ކަޝްމީރުގައި އިންޑިޔާގެ ޖުމްހޫރީ ދުވަސް "ބްލެކް ޑޭ" ގެ ގޮތުގައި ފާހަޖަކުރަނީ

27 Jan 2019 | 10:09

އިންޑިއާ އާއި ކަޝަމީރު ދެމެދު އޮންނަ "ލައިން އޮފް ކޮންޓްރޯލް" ބޯޑަރުގެ ދެފަރާތުގައި މިއަދު ވަނީ އިންޑިޔާގެ ޖުމްހޫރި ދުވަސް "ބްލެކް ޑޭ" އެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. ހަޅުތާލުތަކެއްގެ ތެރެއިން ކަޝްމީރަށް ނިސްބަތްވާ އާންމުންތަކެއް ދަނީ އިންޑިޔާއިން ކަޝްމީރަށް ބާރުފޯރުވުމާ ދެކޮޅަށް އަޑު އުފުލާފައެވެ. "ބްލެކް ޑޭ" ގެ ޙަރަކާތްތައް އިންތިޒާމު ކުރުމުގައި އިސްކޮށް މަސައްކަތްކުރަނީ "ދަ ޖޮއިންޓް ރިޒިސްޓަންސް ލީޑަޝިޕް" ގެ ނަމުގައި ކަޝްމީރީން އުފައްދާފައިވާ އިދިކޮޅު ޖަމާޢަތަކުންނެވެ.

އިންޑިޔާއިން ކަޝްމީރުގެ ވާދީތަކުގެ ތެރެއިން ހިފާފައިވާ ސަރަޙައްދުތަކަކީ ކަޝްމީރުގެ ރައްޔިތުންގެ ހައްޤެއް ކަމަށް މި ޖަމިއްޔާއިން ދަނީ ތަކުރާރުކޮށް ފާހަގަކުރަމުންނެވެ. އެ ގުރޫޕުންދަނީ އިންޑިޔާ ސަރުކާރުގެ ނިންމުންތަކަށް ފާޅުގައި ފާޑުކިޔަމުންދާއިރު، ބޯޑަރުގެ ދެފަރާތުންވެސް ކަޝްމީރުގެ ރައްޔިތުން ދަނީ މި މައްސަލައިގައި ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

އިންޑިއާއިން ބާރުހިންގާ ކަޝްމީރުގެ ހުރިހާ ހިސާބުތަކެއްގައި މިއަދު ރައްޔިތުން ދަނީ ހަޅުތާޅުކޮށް ޚިޔާލުފާޅުކުރުމުގެ އެކި ޚަރަކާތްތައް ހިންގަމުންނެވެ. އިންޑިއާ ސަރުކާރުން ރައްދުގައި ވަނީ އެޤައުމުގެ ސިފައިން ކަޝްމީރުގެ އެކި ހިސާބުތަކަށް ނެރެ، ހަމަނުޖެހުންތައް ހުއްޓުވުމުގެ މަސައްކަތް ފަށާފައެވެ. އަދި އިންޑިޔާގެ ބާރުގެދަށުގައި އޮތް ކަޝްމީރުގެ ވާދީތަކުން މިހާރު މޮމުވާސަލާތީ ޚިދުމަތްތައްވަނީ މެދުކަނޑާލާފައެވެ. ފިއްތުންތަން ގިނަ ނަމަވެސް ކަޝްމީރުގެ ރައްޔިތުން މަސައްކަތްކުރަނީ އިންޑިޔާގެ ބާރުތަކާ ދެކޮޅުހަދާ، ދުނިޔޭގެ ސަމާލުކަމަށް މި މައްސަަލަ ގެނައުމަށްކަމަށް އިދިކޮޅު އިއްތިހާދުން ވަނީ ހާމަކޮށްފައެވެ.

Advertisement

ކޮމެންޓް