އައިހަމް
ކުޅިވަރު
12 Feb 2023 | 15:15
އައިހަމްގެ ހެޓްރިކާއި އެކު އިނގުރައިދޫއަށް ފަސޭހަ މޮޅެއް!

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި އިނގުރައިދޫ ކުޅުނު ދެވަނަ މެޗުގައި ރ.އަތޮޅު މީދޫ އާއި ވާދަކޮށް 7-1 ތަފާތު ބޮޑު ނަތީއްޖާއަކުން މޮޅުވެއްޖެއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އިންނަމާދޫ އަތުން ފަސޭހަ ކަމާއިއެކު 8-0 ގެ ތަފާތުބޮޑު ނަތީއްޖާއަކުން އެޓީމު މޮލުވެފައި އޮތުމުން ރޭގެ މެޗުގައި އެޓީމު ފެށީވެސް އިރުބާރާއެކުގައެވެ. މި ގޮތުން ފުުރަތަމަ ހާފުގައި އެޓީމުން ތިން ލަނޑު ކާމިޔާބުކުރި އިރު ދެވަނަ ހާފުގައި އެޓީމުން އިތުރު ހަތަރަު ލަނޑު ކާމިޔާބުކުރިއެވެ. 

ރޭގެ މެޗުގައި އިނގުރައިދޫ ޓީމުގެ އަހުމަދު އައިހަމް ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކު ހެދިއިރު އިންނަމާދޫ އާއި ދެކޮޅަށް ކުޅުނު މެޗުގައިވެސް އައިހަމް ވަނީ ހެޓްރިކް ހަދާފައެވެ. އެޓީމުގެ އިތުރު ލަނޑުތައް ކާމިޔާބުކުރީ މުހައްމަދު ޖުމާން ދެ ލަނޑު ކާމިޔާބުކޮށްދިން އިރު މުހައްމަދު މަމްދޫހު އަދި އިބްރާހިމް ޝަފްރާޒް މިއިން ކޮންމެ ކުޅުންތެރިއަކުވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ. މީދޫ ޓީމުގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ ރަޝާދު އަބްދުލް މަތީން އެވެ.

މިގުރޫޕްގައި ރޭ ކުޅެވުނު އަނެއް މެޗުގައި އަލިފުށި ވަނީ 5-1 ގެ ނަތީއްޖާއަކުން އިންނަމާދޫ ބަލިކޮށްފައެވެ. މި އަހަރުގެ މުބާރާތުގައި އަތޮޅު ބުރުގައި ރ. އަތޮޅުން ވަނީ ފަސް ޓީމު ބައިވެރިވެފައެވެ. އެއީ އިގުރައިދޫގެ އިތުރުން ދުވާފަރު، އަލިފުށި، މީދޫ އަދި އިންނަމާދޫ އެވެ

މިގުރޫޕްގައި ކުޅުނު ދެ މެޗުން މޮޅުވެ 6 ޕޮއިންޓާއި އެކު އިނގުރައިދޫ އެއްވަނާގައި އޮތްއިރު، ގުރޫޕް ތިން ވަނަ މެޗުގައި ފެބުރުއަރީ 15 ވަނަ ދުވަހު އެޓީމު ނުކުންނާނީ އަލިފުށީ ފުޓްސަލް ޓީމާއި ދެކޮޅަށެވެ. އަދި ގުރޫޕް ސްޓޭޖްގެ ފަހު މެޗުގައި ދުވާފަރު ފުޓްސަލް ޓީމާއި ދެކޮޅަށް އިގުރައިދޫ ނުކުންނާނީ ފެބުރުއަރީ މަހުގެ 25 ވަނަ ދުވަހުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑުވެއްޖެއޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.