މޫކޭ އެމްޑީޕީގެ ކޮންފަރެންސްއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
13 Feb 2023 | 11:52
ދައުރެއް ނިންމާލި އިރު ދިވެހި ކުންފުންޏެއް ލައްވާ ތާރު އަޅަން ނޭންގުނު: މޫކޭ

މި ސަރުކާރުން ތާރު އަޅަނީ ދިވެހި ކުންފުނި ތަކުން ކަމަށް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) މެނޭޖިންގ ޑިރެކްޓާ މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް އާރްޑީސީއިން އެމްޓީސީސީ އާއި ހަވާލުކުރުމުން, އާރްޑީސީއާއި މޫކޭ އަށް އިދިކޮޅު ކޯލިޝަނުން އަމާޒުކުރެވިފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވާ މިއަދު ކުރި ޓްވީޓެއްގައެވެ.

އެގޮތުން މޫކޭ ވިދާޅުވެފައިވަނީ ދައުރެއް ނިންމާލި އިރު ދިވެހި ކުންފުންޏެއް ލައްވާ ތާރު އަޅަން ނޭންގުނު ބަޔަކަށް މިއީ އާ ކަމަކަށް ވެދާނެކަމަށެވެ.

އެގޮތުން ކުރީގެ ސަރުކާރުން ތާރަ އެޅީ ބޭރު ކުންފުނިތައް ކަމަށް ފާހަގަ ކުރަމުން މޫކޭ ވިދާޅުވެފައިވަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ތާރު އެޅީ ސިއެރާ ކުންފުންޔާއި ސަބް ކޮންޓްރެކްޓް ކޮށްގެންކަމަށެވެ. އަދި ޕީޑަބްލިއުއެސް އިން ސިއެރާ މެޝިނަރީޒްގަ ޗައިނާ ކުންފުނީގެ އެހީގައި ކަމަށެވެ.

މީގެ އިތުރުން މޫކޭ ވަނީ މިއަދު ދިވެހި ކުންފުނި ތަކުގައި މިކަން ކުރުމުގެ ޤާބިލްކަން ހުރި ކަމަށް ފާހަގަ ކޮށްފައެވެ.

އަމީނީ މަގުގައި ތާރު އެޅުން އެމްޓީސީސީ އާއި ހަވާލު ކުރުމާއިއެކު މި ކުންފުނިން އިއްޔެ ބުނެެފައިވަނީ މި ހަފްތާގެ ބުދަ ދުވަހުގެ ނިޔަލަށް އަމީނީ މަގު އިރުން ސްޓެލްކޯ އިމަރާތާއި ހަމަޔަށް ތާރު އަޅާ ނިންމޭނެކަމަށެވެ. 

މިއާއިއެކު ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ އަމީނީމަގުގައި ތާރުއެޅުން ލަސްވެ، އާންމުންނަށް ތަކުލީފުތަކެއް އުފުލަން ޖެހިފައިވާތީ، އެ މައްސަލައަށް އަވަސް ހައްލެއް ކަމަށެވެ. 

ތާރުއެޅުން އެމްޓީސީސީއާ ހަވާލުކުރީ އެ ކަމަށްޓަކައި އާރުޑީސީން ރާއްޖެ ގެނެސްފައިވާ މެޝިން ބަހައްޓާނެ ޖާގަ ހަމަނުޖެހި ދުވަސްތަކެއް ވާތީކަންވެސް އަކްރަމް ފާހަގަކުރެއްވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.