އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރަ އާއި ޓްރަމްޕް
ދުނިޔެ
21 Mar 2026 | 10:31
ފޯޅަވަހީގައި ހުންނަ އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ އެމެރިކާއަށް ދީފި

ހޮރްމުޒް ކަނޑުއޮޅީގައި ހުރި އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމަށްޓަކައި، ފޯޅަވަހީގައި ހުންނަ އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ އިނގިރޭސި ސަރުކާރުން އެމެރިކާއަށް ދީފިއެވެ.

މި ނިންމުމާ ގުޅިގެން އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

މީގެކުރިން ސްޓާމަރ ހުއްދަ ދެއްވާފައި އޮތީ ހަމައެކަނި ދިފާއީ އޮޕަރޭޝަންތަކުގައި އެ މަރުކަޒުތައް ބޭނުންކުރުމަށެވެ. ނަމަވެސް، ހުކުރު ދުވަހު ޑައުނިންގް ސްޓްރީޓުން ބުނި ގޮތުގައި، ތެޔޮ އުފުލާ މުހިންމު މަގުކަމަށްވާ ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރު ހިމާޔަތްކުރުމަށްޓަކައި، މިހާރު ވަނީ އަމާޒުތައް ފުޅާކުރުމަށް ވަޒީރުން އެއްބަސްވެފައެވެ.

މި ނިންމުމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނީ އިނގިރޭސިވިލާތުން މިއަށްވުރެ މާ އަވަހަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ. އަދި މިއީ އިނގިރޭސިވިލާތުން މިފަދަ ނިންމުމެއް ނިންމި ފުރަތަމަ ފަހަރުކަންވެސް އޭނާ ފާހަގަކޮށްފައުވެއެވެ. މީގެކުރިން ޓްރަމްޕް ވަނީ ކަނޑުއޮޅި ހުޅުވުމަށް އެހީތެރިނުވާ ނޭޓޯގެ ގައުމުތަކަކީ "ފިނޑިން" ކަމަށް ސިފަކޮށްފައެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ސައްޔިދު އައްބާސް އަރާގްޗީ ވަނީ މި ނިންމުމުގެ ސަބަބުން އިނގިރޭސި ރައްޔިތުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅިގެންދާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. އޭނާ ވިދާޅުވީ މިއީ އީރާނާ ދެކޮޅަށް ހިންގާ އުދުވާނެއްގައި ބައިވެރިވުން ކަމަށާއި، އީރާނުން އަމިއްލަ ދިފާއުގައި ފިޔަވަޅު އަޅާނެ ކަމަށެވެ.

އިނގިރޭސިވިލާތުގެ އިދިކޮޅު ޕާޓީތަކުން ވެސް ދަނީ މިކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކެމީ ބޭޑެނޮކް މި ނިންމުން ސިފަކުރެއްވީ ސަރުކާރުން ނިންމި ބޮޑު "ޔޫ-ޓާން" އެއްގެ ގޮތުގައެވެ. ލިބަރަލް ޑިމޮކްރެޓްސް އާއި ގްރީން ޕާޓީން ވަނީ މި އެއްބަސްވުމާ މެދު މަޖިލީހުގައި ވޯޓެއް ނެގުމަށް ގޮވާލާފައެވެ.

އެމެރިކާއިން ބޭނުންކުރާ އިނގިރޭސި އަސްކަރީ މަރުކަޒުތަކުގެ ތެރޭގައި ގްލޮސްޓަރޝަޔަރގައި ހުންނަ އާރް.އޭ.އެފް ފެއަރފޯޑް އަދި އިންޑިއާ ކަނޑުގައި އޮންނަ ޑިއޭގޯ ގާސިއާ ހިމެނެއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ހަނގުރާމައިގެ ކުރިން ދުވާލަކު 138 އުޅަނދު ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރިއެވެ. ނަމަވެސް، އީރާނުގެ ހަމަލާތަކުގެ ބިރާ ހުރެ މިހާރު މި އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މި މަހުގެ ކުރީކޮޅުން ފެށިގެން މިހާތަނަށް އެ ސަރަހައްދުން ދަތުރުކޮށްފައިވަނީ 100 އަށްވުރެ މަދު އުޅަނދެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ