އެމްޕީ ހަސަން އަހުމަދު އިގުރައިދޫ ކުޅުންތެރިއަކަށް ޖާޒީ ހަވާލުކޮށްދެނީ
ކުޅިވަރު
08 Feb 2023 | 15:47
އިގުރައިދޫ ޓީމުގެ ޖާޒީ ހަވާލުކޮށްދެއްވީ އެމްޕީ ހަސަން އަހުމަދު!

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމުގައިވާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި ވަދަކުރާ އިގުރައިދޫ ފުޓްސަލް ޓީމުގެ ޖާޒީ ހާވާލުކުރުމުގެ ރަސްމިއްޔާތް ރޭ ބާއްވައިފިއެވެ. ގްރީންޒޯން ކޭފެގައި ރޭ ބޭއްވި ކުޑަ ހަފްލާއެއްގައި އެޓީމުގެ ކުޅުންތެރިންނާއި ޖާޒީ ހަވާލުކޮށްދެއްވީ އިގުރައިދު ދާއިރާގެ މަޖުލީސް މެންބަރު ހަސަން އަހުމަދު އެވެ.

އިގުރައިދޫ ދައިރާގެ އެމްޕީ ހަސަން އަހުމަދު ކުޅުންތެރިއަކަށް ޖާޒީ ހަވާލުކޮށްދެނީ

މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ އިގުރައިދޫ ނުކުންނާނީ އިންނަމާދޫ އާއި ދެކޮޅަށެވެ. މި މެޗާއި ބެހޭގޮތުން ވޮއިސް އަށް މައުލޫމާތް ދެމުން އިގުރައިދޫ ޓީމުގެ މެނޭޖަރ އަރީފް ޚާލިދު ބުނީ އެޓީމު އޮތީ މިރޭގެ މެޗަށް ވަރަށް ރަގަޅަށް ތައްޔާރުވެފައި ކަމަށެވެ. ކުޅުންތެރިން ތިބީ ވަރަށް ރަގަޅު ރޫހެއްގައި، ކޮންމެ މެޗަކީވެސް އުދަގޫ މެޗެއްކަން ދަނެގެން އިގުރައިދޫ ޓީމު ނުކުންނާނީ. 

އިގުރައިދޫ ދައިރާގެ އެމްޕީ ހަސަން އަހުމަދު ކުޅުންތެރިއަކަށް ޖާޒީ ހަވާލުކޮށްދެނީ

އިތުރަށް ވާހަކަދައްކަމުން އަރީފް ބުނީ މިވަގުތު ޓީމަށް އެންމެ މުހިންމު އެއްޗަކީ ސަޕޯޓަރުންގެ ތަރުހީބު ކަަމަށެވެ. ކުޅުންތެރިން ތިބީ އާދަޔާ ޚިލާފު ރޫހެއްގައި، "އަޅުގަނޑުމެން އެދެން ވީހާވެސްގިނަ ސަޕޯޓަރުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުރޭ އިގުރައިދޫގެ ހުރިހާ ރައްޔިތުންވެސް ދަނޑަށް އައިސް ޓީމަށް ހިތްވަރު ދިނުމަށް، އިރާދަކުރެއްވިއްޔާ އަހަރެމެން އެންމެން ގުޅިގެން މިފަހަރު މިކަން ކާމިޔާބުކުރާނަން"

މި އަހަރުގެ މުބާރާތުގައި އަތޮޅު ބުރުގައި ރ. އަތޮޅުން ވަނީ ފަސް ޓީމު ބައިވެރިވެފައެވެ. އެއީ އިގުރައިދޫގެ އިތުރުން ދުވާފަރު، އަލިފުށި، މީދޫ އަދި އިންނަމާދޫ އެވެ. ފުރަތަމް މެޗުގައި އިގުރައިދޫ ފެބުރުއަރި 8 ވަނަ ދުވަހު ނުކުންނާނީ އިންނަމާދޫ އާއި ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި ފެބުރުއަރީ 11 ވަނަ ދުވަހު އެޓީމު ނުކުންނާނީ މީދޫ ފުޓްސަލް ޓީމާއި ދެކޮޅަށެވެ. އަދި ގުރޫޕް ތިން ވަނަ މެޗުގައި ފެބުރުއަރީ 15 ވަނަ ދުވަހު އެޓީމު ނުކުންނާނީ އަލިފުށީ ފުޓްސަލް ޓީމާއި ދެކޮޅަށެވެ. ގުރޫޕް ސްޓޭޖް ފަހު މެޗުގައި ދުވާފަރު ފުޓްސަލް ޓީމާއި ދެކޮޅަށް އިގުރައިދޫ ނުކުންނާނީ ފެބުރުއަރީ މަހުގެ 25 ވަނަ ދުވަހުގައެވެ.

މި މުބާރާތުގައި އިގުރައިދޫ ޓީމުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް އެމްވީ ހަމަޖައްސާފައިވާއިރު، އެޓީމުގެ ސްޕޮންސަރުންނަކީ ޒީން، ސުޕާރީ ފިހާރަ އަދި ބޯލްޑް އެވެ. އެޓީމުގެ ކިޓް ސްޕޮންސާރ އަކީ ޖާޒިއާ އެމްވީ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.