އިމާދު ޞާލިޙު މިއަދުގެ އަޑުއެހުމުގައި
ހަބަރު
15 Feb 2023 | 16:00
ސިޔާސީ ޕާޓީތައް އުވާލުމުގެ މައްސަލަ: 10 އަހަރު ފަހުން ނިންމީ އެ މައްސަލަ ނުބެލޭނެ

މީގެ 10 އަހަރު ކުރިން 10000 މެންބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް އުވާލުން ހުއްޓުވުމަށް އޭރުގެ ގައުމީ ޕާޓީގެ ފަރާތުން އިމާދު ޞާލިޙު ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފިއެވެ.

10000 މެންބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް އުވާލުން ހުއްޓުވުމަށް އޭރުގެ އެޓާނީ ޖެނަރަލްއާއި އިމާދު ވަނީ ސުޕްރިމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައެވެ. ނަމަވެސް އެޓަނީ ޖެނަރަލްގެ މައްސަލާގައި 2013 ވަނަ އަހަރު ޤާނޫނުގެ އެ މާއްދާ އުވާލި ނަމަވެސް އިމާދުގެ މައްސަލައާއި މެދު ކޯޓުން ގޮތެއް ނުނިންމައެވެ.

އޭގެ 10 އަހަރު ފަހުން މިއަދު ބޭއްވުނު ޝަރީއަތުގެ މަޖިލީހުގައި ދުސްތޫރީ މައްސަލަތަކުގެ ތެރެއިން ސުޕްރީމް ކޯޓުން ފުރަތަމަ މަރުހަލާގައި ބަލަން ޖެހޭނީ ގައުމުގެ އާންމު މަސްލަހަތު ހިމެނޭ ނުވަތަ ދައުލަތުގެ ދެ ބާރެއްގެ ދެމެދުގައި އުފެދިފައިވާ މައްސަލަތައް ކަމަށް ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް ވިދާޅުވިއެވެ. އަދި އެ ނޫން ދުސްތޫރީ މައްސަލަތައް ހުށަހަޅަން ޖެހޭނީ ހައި ކޯޓަށް ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށް ވެސް ވަނީ ވިދާޅުވިއެވެ.

"މި މައްސަލައިގައި އިމާދު ޞާލިޙުގެ ފަރާތުން ހުށަހެޅި ނުކުތާތަކާއި ހޯދުމަށް އެދުނު ފަރުވާތަކަށް ރިއާޔަތްކުރާއިރު މި މައްސަލައިގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުގެ އަސްލީ އިހްތިސާސް ލިބިގެންވާ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ސުޕްރީމް ކޯޓުން ކުރިއަށް ގެންދަންޖެހޭ ފަދަ ސަބަބެއް އިމާދު ޞާލިޙުގެ ފަރާތުން ހުށަހެޅިފައިވާ ކަމަކަށް އަހަރުން ނުދެކެން," އުއްތަމަ ފަނޑިޔާރު މުއުތަސިމް ވިދާޅުވިއެވެ.

މީގެ އިތުރުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކޯޓުން މައްސަލަ ބަލައިގަތް ލިޔުމުން އެމައްސަލަ ބަލައިގަތީ ކޯޓުގެ ކޮން މާއްދާއަކާއި ހަވާލާދީގެން ކަމެއް އެނގެން ނެތް ކަމަށެވެ.

މި މައްސަލަ ފުރަތަމަ މަރުހަލާގައި ސުޕްރީމް ކޯޓުން ނުބެލޭނެ ކަމަށް އުއްތަމަ ފަނޑިޔާރުން ނިންމި ރައުޔަށް އެ މައްސަލަ ބަލަން ތިބި ހަތަރު ފަނޑިޔާރުން އިއްތިފާގުން ވަނީ ތާއީދު ކުރައްވާފައެވެ.

އެ މައްސަލަ ބެއްލެވި ބެންޗްގައި ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާއި ފަނޑިޔާރު އައިޝާ ސުޖޫން ޒާހިރު އާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު ހުސައިންއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.