އިގުރައިދޫ ފުޓްސަލް ޓީމު
ކުޅިވަރު
09 Feb 2023 | 08:13
ގޭދޮށު އިންނަމާދޫ ކޮޅަށް އިނގުރައިދޫއިން 8 ލަނޑުޖަހައިފި

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2023 ގައި އިގުުރައިދޫ ކުޅުނު ފުރަތަމަ މެޗުގައި އިންނަމާދޫ އަތުން ފަސޭހަ ކަމާއިއެކު 8-0 ގެ ތަފާތުބޮޑު ނަތީއްޖާއަކުން އެޓީމު މޮޅުވެއްޖެއެވެ.

ދުރާލާ މި އަހަރުގެ މުބާރާތައް ތައްޔާރުވާން ފެށި އިގުރައިދޫ ޓީމުން ރޭގެ މެޗުގައި ކޮންމެ ހާފެއްގައިވެސް ހަތަރު ލަނޑު ކާމިޔާބުކުރި އެވެ. މިގޮތުން ރޭގެ މެޗުގައި އެޓީމުގެ އަހުމަދު އައިހަމް ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު އަލީ ހާފިޒް އަދި މުހައްމދު މަމްދޫހް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑުޖަހާފައެވެ. އަދި އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ޖުމާން އެވެ.

ރޭގެ މެޗުގައި އިގުރައިދޫގެ ޓީމުގެ ފަރާތުން ތަފާތު މޮޅުކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މި އަހަރު އިގުރައިދޫގެ ޓީމުގެ ކޯޗަކީ ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުގެ އެސިސްޓެންޓް ކޯޗު އަހުމަދު ވިސާމް (އަންދު)އެވެ.  މުބާރާތުގެ ކުރިން ވޮއިސް އެމްވީ އާއި ވާހަކަދައްކަމުން އަންދު ބުނީ އިގުރައިދޫ ޓީމުގައި ތިބީ ވަރަށް ހުނަރުވެރި ކުޅުންތެރިންތަކެއް ކަމަށާއި މި މުބާރާތައް އެޓީމު ވަރަށް ރަގަޅަ ތައްޔާރުވެފައިވާ ކަމަށެވެ.

އިގުރައިދޫ ޓީމުން މުބާރާތާއި ކުރިމަތިލީ ރާއްޖޭގެ ޗެންޕިއަންކަން ހޯދުމަށް ޓާގެޓުކޮށްގެންނެވެ. އަދި މި ނަތީއްޖާގެ ސަބަބުން ކުރިއަށް ހުރި މެޗުތަކުގައި އެހެން ޓީމުތަކުން އެޓީމާއި މެދު އިތުރަށް ސަމާލުވާނެކަމަށް އަންދު ގަބޫލުކުރެއެވެ. މިގުރޫޕްގައި ކުރިއަށް ހުރީ އުދަގޫ މެޗުތަކެއް ކަމަށާއި ޓާގެޓަށް ހާސިލްވުމަށް ކޮންމެ މެޗެއްގައިވެސް ހުރިހާ ކުޅުންތެރިން ވެސް ސަތޭކަ ޕަސެންޓް ދޭންޖެހޭނެއެވެ. 

މި އަހަރުގެ މުބާރާތުގައި އަތޮޅު ބުރުގައި ރ. އަތޮޅުން ވަނީ ފަސް ޓީމު ބައިވެރިވެފައެވެ. އެއީ އިގުރައިދޫގެ އިތުރުން ދުވާފަރު، އަލިފުށި، މީދޫ އަދި އިންނަމާދޫ އެވެ. ގުރޫޕްގެ ދެވަނަ މެޗުގައި ފެބުރުއަރީ 11 ވަނަ ދުވަހު އިގުރައިދޫ ނުކުންނާނީ މީދޫ ފުޓްސަލް ޓީމާއި ދެކޮޅަށެވެ. އަދި ގުރޫޕް ތިން ވަނަ މެޗުގައި ފެބުރުއަރީ 15 ވަނަ ދުވަހު އެޓީމު ނުކުންނާނީ އަލިފުށީ ފުޓްސަލް ޓީމާއި ދެކޮޅަށެވެ. ގުރޫޕް ސްޓޭޖް ފަހު މެޗުގައި ދުވާފަރު ފުޓްސަލް ޓީމާއި ދެކޮޅަށް އިގުރައިދޫ ނުކުންނާނީ ފެބުރުއަރީ މަހުގެ 25 ވަނަ ދުވަހުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.