ބިއްރި މިސްކިތް: ފޮޓޯ/މާލެސިޓީ ކައުންސިލް
ހަބަރު
08 Feb 2023 | 07:02
ވިލިމާލޭ ބިއްރި މިސްކިތް މަރާމާތުކޮށް ބެލެހެއްޓުމަށް ހެޔޮއެދޭފަރާތަކުން ޙަވާލުވެއްޖެ

މާލޭގެ މިސްކިތްތައް ރަނގަޅު ޙާލަތުގައި ބެލެހެއްޓުމަށް ކުރާ މަސައްކަތުގެ ދަށުން ވިލިމާލޭ ބިއްރި މިސްކިތް ބެލެހެއްޓުމުގެ އެންމެހާ ކަންކަން ހެޔޮއެދޭފަރާތަކުން ޙަވާލުވެއްޖެއެވެ.

ވިލިމާލޭ ބިއްރި މިސްކިތަކީ މިސްކިތުގައި ބޮޑަތި މަރާމާތުތަކެއް ހުރި މިސްކިތަކަށް ވުމާއެކު 4 ވަނަ ދައުރުގެ ކައުންސިލުން މިހާތަނަށްވެސް ދިޔައީ މަރާމާތުކުރުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން މިހާރުވެސް ކުލަލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ބިއްރި މިސްކިތަށް މިހާތަނަށް ކައުންސިލުން ކުރި މަސައްކަތްތަކލުގެތެރޭގައި އެއަރކޯންތައް ރަނގަޅުކުރުމާ، ވުޟޫކުރާބައިގެ މުށިތައް ބަދަލުކުރުމާ، ސީލިންގް ފަންކާތަށް ބަދަލުކުރުމާ، ފެންއިސްކުރުތަށް ބަދަލުކުރުމާ، ޑައުން ލައިޓްތައް ބަދަލުކުރުމާ،. ކޯޑްލެސް މައިކް ބަދަލުކުރުން ހިމެނެއެވެ. މީގެ އިތުރުން މިސްކިތުން ފެންފައިބާތީ މަތީ ޝީޓް ވޯޓަރ ޕްރޫފްކުރުމުގެ މަސައްކަތާ ސީލިންގް ރަނގަޅުކުރުމުގެ މަސައްކަތްކުރެވުނެވެ. މިސްކިތުގެ މަސައްކަތްތަކަށް ލައްކައަކަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުވެފައެވެ.

މި މަސައްކަތްތައްކުރެވުނުކަމުގައިވިއަސް ކުރިން ނުފެންނަ ބައެއް މައްސަލަތަށް ހުރުމާއެކު މިސްކިތުގެ ސީލިންގުން ބައެއް ވެއްޓި ބޮޑު މަރާމާތަކަށް ގޮސްގެން ނޫނީ ރަނގަޅުނުކުރެވޭގޮތްވަނީ ދިމާވެފައެވެ. މިސްކިތް މިހާލަތުގައި ވަނިކޮށް މިސްކިތުގެ އެންމެހާ މަރާމާތެއް ކުރުމާއެކު މިސްކިތް ބެލެހެއްޓުން ހެޔޮއެދޭ ފަރާތަކުން ޙަވާލުވެ ރޯދައަށް މިސްކިތް ނިންމުމަށް ވަރަށް އަވަހަށް މަސައްކަތް ފަށާގޮތަށް ހަމަޖެހިފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ހަތަރުވަނަ ދައުރުގެ ކައުންސިލުން މާލޭ ސިޓީގެ މިސްކިތްތަކަށް ދަރުމަވެރިންގެ އެހީތެރިކަން ހޯދުމަށް ކަމާބެހޭ ޚާއްޞަ ޙަރަކާތެއްވަނީ ބާއްވާފައެވެ. މި ހަރަކާތުގެ ސަބަބުން މިސްކިތްތަކަށް އެހީތެރިކަން ދިނުން އިތުރުވެފައިވާ ކަމަށް އެކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.