ހޯރަފުއްޓާއި އުތީމު ވާދަކުރި މެޗުގެ ތެރެއިން
ކުޅިވަރު
06 Feb 2023 | 16:29
ހޯރަފުއްޓާއި އުތީމުގެ ކުރިމަތިލުން އެއްވަރު!

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި ހޯރަފުށި ކުޅުނު ފުރަތަމަ މެޗު އުތީމާއި ވާދަކޮށް 2-2 ގެ ނަތީއްޖާއަކުން އެއްވަރުވެއްޖެއެެވ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ގުރައުން ދޭއްގައި ރޭ ކުޅެވުނު ހއ.އަތޮޅު ގުރޫޕް ދޭއްގެ ދެ ވަނަ މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ހޯރަފުށީ ޓީމުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޓީމުގެ ކެޕްޓަން އަބްދުﷲ ޔާމީން (ޔާނު) އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އުތީމުން މެޗުގެ ނަތީއްޖާ އެއްވަރު ކުރިއެވެ. އުތީމުން އެއްވަރުކުރި ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އަހުމަދު އައިހަމް އެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިހާފުގެ ކުޅުން ނިމުނީ 1-1 ގެ ނަތީއްޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ވެސް ފުރަތަމަ ލަނޑުޖަހައި ލީޑު ހޯދީ ހޯރަފުށީ ޓީމުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުމެ މުހައްމަދު ރިޝާން އެވެ. އުތީމުން ދެވަނަ ފަހަރަށް މެޗުގެ ނަތީއްޖާ އެއްވަރުކުރީ ބަދަލުކުޅުތެރިއެއްގެ ގޮތުގައި ކުޅެންނުކުތް އަލީ އިލްހާމް އެވެ.

މެޗަށް ފަހު ވޯއިސް އަލް މައުލޫމާތް ދެމުން ހޯރަފުށީ ފުޓްސަލް ޓީމުގެ މެނޭޖަރު އުސައިދު މޫސާ ބުނީ ރޭގެ މެޗުގައި ޓީމުގެ ފަރާތުން ފެނުނު ކުޅުމާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި މެޗުގެ މިގުރޫޕްގެ ހުރިހާ މެޗަކީވެސް ވަރަށް ވަރުގަދަ މެޗުތަކެއްކަމަށެވެ. މޮޅުވާން ޓީމު ކުޅުނީ ދެފަހަރަށް ލީޑުވެސް ހޯދި، އެކަމަކު ކުރިއަށް ހުރި މެޗުތަކުގައި މި މެޗުގައި ހެދުނު މިސްޓޭކުތައް ރަގަޅުކޮށް މިއައްވުރެ ވަރުގަދަ ކުޅުމެއް ހޯރަފުށީ ޓީމުގެ ފަރާތުން ފެނިގެން ދާނެކަމަށެވެ.

މިގުރޫޕްގެ ދެވަނަ މެޗުގައި މާދަމާރޭ ހޯރަފުށި ނުުކުންނާނީ ވަށަފަރު ފުޓްސަލް ޓީމާއި ދެކޮޅަށެވެ. ވަށަފަރު ވަނީ ރޭ އިހަވަންދޫ އާއި ވާދަކޮށް 4-0 ގެ ނަތީއްޖާއަކުން މޮޅުވެފައެވެ.

ކޮމެންޓް
ހުސެއިން ފައިސަލް
ހޯރަފުށި ކުޅެމުން ދިޔާއީ އެއްވެސް ޕުލޭނެއް ވަވަކި ކުޅުންތެރިންގެ ހުނަރުން.ކޯޗު ރޭވުންތެރިކަން ނެތް.ދެން އިންމެޗުގަ ރަނގަޅު ވާނެކަމަށް އުންމީދު ކުރަށް.
06 Feb 2023
އިލިޔާސް
ހޯރަފުށީ ޒުވާން ކުޅުންތެރިންނާ އެއްކޮން ނުކުމެ ބޮޑު ފުޓުބޯޅަ ގޭމްއެއް ކުޅުން ބަލަޔެއް ނުގަނެވޭ.ރަނގަޅު ކޯޗެއް ހުރިނަމަ ހޯރަފުށީ ކުޅުންތަފާތުވާނެ.
06 Feb 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.