ސަލްމާން މިސްކިތް
ހަބަރު
12 Feb 2023 | 16:16
ސަލްމާން މިސްކިތުގެ އޭސީ މައްސަލަ ހައްލު ކޮށްފިން: އިސްލާމިކް މިނިސްޓްރީ

ސަލްމާން މިސްކިތުގެ އޭސީ ޔުނިޓް މައްސަލަ އެއްކޮށް ހައްލު ވެއްޖެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.

އެގޮތުން އިސްްލާމިކް މިނިސްޓްރީގެ މިޑިއާ އޮފިޝަލަކު މިއަދު "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ސަލްމާން މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމާ އޭސީ ޔުނިޓްތަކުގެ މައްސަލަ މިދިޔަ ބުރާސްފަތި ދުވަހު ހައްލު ކޮއްފައިވާ ކަމަށެެވެ.

 އަދި މިހާރު އޭސީއިން ބަރާބަރަށް ފިނިވާނެ ކަމަށް ވެސް މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.

ސައޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒުގެ ހިލޭ އެހީގައި ރައީސް ޔާމީންގެ ސަރުކާރުން މާލޭގައި ޢިމާރާތްކޮށްފައިވާ ކިންގް ސަލްމާން މިސްކިތުގައި ނަމާދުކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. ނަމަވެސް މިސްކިތް ހުޅުވިތާ ދެމަހެއްހާ ދުވަސް ފަހުން، އޭސީތަކުން ފިނިނުވާ މައްސަލަ ފެންމަތިވިއެވެ. އޭގެ ސަބަބުން އެ މިސްކިތަށް ނަމާދު ކުރަންދާ ގިނަ އަދަދެއްގެ މީހުން ޝަކުވާކޮށް ނުރުހުން ފާޅުކޮށްފައިވެއެވެ.

ވޭތުވެދިޔަ ޑިސެމްބަރު މަހު މި މައްސަލަ ހައްލު ކުރާނެ ކަމަށް މިނިސްޓްރީ އިން ބުނި ނަމަވެސް އެމިސްކިތުގައި އޭސީ ހަރުކޮށްފައި ވަނީ ބޭރުގެ ކޮންޓްރެކްޓަރުން ކަމަށް ވުމާއެކު ރާއްޖޭން އޭސީތައް މަރާމާތު ކުރުން ނާކާމިޔާބުވެ، އެ މަސައްކަތް ވަނީ ދިގު ދެމިގެން ގޮސްފައެވެ.

އަދި މި މައްސަލަ ހައްލު ކުރުމަށްޓަކައި މިދިޔަ މަހުގެ ފަހުކޮޅު އޭސީ މަރާމާތު ކުރާ ޓެކްނިކަލް ޓީމެއް ވަނީ މާލެ ގެނެސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.