އިންޑިއާ ނަންބަރު ޕްލޭޓް ޖަހައިގެން ދުއްވާ ލޮރީ: ފޮޓޯ/ އަދިވެސް
ހަބަރު
13 Feb 2023 | 23:25
އިންޑިއާގެ ނަންބަރު ޕްލޭޓެއް ޖަހައިގެން ހުޅުމާލޭ މަގުތަކުގައި ބޮޑު ލޮރީއެއް ދުއްވަނީ

އިންޑިއާގެ ނަންބަރު ޕްލޭޓެއް ޖަހައިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގުތަކުގައި ބޮޑު ލޮރީއެއް ދުއްވާ މަންޒަރު ފެންނަ ފޮޓޯތަކެއް މީސް މީޑިއާގައި ދައުރުވާން ފަށައިފި އެވެ.

ފޮޓޯ ތަކުން ފެންނަ ގޮތުން، ރީނދޫ ކުލައިގެ މި ބޮޑު ލޮރީގެ ކުރިއާއި ފަހަތުގައި ވެސް ރާއްޖޭގެ ރަޖިސްޓްރީ ނަންބަރު ޕްލޭޓުގެ ބަދަލުގައި ހުރީ ޓެމިލްނާޑޫގެ ނަންބަރު ޕްލޭޓެކެވެ.

މީގެ އިތުރުން މި ލޮރީގެ ވީޑިއޯއިން ފެންނަ ގޮތުގައި ލޮރީގެ އަރިމައްޗާއި ކުރިމަތީގައި "ރެނާޓަސް" ޖަހައިފައި ވެއެވެ.

ރެނާޓަސް އަކީ ހުޅުމާލޭގައި މިހާރު އަޅަމުންދާ ބައެއް ފްލެޓްތައް އެޅުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ އިންޑިއާ ކުންފުންޏެކެވެ. އަދި ދާދިފަހުން ގަން އިންޓަނޭޝަނަލް އެއާޕޯޓު ހަދަން ހަވާލުކޮށްފައިވަނީ ވެސް އެ ކުންފުންޏާ އެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނު ބުނާގޮތުން އާންމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި އެއްވެސް އުޅަނދެއް ބޭނުންކުރަންޖެހޭނީ ޓްރާންސްޕޯޓު މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެންނެވެ. އަދި އެ އުޅަނދު ތަކުގައި ހަރުކޮށްފައި ހުންނަ ޕްލޭޓް ހުންނަން ވަނީޓްރާންސްޕޯޓުން ކަނޑައަޅާ މިންގަނޑަކަށް ހަދައިފައެވެ. 

ކޮމެންޓް
ޡުއްބެ
ދިވެހިން ފެލަނީ ޖޫރިމަނާވެސް ކުރަނީ ފޮލިހުން އިންޑިޔާގެ ދަށުވެ ނިމިފައި
14 Feb 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.