކްޓް ކޮށްފައިވާ ލޯބީގެ ފިލްމު އެޅުވުން ވަނީ ދިގުލައިގެން ގޮސްފައެވެ.

ނަމަވެސް މިހާރު ވަނީ ފިލްމުގެ ޓްރެއިލާގެ އިތުރުން ފިލްމުގެ ތީމް ލަވަ ވެސް ދޫކޮށްފައެވެ.

މިއާއިއެކު މި ފިލްމަށް ޓިކެޓް ދޫކުރަން ފެށިފައި ވަނީ ޖަނަވަރީ 20 ގައެވެ.

މި ފިލްމުގެ ތަރިންނަކީ މަރިޔަމް އަޝްފާ، އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)، އައިމިނަތް ރަޝްފާ(އާޝާ)، އަދި އާދަމް ޒިދާން (ނާނަ) އެވެ. މީގެ ތެރެއިން އަޝްފާ އަދި ޒިދާން އަކީ އަދި އަލަށް ފިލްމީ ދާއިރާއަށް ނިކުންނަ ދެ ތަރިންނެވެ.

"ބީވީމާ" ފިލްމުގެ ޓިކެޓެއް ވިއްކަނީ 100ރ. އަށެވެ. ޝޯގެ ޓިކެޓު އޮލިމްޕަސް ކައުންޓަރުން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 10:00 އާ ދެމެދު ލިބޭނެ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.