އަރަބިއްޔާ ސްކޫލްގެ އިހުތިޖާޖު
ހަބަރު
19 Feb 2023 | 11:39
އަރަބިއްޔާގެ ބިންގާގެ މަސައްކަތް އަދިވެސް ނުފެށޭތީ އަނެއްކާވެސް އިހުތިޖާޖު ކުރަން ފަށައިފި

އަރަބިއްޔާ ސްކޫލްގެ ބިންގާ އަދިވެސް ނޭޅޭ ކަމަށް ބުނެ ބެލެނިވެރިން ބާ ޖަމާލުއްދީން ސަރަހައްދަށް އެއްވެ އިހުތިޖާޖު ކުރަން ފަށައިފިއެވެ.

އެގޮތުން މިކަމާއި ގުޅީގެން އަަރަބިއްޔާ ސްކޫލްއިން މިއަދު ކުރި ޓްވީޓެއްގައި ވަނީ 18 މަސް ދުވަހުން މި މަސައްކަތް ނިންމަން ބުނި ކަން ފާހަގަކޮށްފައެވެ.

އެހެންނަމަވެސް 2 މަސްދުވަސް ތެރޭގައި ބާ ޖަމާލުއްދީން ބިން ހުސްކުރާން ވައުދުވެފައިވީނަމަވެސް 7 މަސް ވީ އިރުވެސް އެ ތަން ސާފު ނުކުރެވުނު ކަމަށް ވަނީ ބުނެފައެވެ.

މިކަމުގެ ސަބަބުން އެ ސްކޫލްއިން ވަނީ އިންތިޙާބު ކައިރިވީމާ ވޯޓު ހޯދަން ބިންގާ އަޅުުއްވަން މަޑު ކުރަނީތޯ ސުވާލު އުފެދޭ ކަމަށް  ބުނެފައެވެ. އަދި މިއާއިއެކު މިކަން ސިޔާސީ ނުކުރެއްވުމަށް ވެސް އެސްކޫލްއިން ވަނީ ގޮވާލައިފައެވެ.

އަރަބިއްޔާ ސްކޫލް އިމާރާތުގައި ރެނދުލައި، އެތަނުގައި ކިޔެވުމަކީ ދަރިވަރުންނަށް ނުރައްކާތެރި ކަމެއް ކަމަށް ބުނެ މިދިޔަ އަހަރުގެ ފަހުކޮޅު އެ ސްކޫލްގެ ބެލެނިވެރިން އިހުތިޖާޖު ކުރިއެވެ.

އެ އިހުތިޖާޖުތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ފުރަތަމަ ނިންމީ އަރަބިއްޔާގެ ކުދިން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރާށެވެ. ނަމަވެސް އެ ސްކޫލްގެ ބެލެނިވެރިން އެ ނިންމުމާ ދެކޮޅު ހެދުމުން އާ އިމާރާތެއް އަޅަން މާލެއިން ބިމެއް ހޯދުމުގެ މަސައްކަތް ކުރާނެކަން އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރިއެވެ.

އޭގެ ފަހުން، އަރަބިއްޔާ ސްކޫލް އިމާރާތުގެ ބަދަލުގައި އާ އިމާރާތެއް އަޅަން ނިންމެވިކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު 2021 ގެ ޑިސެމްބަރު މަހުގެ ތެރޭގައި އިއުލާންކުރެއްވިއެވެ.

އެގޮތުން ސަރުކާރުން ބާ ޖަމާލުއްދީން ބިމުގައި ޖަމާލުއްދީން ސްކޫލުގެ އިތުރު އިމާރާތަކާއި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް 168 މިލިއަން ރުފިޔާއަށް އަމިން ކޮންސްޓްރަކްޝަންއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ.

އަރަބިއްޔާ ސްކޫލުގެ ދަރިވަރުން މިހާރު ވަގުތީ ގޮތުން ކިޔަވަމުން ގެންދަނީ ފޮރިން މިނިސްޓްރީ ހިންގި ސޯމިލް އިމާރާތުގައެވެ. އެ އިމާރާތުގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުމަކީ ދަރިވަރުން އަސާސީ އެތައް ހއްގުތަކުން މަހުރޫމުކޮށްގެން ތިބެން ޖެހޭ ކަމެއްކަން ފާހަގަކުރައްވާ އަރަބިއްޔާ ސުކޫލުގެ ބެލެނިވެރިން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ