Advertisement

އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތުގެ ފުރަތަމަ ދުވަސް!

06 Feb 2023 | 01:28
ހައިޖަމް އިވެންޓްގެ ތެރެއިން

އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތް 809 އެތްލީޓުންނައި އެކު އާދީއްތަ ދުވަހު ހެނދުނު ފުވައްމުލަކު ސިޓީގައި ފެށިގެން ކުރިއަށްދާއިރު މި މުބާރާތުގައި މި އަހަރު 33 ސްކޫލަކުން ބައިވެރިވެފައި ވެއެވެ. ހަތަރު އުމުރު ފުރާއަކަށް ބަހާލެވިގެން ކުރިއްގެންދާ މި މުބާރާތް ފެބްރުއަރީ 5-10 ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

ކޮންމެ ދުވަހަކު ދެ ދަންފަޅިއަކަށް ބަހާލެވިގެން ކުރިއަށްގެންދާ މި މުބާރާތުގައި 13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށުގެ އިތުުރުން 19 އަހަރުން ދަށް ހިމެނޭހެން ޖުމުލަ 108 އިވެންޓު ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން  އާދީއްތަ ދުވަހު ވަނީ 20 އިވެންޓެއް ބޭއްވިފައެވެ.

އާދިއްތަ ދުވަހު ހެނދުނު ބޭއްވުނު އިވެންޓުތަކުގެ ތެރެއިން 15 އަހަރުން ދަށުގެ ފިރިހެން ހައިޖަމްޕް އިން އެއްވަނަ ހޯދީ 1.40 މީޓަރ މަތިން ފުންމައިގެން އަހުމަދު މާއިލް ( ޏ.އޭއީސީ ) އެވެ. މި އިވެންޓުން ދެވަނަ 1.37 މީޓަރ މަތިން ފުންމައިގެން ހޯދީ އިބްރާހިމް އިޝާން ( އެމްޖޭއެސް) އެވެ. އަދި މި އިވެންޓުން ތިން ވަނަ ހޯދީ 1.34 މީޓަރ މަތިން ފުންމައިގެން އަޙްމަދު އައިދާން އާދިލް ( ފޭދޫ ސްކޫލް ) އެވެ. 

15 އަހަރުން ދަށުގެ އަންހެން ލޯންގް ޖަމްޕް އިވެންޓުން އެއްވަނަ ހޯދީ 3.72 މީޓަރ ދުރަށް ފުންމައިގެން ލުޔޫނާ ހަސަން ( ދާންދޫ ސްކޫލް ) އެވެ. މި އިވެންޓުން ދެވަނަ ހޯދީ 3.69 މީޓަރ ދުރަށް ފުންމައިގެން މަރިޔަމް މީސާ ( ޖަލާލުއްދީން ސްކޫލް ) އެވެ. އަދި މި އިވެންޓުން ތިންވަނަ ހޯދީ 3.69 މީޓަރ ދުރަށް ފުންމައިގެން އައިޝަތު އުލްވާ ( އިރުޝާދިއްޔާ ސްކޫލް ) އެވެ.

15 އަހަރުން ދަށުގެ އަންހެން ޑިސްކަސް އުކުމުން އެއްވަނަ ހޯދީ 23.01 މީޓަރ ދުރަށް އުކައިގެން ފާތިމަތު ފަރިހާ ( އަމީނިއްޔާ ސްކޫލް ) އެވެ. މި އިވެންޓުން ދެވަނަ ހޯދީ 18.37 މީޓަރ ދުރަށް އުކައިގެން ހަމްނާ އަލީ ( އެމްޖޭއެސް) އެވެ. މި އިވެންޓުން ތިންވަނަ ހޯދީ 17.24 މީޓަރ ދުރަށް އުކައިގެން އައިޝަތު ރީހާ ( އެމްޖޭއެސް) އެވެ.

17 އަހަރުން ދަށުގެ ފިރިހެން ލޯންގް ޖަމްޕް އިވެންޓުން އެއްވަނަ ހޯދީ 5.43 މީޓަރ ދުރަށް ފުންމައިގެން މުހައްމަދު ލަޔާން ( ހާފިޒް އަހުމަދު ސްކޫލް ) އެވެ. މި އިވެންޓުން ދެވަނަ ހޯދީ 5.35 މީޓަރ ދުރަށް ފުންމައިގެން މުހައްމަދު އައިދު ( ޏ.އޭއީސީ ) އެވެ. އަދި މި އިވެންޓުން ތިންވަނަ ހޯދީ 5.27 މީޓަރ ދުރަށް ފުންމައިގެން ސިޒާން އަލީ ރިޒާ ( އަފީފުއްދީން ސްކޫލް ) އެވެ.

17 އަހަރުން ދަށުގެ ފިރިހެން ޝޮޓްޕުޓް އުކުމުން އެއްވަނަ ހޯދީ 9.14 މީޓަރ ދުރަށް އުކައިގެން މުހައްމަދު އަޝްހަމް ( ޏ.އޭއީސީ ) އެވެ. މި އިވެންޓުން ދެވަނަ ހޯދީ 8.79 މީޓަރ ދުރަށް އުކައިގެން މުހައްމަދު އަލްވިން ( ސީނު އަތޮޅު މަދަރިސާ ) އެވެ. މި އިވެންޓުން ތިންވަނަ ހޯދީ 8.53 މީޓަރ ދުރަށް އުކައިގެން އިބްރާހިމް ޝާނިފް ( އެމްޖޭއެސް) އެވެ.

19 އަހަރުން ދަށުގެ ފިރިހެން ހައިޖަމްޕް އިން އެއްވަނަ ހޯދީ 1.50 މީޓަރ މަތިން ފުންމައިގެން އަޒީން މުހައްމަދު ( އެމްޖޭއެސް) އެވެ. މި އިވެންޓުން ދެވަނަ 1.45 މީޓަރ މަތިން ފުންމައިގެން ހޯދީ ޢަލީ މާއިޝް ( އެމްޖޭއެސް) އެވެ. އަދި މި އިވެންޓުން ތިން ވަނަ ހޯދީ 1.45 މީޓަރ މަތިން ފުންމައިގެން އާލިފު އަހްމަދު ( އެމްޖޭއެސް) އެވެ. 

19 އަހަރުން ދަށުގެ ފިރިހެން ޑިސްކަސް އުކުމުން އެއްވަނަ ހޯދީ 28.92 މީޓަރ ދުރަށް އުކައިގެން ޙުސައިން އުޒައިން ( އެމްޖޭއެސް) އެވެ. އުޒައިން ވަނީ މި އިވެންޓުން މުބާރާތުގެ ރެކޯޑު އައުކޮއްފައެވެ. މި އިވެންޓުން ދެވަނަ ހޯދީ 22.91 މީޓަރ ދުރަށް އުކައިގެން އަހުމަދު ސާހިލް ( ގދ.އޭއީސީ) އެވެ. މި އިވެންޓުން ތިންވަނަ ހޯދީ 21.52 މީޓަރ ދުރަށް އުކައިގެން މުހައްމަދު އާއިން ( ޏ.އޭއީސީ ) އެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement