މިސްރުގެ ޤުރުއާން މުބާރާތުން 2 ވަނަ ހޯދި ޝާޔާ---ފޮޓޯ: މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ހަބަރު
09 Feb 2023 | 16:31
މިސްރުގެ ޤުރުއާން މުބާރާތުން 2 ވަނަ ހޯދައިދިން ޝާޔާއަށް މިނިސްޓަރ ހިތްވަރުދެއްވައިފި

މިސްރުގައި ބޭއްވި 29 ވަނަ އިންޓަރނޭޝަނަލް ކޮންޓެސްޓް ފޮރ ރިސައިޓަރސް އޮފް ދަ ހޮލީ ޤުރުއާން މުބާރާތުން ނުބަލާ ކިޔެވުމުގެ ބައިން ފަޚްރުވެރި 2 ވަނަ ފާތިމަތު ޝާޔާ ޒާހިރު ހޯދުމާއި ގުޅިގެން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ މަރުޙަބާ  ވިދާޅުވެ ހިތްވަރު ދެއްވައިފިއެވެ.

މަރުޙަބާ ވިދާޅުވުމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ އިތުރުން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އިލްޔާސް ޖަމާލްއާއި،  މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު އަދީލާއި މިނިސްޓްރީއާއި ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ

މި މުބާރާތުގައި ބައިވެރިވުމަށްފަހު ޝާޔާ މާލެއައީ މިއަދު ހެނދުނުއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޝާޔާއާއި ބައްދަލުކުރައްވައި މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ ޝާޔާއަށް މަރުޙަބާ ވިދާޅުވެ، އެ ކާމިޔާބީއަކީ ރާއްޖެއަށް ހޯދައިދެވުނު ޝަރަފެއްކަމަށް ވިދާޅުވެފައެވެ. އަދި ޝާޔާގެ މައިންބަފައިން ކުރައްވަމުންދާ ބުރަ މަސައްކަތަކަކީ ވަރަށް އަގުހުރި، ހެޔޮޖަޒާދެއްވާނެ މަސައްކަތްތަކެއްކަމަށް ވިދާޅުވެ އެކަމަށް ޝުކުރުއަދާކުރެއްވިއެވެ.

އިންޓަރނޭޝަނަލް ކޮންޓެސްޓް ފޮރ ރިސައިޓަރސް އޮފް ދަ ހޮލީ ޤުރުއާން މުބާރާތަށް ބައިވެރިއެއް ހޮވާފައިވަނީ އާންމުކޮށް ހުޅުވާލައިގެންނެވެ. މި މުބާރާތުގައި ބައިވެރިވާން ކުރިމަތިލި ބައިވެރިން އިމްތިހާނުކޮށް އެންމެ ރަނގަޅުކަމަށް ފާހަގަކުރެވުނު ބައިވެރިއަކީ އިސްކަންދަރު ސްކޫލުގެ ގްރޭޑް 8ގައި ކިޔަވަމުންދާ އުމުރުން 14 އަހަރުގެ ފާތިމަތު ޝާޔާ ޒާހިރެވެ.

މި މުބާރާތުގައި ޝާޔާ ބައިވެރިވެފައިވަނީ ޢަރަބިން ވާހަކަނުދައްކާ ޤައުމުތަކުގެތެރެއިން، މުޅި ޤުރުއާން ހިތުން ކިޔެވުމުގެ ބައިންނެވެ. މި ބައިން ޝާޔާ ފަޚްރުވެރި 2 ވަނަ ޙާސިލްކޮށް ރާއްޖެއަށް ރީތި ނަން ހޯދައިދިނީ އެކި ޤައުމުތަކުގެ 47 ދަރިވަރުންނާ ވާދަކޮށްގެންނެވެ.

މުބާރާތުން ދެވަނަ ލިބުމުން ޝާޔާއަށް 150000 (އެއްލައްކަ ފަންސާސް ހާސް) މިޞްރު ޕައުންޑް އިނާމެއްގެ ގޮތުގައިވަނީ ލިބިފައެވެ.

ޝާޔާއަކީ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޤުރުއާން ހިތުދަސްކުރާ ޕްރޮގްރާމްގައި ބައިވެރިވެ ކީރިތި ޤުރުއާން ހިތުދަސްކޮށް ސަނަދު ޙާސިލްކޮށްފައިވާ ދަރިވަރެކެވެ.

އަދި ޝާޔާއަކީ 2021 ވަނަ އަހަރު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ބޭއްވި ބައިނަލްއަޤްވާމީ މުބާރާތުގައި މުޅި ޤުރުއާން ހިތުން ކިޔެވުމުގެ ބައިގައިވެސް ދިވެހި ރާއްޖެ ތަމްސީލުކޮށްފައިވާ ދަރިވަރެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.