ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ/ ފޮޓޯ: ދިޔަރެސް
ހަބަރު
18 Feb 2023 | 19:07
މާރިޔާ ސިފަކުރެއްވީ "އިންޑިއާ އައުޓު" ގޮވާ މީހުން ޑީޕޯޓުކޮށްލުމަކީ ދެން ތިބީންނަށް ފިލާވަޅެއްކަމަށް!

އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް އަޑުއުފުލުމަށްފަހު އެ ގައުމަށް ޚިދުމަތް ހޯދަން ދިއުމުން، ބޭރުކޮށްލުމުން ރޯން ޖެހޭ ރުއިމަކީ ރައްޔިތުން ފިލާވަޅު ލިބިގަންނަން ޖެހޭ ކަމެއްގެ ގޮތުގައި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ސިފަކުރައްވައިފި އެވެ. 

މާރިޔާ ދީދީ މިފަދައިން ވިދާޅުވެފައިވަނީ ޞަމަދު ޑީޕޯޓުކޮށްލި މައްސަލައިގައި، އޭނާއަށް މަލާމާތް ކުރައްވާ އެމްޑީޕީގެ ޖަލްސާގައި އެކަމަނާ ދެއްކެވި ވާހަކަތަކާއި ގުޅިގެން ފާޑުކިޔުން އަމާޒުވުމުން އެކަމަނާގެ ވާހަކަތައް ދިފާއުކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ.  

ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން މާރިޔާ ވަނީ އިންޑިއާގެ އިމިގްރޭޝަންގެ ފިނި ކޮޓަރިއެއްގައި ކާން ނުދީ ބެހެއްޓުމުގެ ސަބަބުން ދިމާވި ސިއްހީ މައްސަލަތައް ކިޔައިދީ ޝަމަދު ދެއްކި ވާހަކަތަކަށް މަލާމާތް ކުރައްވާފަ އެވެ. އަދި އެއީ އިންޑިއާގެ އަސްކަރީ ސިފައިންނަށް ގޮންޖަހާ އެމީހުންނާއި ދެކޮޅަށް އަޑުއުފުލާ މީހުންގެ ފެންވަރު ކަމަށް މާރިޔާ ވިދާޅުވެފައިވެ އެވެ.

"ކޮންމެ ރެއަކު ވަރަށް ބާރަށް އަޅުގަނޑުމެންގެ އަވައްޓެރި ގައުމުގެ މިލިޓަރީއާއި ދިމާލަށް އެކި ގޮތްތަކަށް ގޮން ޖައްސަވާ ވާހަކަދެއްކެވި ބޭފުޅުންގެ ތެރޭގައިވެސް އެފައުޖުގެ ކުރީގައި ދިދަ ހިއްަވައިގެން ހުންނަވާ ބޭފުޅެއް.. ތުނބުޅިބާލައްވާ ކުޑަކޮށް ތައްޔާރުވެލައްވައިގެން އާއިލާއާއެކު އެ ގައުމަށް ވަޑައިގެންނެވީ. ދެން ފެނިގެން ދިޔައީ އަނބރާ ވަޑައިގަތްތަން.. ކެމެރާތައް ހުރީ އަޅުވާފަ.. ވިދާޅުވީ މުޅި އުމުރު ތިމަންނާ ހޭދަކުރީ ސިފައިންނާއި ފުލުހުންގެ ތެރޭގައޭ. ދިދަ ހިއްޕަވައިގެން ކުރީގައި ޖަޑިބެއްހެން ހުންނަވާތަން ފެނޭ. ވަޑައިގެން ހޭދަކުރެއްވީ މިލިޓަރީ ކީއްކުރަންތޯ އިމިގްރޭޝަންގެ ފިނި ކޮޓަރިއެއްގައި. އެކަމަކު އަނބުރާ ވަޑައިގެންނެވީ ކީރިތި ކުރައްވަމުން"

ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ

މާރިޔާގެ އެ މަލާމާތަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ރައްދުދޭން ފެށުމާއި ގުޅިގެން، އެކަމަނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޞަމަދުގެ ވާހަކަ ދައްކަން ޖެހުނީ އޭނާ އަކީ އިންޑިއާއަށް އެއްޗެހި ކިޔުމުން ބޭރުކޮށްލި މީހަކަށް ވާތީ ކަމަށެވެ. 

ޒަރޫރީ ބޭނުންތަކަށް ދާން ޖެހޭ ގައުމުތަކާއި ދިމާލަށް ހިތުހުރި އެއްޗެއް ނުގޮވުމަށް ނަސޭހަތްތެރިވަމުން ދިޔަ ނަމަވެސް، އެ އަޑު ނާހާ ހިތަށް އައިހާ އެއްޗެއް ގޮވުމަށްފަހު އެ ގައުމަކަށް ދިއުމުން، އެތަނުން ފޮނުވާލުމުން، އެ ރޯންޖެހޭ ރުއިމުގެ ވާހަކަ ދައްކަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި އެފަދައިން އެ ވާހަކަ ދެއްކީ އެފަދަ ކަމެއް އިތުރު ރައްޔިތަކަށް ވިޔަ ނުދިނުމަށްޓަކައި ކަމަށް މާރިޔާ ވިދާޅުވި އެވެ. 

އިންޑިއާ އައުޓު މުޒާހަރާގައި ޞަމަދު ހަރަކާތްތެރި ވަނީ 

"އަޅުގަނޑުމެން ޒަރޫނީ ބޭނުންތަކަށް ދާންޖެހޭ ގައުމުތަކަށް ހިތުހުރި އެއްޗެއް ނުގޮވާށޭ ބުނެ ބުނެ ތިއްބާ، ހިތުހުރި އެއްޗެއް ގޮވާފަ ގޮސް އެ ގައުމުތަކަށް އެރީމާ، އެތަނުން ފޮނުވާލީމާ އެ ރޯން ޖެހޭ ރުއިން ފެނި، އެގޮތަށް އިތުރު ރައްޔިތަކަށް ނުވުމަށްޓަކައި އެވާހަކަ ދައްކަން ކެރެން ޖެހޭ"

ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ 

"އިންޑިއާ އައުޓު" ކެމްޕޭނުގައި ބައިވެރިވެ އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް އަޑުއުފުލާ ފަރާތްތަކަށް އިންޑިއާއިން ބޭނުން އަދަބެއް ދިނުމަކީ މައްސަލައެއް ނޫންކަމަށް ދޭހަވާ މޭރުމުން ރޭގެ ޖަލްސާގައިވެސް މާރިޔާ ދީދީ ވަނީ ވާހަކަދައްކަވާފަ އެވެ. 

އެވާހަކަތައް ދިފާއުކުރައްވަމުންވެސް އެކަމަނާ ތަކުރާރު ކުރެެއްވީ އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް އަޑުއުފުލާނަމަ އިންޑިއާއިން ބޭނުން އަދަބެއް ދެވިދާނެ ވާހަކައެވެ. އަދި އެކަން ހުރިހާ ރައްޔިތުންވެސް ދަންނަން ޖެހޭނެ ވާހަކައެވެ. 

ޑިފެންސް މިނިސްޓަރު މި މޭރުމުން ވާހަކަދައްކަވަމުން ދާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، ދިވެހި ސިފައިންގެ ތެރޭގައި އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވި އަލީ އިހްސާން ވަނީ މާރިޔާ ދީދީއަށް، އެކަމަނާއަކީ ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރުކަން ހަނދާން ކޮށްދެއްވާފަ އެވެ. 

ކޮމެންޓް
ވ
މާރިޔާއަގަޗޭކޮންފައެހުރީ ހާދަވަރަކަށޭދޯ ހީވަނީ ދެއްކުންތެރި އަގަހޭވުމެންްހެން
18 Feb 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.