މާލެއިން ގެއްލިގެން ހޯދަމުންދާ ސ. މަރަދޫފޭދޫ / ގަސްކަރަ، މުހައްމަދު އާސިރު އިސްމާއީލް (31އ) --- ފޮޓޯ: ޕޮލިސް
12 Feb 2023 | 18:30
ގެއްލިގެން ހޯދަމުންދާ އާސިރު އެންމެ ފަހުން ފެނުނީ އެއާޕޯޓަށް ވަންނަ ތަން: ފުލުހުން

ވީނުވީއެއް ނޭނގި ގެއްލިފައިވާ ސ.މަރަދޫ، ގަސްކަރަ، މުހައްމަދު އާސިރު (31 އަހަރު) އެންމެ ފަހުން ފެނިފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ގެ ޓާމިނަލްއަށް ވަންނަ ތަން ކަމަށް ފުލުހުން ބުނެފިއެވެ. 

ދާދި ދެންމެއަކު ފުލުހުން ބުނީ، ފެބްރުއަރީ 4 ވަނަ ދުވަހު 19:30 ހާއިރުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާ އާސިރު ހޯދުމަށް ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އޭނާ އަދި ފެނިފައި ނުވާ ކަމަށެވެ. 

އަދި އޭނާ ހޯދިމަށް މާލޭގެ ވަރަށް ގިނަ ސަރަހައްދު ތަކުގެ ސީސީޓީވީ ފޫޓޭޖް ތަކާއި އެއާޕޯޓް ސަރަހައްދުގެ ބައެއް ސީސީޓީވީ ފޫޓޭޖް ވެސް ބަލާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. 

"އެގޮތުން ބެލި ބެލުމުން، ފެބްރުއަރީ 4 ވަނަ ދުވަހުގެ ރޭ 19:20 އެހާކަންހާއިރު، ބޮޑުތަކުރުފާނު މަގު ހުޅުމާލޭ ފެރީ ޓާމިނަލް ކައިރިން ހުދުކުލައިގެ ޓެކްސީ އަކަަށް އަރާތަން ފެނިފައިވޭ. އަދި އެ ޓެކްސީ އެއާޕޯޓް ޓާމިނަލް އަށް މަޑުކުރުމުން އާސިރު ޓެކްސީ އިން ފައިބައިގެން ގޮސް ޓާމިނަލް އަށް ވަންނަ މަންޒަރު ސީސީޓީވީ ފޫޓޭޖް އަކުން ފެނިފައިވޭ." ފުލުހުން ބުނެފައި ވެއެވެ. 

އެހެން ނަމަވެސް އޭނާ އެއްވެސް އެއާލައިނަކުން ރާއްޖެއިން ބޭރަށް އަދި ރާއްޖޭގެ އެއްވެސް ރަށަކަށް ދިޔަ ކަންވެސް މިހާތަނަށް ބެލި ބެލުމުން އެނގިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ، އާސިރު ހޯދުމަށް މާލޭ ގެ އިތުރު ސަރަހައްދުތަކުގެ ސީސީޓީވީ ފޫޓޭޖް ތަކާއި އެއާޕޯޓްގެ އިތުރު ސަރަހައްދުތަކުގެ ސީސީޓީވީ ފޫޓޭޖް ތައްވެސް ފުލުހުން އަދިވެސް ބަލަމުން އަންނަ ކަމަށެވެ. އަދި ހަމައެހެންމެ، އަތޮޅު ތަކުގެ ޕޮލިސް ސްޓޭޝަން ތައް މެދުވެރިކޮށް ވެސް އޭނާ ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ. 

އާސިރާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 332211 އަށް ނުވަތަ ގަލޮޅޮ ޕޮލިސް ސްޓޭޝަންގެ 9631696 އަށް ގުޅުމަށް ފުލުހުން ވަނީ އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.