މެމްބަރު ނިޔާޒު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
20 Feb 2023 | 13:40
ރައީސް ޞާލިހަށް އިންތިޚާބު ކާމިޔާބުކޮށް ދިނުމަށް ރައީސް ނަޝީދު މަސައްކަތް ކުރަންޖެހޭ: އަލީ ނިޔާޒު

މިއަހަރު ބޭއްވޭ ރިޔާސީ އިންތިޙާބަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ހޮވުމަށް، ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެންމެ ބުރަކޮށް މަސައްކަތް ކުރައްވަން ޖެހޭނީ ރައީސް މުހައްމަދު ނަޝީދު ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

އެގޮތުން ރޭ ވީޓީވީގެ ފަސްމަންޒަރު ޕްރޮޮގްރާމްގައި ވާހަކަ ދައްކަވަމުން އަލީ ނިޔާޒު ވަނީ ބަލިވުމުން ބަލި ޤަބޫލްކޮށް، ނާކާމިޔާބުގައި ހިތްތިރި ކުރައްވާ، ކާމިޔާބު ލިބުނު ފަރާތާއިއެކު ކުރިއަށް ދިޔުމަކީ ރައީސް ނަޝީދު ވަރަށް ގިނައިން ވިދާޅުވާ ބަހެއް ކަމަށް ފާހަގަ ކޮށްފައެވެ.

މިއާއިއެކު ނިޔާޒު ވަނީ ރިޔާސީ ޓިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތަށް ޕާޓީގެ ރައީސް ވަޑައިގަންނަވަން ވާނެކަމަށް ވިދާޅުވެ އެކަން ނުކުރުމަކީ ވަރަށް ދެރަކަމެއްގެ ގޮތުގައި ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ޕާޓީގެ ރައީސްގެ މަސްއޫލިއްޔަތުގެ ތެރެއިން ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާ ފަރާތާއެކީ މަސައްކަތް ކޮށް، އިންތިޚާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ނިޔާޒު ވަނީ ވިދާޅުވެފައެވެ. 

"ޕާޓީގެ ރައީސް ރައީސް ނަޝީދަކީ. އެހެންވީމަ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ހޮވުމަށްޓަކާ އެންމެ ބުރަކޮށް މަސައްކަތް ކުރައްވަންޖެހޭ އެއްފަރާތަކީ ޕާޓީގެ ރައީސް. އެހެންވީމަ ޕާޓީގެ ރައީސް އެކަން ނުކުރައްވާ ހުންނަވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. މިވަގުތު އަދި ޚިޔާލުތަފާތުވުން ހުރެގެން އެއްފަރާތްވެގެން ހުންނެވި ނަމަވެސް، އަޅުގަނޑު ދެކޭ ގޮތުގައި ކެންޕޭން ފެށީމަ ކެންޕޭނާ އެއްކޮށް ހަމަ ރަށްރަށަށްވެސް ދަތުރު ކުރައްވަންވާނެ. އަދި މި ސިޔާސަތުތައް ވިއްކުމަށްޓަކާ ކުރެވެންހުރި ހުރިހާ މަސައްކަތެއް ޕާޓީގެ ރައީސް ކުރައްވަން ޖެހޭކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ނުކުރާ ކަމަށް ވަންޏާ އެއީ ގޯހެއް." ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒުގެ ވާހަކަ ނިންމާލަމުން ޕްރައިމަރީގައި ދެބޭފުޅުން ވާދަ ކުރައްވާގެން އެއް ބޭފުޅަކު ހޮވިފައިވާކަމަށާއި މިއީ އަބަދުވެސް ޕްރައިމަރީގައި އެކަން ހިނގާ ގޮތް ކަމަށް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ނިޔާޒު ވަނީ ޕްރައިމަރީގައި މޮޅުވެފައިވާ ބޭފުޅާއި އެއްކޮށް ޕާޓީގެ ހުރިހާ މެމްބަރުން ނިކުންނަވާ ރިޔާސީ އިންތިޙާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރެއްވުމަށް ގޮވާލާ އިރާދަކުރެއްވިއްޔާ އެޕާޓީއީން އެއްބުރުން އިންތިޙާބު ކާމިޔާބު ވާނެ ކަމަށް ވިދާޅުވެފައެެވެ.

ކޮމެންޓް
ފޮޅި
naCIdA jehunImAtihenewqnuvAne. ކުރިންބުނިއެތި ކެންސަލް
20 Feb 2023
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ