މޯލްޑިވްސް އިމިގްރޭޝަން
ހަބަރު
18 Feb 2023 | 15:14
ކުޑަ ކުއްޖަކާ ބެހުނު އިންޑިއާ މީހާގެ މައްސަލަ އިސްތިއުނާފުކުރިކަމަކަށް ޕީޖީއަކުން އަންގާފައެއްނުވޭ: އިމިޤްރޭޝަން

އިންޑިޔާގެ ރައްޔިތަކާއި ގުޅޭ މައްސަލައެއް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނިކޮށް މޯލްޑިވްސް އިމިޤްރޭޝަނުން އެބިދޭސީ ފަރާތް ޑީޕޯޓްކޮށްފައިވާކަމަށް ބުނެ ފެތުރެމުންދާ ވާހަކަ އިމިޤްރޭޝަނުން ދޮގު ކޮށްފިއެވެ.

އެގޮތުން ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވިފައިވާ އިންޑިޔާގެ ރައްޔިތެއްކަމަށްވާ ރަމޭޝް ސެލްވަމޮނީ ގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށް އެ މައްސަލަ ފެށި އިރު އޭނާ ވަނީ ޑިޕޯޓް ކޮށްލާފައެވެ. އެހެންކަމުން އެ މައްސަަލަ ކޯޓުން ވަނީ ބާތިލު ކޮށްފައެވެ.

މިކަމާއި ގުޅިގެން އިމިޤްރޭޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ ރަމޭޝް ސެލްވަމޮނީއަކީ ޤާނޫނު ނަންބަރު 2007/1 (ދިވެހި ރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) އާ ޙިލާފުވުމުގެ ސަބަބުން ރާއްޖެއިން ފުރުވާލެވެންދެން އިމިޤްރޭޝަންގެ ޑިޓެންޝާން ސެންޓަރުގައި 2022 ސެޕްޓެމްބަރު 25 ވަނަ ދުވަހުން ފެށިގެން ބެހެއްޓުނު ފަރާތެއް ކަމަށެވެ.

އަދި 2022 ޑިސެމްބަރު 08 ވަނަ ދުވަހު ރަމޭޝް ސެލްވަމޮނީ ދިވެހި ރާއްޖެއިން ޑީޕޯޓްކޮށްލުމާއި ހަމައަށްވެސް އޭނާއާ ގުޅޭ ޖިނާއީ އެއްވެސް މައްސަލައެއް ދިވެހިރާއްޖޭގެ ކޯޓެއްގައި އިސްތިއުނާފު ކޮށްފައިވާކަން ޕްރޮސެކިއުޓަރ ގެނެރަލް އޮފީހުން ރަސްމީ ސިފައެއްގައި އިމިޤްރޭޝަނަށް އަންގާފައި ނުވާކަމާއި، ރަމޭޝް ސެލްވަމޮނީ ރާއްޖެއިން ފުރުން މަނާކޮށް އެއްވެސް ކޯޓު އަމުރެއް އެ އިދާރާއަށް ލިބިފައި ނުވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް