ގައްދޫ މި ފަހަރު ނުކުންނަނީ ރަގަޅު ކާމިޔާބެއް ހޯދަން
ކުޅިވަރު
07 Feb 2023 | 19:25
ގައްދޫ ފުޓްސަލް ޓީމުގެ ޓާގެޓަކީ އަތޮޅު ބުރު ކާމިޔާބުކުރުން: މެނޭޖަރ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2023 ގައި ބައިވެރިވެފައިވާ ގދ.ގައްދޫ ފުޓްސަލް ޓީމުގެ މިފަހަރުގެ ޓާގެޓަކީ މުބާރާތުގެ އަތޮޅު ބުރު ކާމިޔާބު ކުރުންކަމަށް އެޓީމުގެ މެނޭޖަރ އިބްރާހިމް ޝާފިއު ބުނެފިއެވެ.

ގައްދޫ ފުޓްސަލް ޓީމު ޕްރެކްޓިސް މެޗެއް ކުޅެނީ

މުބާރާތުގެ ފުރަތަމަ މެޗުގައި ފެބުރުއަރީ 9 ވަނަ ދުވަހު ގދ. ވާދޫ އާއި ދެކޮޅަށް ނުކުތުމަށް ތައްޔާރުވަމުން އަންނަ ގައްދޫ ޓީމުގެ މެނޭޖަރ ވޮއިސް އަށް މައުލޫމާތުދެމުން ބުނީ މި އަހަރުގެ މުބާރާތައް ގައްދޫ ޓީމު ވަރަށް ރަގަޅަށް ތައްޔާރުވެފައިވާ ކަމަށެވެ. އެންމެ ފަހުން ބޭއްވުނު ހަތަރު މުބާރާތުގައިވެސް ގައްދޫ އިން ބައިވެރިވި ނަމަވެސް އެކަށީގެންވާ ވަރަށް ތައްޔާރު ނުވެވޭތީ ނަތީއްޖާތައް އެހާ ރަގަޅެއްނޫނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ބައިވެރިވާ ގައްދޫގެ ފުޓްސަލް ޓީމު

މިފަހަރުގެ ތައްޔާރީތައް ދުރާލާ ފެށިގެން ކުރިއަށްދާއިރު ފެނަކަ އަދި ގައްދޫ ކައުންސިލްގެ ފަރާތުން ޓީމަށް ލިބުނު މާލީ އެހީތެރިކަން ފާހަގަކޮށް ޝާފިއު އެފަރާތްތަކަށް ޝުކުރު އަދާކުރިއެވެ. އަދި މީގެ އިތުރުން ޒީރޯރާ އޮޓޯ ސާވިސް، ކިންގް ސްޕޯޓްސް، ހާމަނީގެ އިތުރުން ޓީމަށް ހެޔޮއެދޭ ފަރާތްތަކުން ވެދެއްވާ އެހީތެރިކަން ފާހަގަކޮށް ޝާފިއު ވަނީ އެފަރާތްތަކަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.

އިތުރަށް ވާހަކަދައްކަމުން ޝާފިއު ބުނީ ޓީމަށް މިވަގުތު އެންމެ ބޭނުންވާ އެއްޗަކީ ސަޕޯޓަރުންގެ ތަރުހީބެވެ. ކުޅުންތެރިން ތިބީ އާދަޔާ ޚިލާފު ރޫހެއްގައި، "އަޅުގަނޑުމެން އެދެން ވީހާވެސްގިނަ ސަޕޯޓަރުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުރޭ ގައްދޫގެ ހުރިހާ ރައްޔިތުންވެސް ފެބުރުއަރީ 9 ވަނަ ދުވަހުގެ ރޭ  ހުޅުމާލޭ ރެހެންދި ފުޓްސަ ދަނޑަށް އައިސް ޓީމަށް ހިތްވަރު ދިނުމަށް އިރާދަކުރެއްވިއްޔާ އަހަރެމެން އެންމެން ގުޅިގެން މިފަހަރު މިކަން ކާމިޔާބުކުރާނަން"

މުބާރާތުގެ ފުރަތަމަ މެޗުގައި ފެބުރުއަރީ 9 ވަނަ ދުވަހު ގައްދޫ ޓީމު ވާދޫއާއި ދެކޮޅަށް ނުކުންނައިރު، ދެވަނަ މެޗުގައި ފެބްރުއަރީ 13 ވަނަ ދުވަހު އެޓީމު ނުކުންނާނީ ތިނަދުއާއި ދެކޮޅަށެވެ. އަދި ގުރޫޕްގެ ތިންވަނަ މެޗުގައި ފެބުރުއަރީ 18 ވަނަ ދުވަހު ހޯނޑެއްދުއާ ދެކޮޅަށް ނުކުންނައިރު ގުރޫޕްގެ ފަހުމެޗުގައި ފެބުރުއަރީ 21 ވަނަ ދުވަހު ގައްދޫ ފުޓްސަލް ޓީމު ނުކުންނާނީ މެޑަވެލީ ފުޓްސަލް ޓީމާއި ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ނަޝީދުގެ ބޮޑު ބަދަލަށް ތާއީދެއް ނުކުރަން، އެ ނިޒާމު ވޯކެއް ނުކުރާނެ: ޔާމީން
"ބޮޑު ބަދަލު" ގެ ނަމުގައި ވެސް ކުރައްވަނީ އެ މަަސަައްކަތްކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ އެ ބަދަލަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ވައިގެ މަގުން 5212، ކަނޑުމަގުން 1070 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި، ނުފެނުނު
ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ވައިގެ މަގުން 5212 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 1070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްެއެންޑީއެފުން ދެންމެ ބުނެފި އެވެ.
07 Aug 2026
އިސްލާމީ ބޮޑު ތިން ގައުމުން ދިފާއީ އެއްބަސްވުމެއް ގާއިމުކޮށްފި
ރިޕޯޓްތައް ބުނާ ގޮތުން މިއަދުގެ އެއްބަސްވުމާއި ހަމައަށް އާދެވުނީ ވޭތުވެދިޔަ އަހަރެއްހާ ދުވަހު ތިން ގައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
07 Aug 2026
ދެ އޮަޕަރޭޝަނެއްގައި ޑްރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
ކުޅުދުއްފުށީ ބަނދަރު ސަރައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅު ފެނިފައިވެ އެވެ.
07 Aug 2026
"ބޮޑުބަދަލު" ވެބްސައިޓް ލޯންޗުކޮށްފި؛ ހިޔާލު ހުށަހަޅަން އެމްޑީޕީން އެދިއްޖެ
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިސްވެ ފެއްޓެވި "ބޮޑުބަދަލު"އާ ގުޅޭ މައުލޫމާތު ދިނުމަށާއި، އެއަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހާއްސަ ވެބްސައިޓެއް މިއަދު އިފްތިތާހުކޮށްފިއެވެ.
07 Aug 2026
ރައީސް މުޢިއްޒަކީ އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަށް ޤަބޫލެއް ނުކުރަން
”ސަންގު“ ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އެމަނިކުފާނަށް އަނިޔާވެރިވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރައީސް ޞާލިޙަށް ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނަށް އަނިޔާވެރިވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
07 Aug 2026
އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި ބޯއެނބުރުމަށް އޮތް ހައްލެއް؟
މި ތިކިތަކަކީ އައިފޯނުގެ ސެޓިންގްސްގައި ހިމެނޭ "ވެހިކަލް މޯޝަން ކިއުސް" ނަމަކަށް ކިޔާ ފީޗަރެކެވެ. މި ފީޗަރުން ފޯނުގައި ހުންނަ 'އެކްސެލެރޯމީޓަރު' ބޭނުންކޮށްގެން، އުޅަނދު ދަތުރުކުރާ މިސްރާބަށް ސްކްރީނުގައިވާ ތިކިތައް ހަރަކާތްތެރި ކުރުވައެވެ. މިސާލަކަށް ކާރު ކަނާތަށް އަނބުރާލައިފިނަމަ، ސްކްރީނުގައިވާ ތިކިތައް ވެސް އެއާ އެއްގޮތަށް ދަތުރުކުރާނެއެވެ.
07 Aug 2026
އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.