މާލެ ސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓް ސެކްޝަން ހުޅުވުން: ފޮޓޯ/ މާލެ ސިޓީ ކައުންސިލް
ހަބަރު
05 Feb 2023 | 13:25
މާލެ ސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓް ސެކްޝަން ހުޅުވައިފި

މާލެ އަދި ވިލިމާލޭގެ އާންމު ސަރަޙައްދުތަކާއި ތަކުން ކުނި ނެގުމުގެ މަސައްކައްތައް ހަރުދަނާ ކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓް ސެކްޝަން މިއަދު ހުޅުވައިފިއެވެ.

މިއަދު ހެނދުނު މާލެ ސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓް ސެކްޝަން ރަސްމީކޮށް ހުޅުވައިދެއްވީ މާލެ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒުއެވެ.

ވޭސްޓް މެނޭޖްމެންޓް ސެކްޝަން ހުޅުވައިދެއްވުމަށްފަހު މޭޔަރު މުޢިއްޒު ވިދާޅުވީ މިއަދު މިހުޅުވުނު އޮފީހަކީ މާލެ ސިޓީ ކައުންސިލުން މާލެތެރެ ކުނިކަހާ އަދި ކުނިނަގާ ސާފުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމާއި ހަވާލުވެ އެމަސައްކަތާއިގުޅޭ އިދާރީ ކަންކަން ކުރިއަށްގެންދިއުމަށް ޖާގަ ނެތުމާއިއެކީގައި ޖާގަ ހަމަޖެއްސުމަށްޓަކައި ކުރެވުނު މަސައްކަތުގެތެރެއިން ހުޅުވުނު އޮފީހެއްކަމަށެވެ.

”މިހާރު މަސައްކަތްކުރާ އިދާރީ އަދި މެނޭޖީރިއަލް ލެވެލްގެ ހުރިހާ ސްޓާފުންނަށް ރަނގަޅަށް މަސައްކަތް ކުރެވޭވަރުގެ ޖާގަ އެތަނުގައި ހަމަޖެހިފައިވާނެ“ މުޢިއްޒު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ އެންމެފަހުން މާލޭ މުނިސިޕަލްޓީގައި މާލޭގައި ވޭސްޓް މެނޭޖްމެންޓް މަސައްކަތް ކުރިއަށްގެންގޮސް އެތައް އަހަރުތަކަކަށްފަހު މިހާރު އަނެއްކާވެސް މި މަސައްކަތް ފެށިފައިވާކަމަށެވެ.

”މިއީ ޙަޤީގަތުގައި ވަރަށް ތާރީޚީދުވަހެއް. އެންމެފަހުން މާލޭ މުނިސިޕަލްޓީގައި މާލޭގައި ވޭސްޓް މެނޭޖްމެންޓް މަސައްކަތް ކުރިއަށްގެންދިޔައީ. ދެން އެއަށްފަހު އެތައް އަހަރެއް ގޮއްސަ މިހާރު މިގޮތަށް މި ހަމަޖެހިގެން ދިޔައީ“ މުޢިިއްޒު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ މިއީ މާލެ ސިޓީގެ ރައްޔިތުންނާއި ގާތުން ރައްޔިތުން އިންތިޚާބުކޮށްފައިތިބި ކައުންސިލަރުންގެ ބެލުމުގެ ދަށުން މާލެތެރެ ސާފުތާހިރުކޮށް ބެލެހެއްޓުމުގެ މަސައްކަތް ހަރުދަނާގޮތެއްގައި ގެންދިއުމަށް އެޅުނު ވަރަށްބޮޑު ފިޔަވަޅެއްކަމަށެވެ. އަދި މި އޮފީސް ހުޅުވިގެން ދިއުމަކީ ލިބުނު ވަރަށްބޮޑު ކުރިއެރުމެއް ކަމުގައި މޭޔަރު ވިދާޅުވިއެވެ.

”މީގެ ނަތީޖާއަކަށް ވާނީ އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ތަނުގައި އިތުރަށް ހަރުދަނާކޮށް މާލެތެރެ ރީތިކޮށްސާފުކޮށް ބޭއްވުމުގެ މަސައްކަތް ރަނގަޅަށް ގެންދިއުން“ މުޢިިއްޒު ވިދާޅުވިއެވެ.

މޭޔަރު ވަނީ ކުރިއަށް މިއޮތް ދެތިން ހަފްތާގެތެރޭގައި އިތުރު ފިޔަވަޅުތައް އެޅި މާލެތެރެ ސާފުކުރުން ހަރުދަނާ ކުރުން އިތުރުވެގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މީގެ އިތުރުން މޭޔަރ ވިދާޅުވީ، ވޭސްޓް މެނޭޖްމެންޓް ސެކްޝަން ގައި މަސައްކަތް ކުރައްވާނީ 225 މުވައްޒަފުން ކަމަށާ، އެ މުވައްޒަފުންގެ އިދާރީ، އޮޕަރޭޝަނަލް އަދި މެނޭޖޭރިއަލް ހުރިހާ މަސައްކަތެއް ކުރާނީ މާލެ ސިޓީގެ ޢާއްމު ޚިދުމަތް ތަކާއިބެހޭބައިގައި ކަމަށެވެ.

އަދި އޮފީހުގެ މަސައްކަތް ކޮށްފައިވަނީ ވޭހާވެސް ޚަރަދު ކުޑަކޮށް ކަމަށާ، އެގޮތުން ކޮންޓްރެކްޓަރ އެއް ނުހޯދައި އޮފީހުގެ ޢަމަލީ މަސައްކަތް ކުރީ ސިޓީ ކައުންސިލްގެ މުވައްޒަފުން އަމިއްލަ އަށް ކަމަށް މޭޔަރު ވިދާޅުވި އެވެ. މޭޒު ފަދަ ފަރުނީޗަރު އަމިއްލަ އަށް ފިލާ ގަނެގެން ހެދިއިރު، ހިޔާ ކުރަން ބޭނުން ކުރީ ކުރިން ބޭނުންކުރި ދަނގަޑާއި ހޮޅި ބޭނުން ކޮށްގެން ކަމަށްވެސް ވިދާޅުވި އެވެ.

އަދި މިކަމަށް ކަނޑައެޅީ ގިނަވެގެން 3 ލައްކަ ރުފިޔާގެ ބަޖެޓެއް ކަމަށާ، ވަކި އޮފީހެއް ހަދަން ޖެހުނީ އެ ސެކްޝަނުގެ މުވައްޒަފުން އެއްވެސް ޖާގައެއް ނެތި ދޮޅުމަސް ދުވަހު މަސައްކަތް ކޮށްފައިވަނިކޮށް ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.