ކަނޑޫމާ ރިސޯޓުން އީޕީއޭގެ ހުއްދަ ނެތި ހަދާފައިވާ ސަރަހައްދު--
ހަބަރު
20 Feb 2023 | 19:48
ކަނޑޫމާ ރިސޯޓުން ފަރަށް ގެއްލުންދިން މައްސަލަ އީޕީއޭ އިން ބަލަނީ

ހޮލިޑޭ އިން ކަނޑޫމާ ރިސޯޓުން އެ ރިސޯޓް ފަޅުން ވެއްޔާއި ގައު ނެގި މައްސަލައެއް އީޕީއޭ އިން ބަލަން ފަށައިފި އެވެ. 

"ވޮއިސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކަނޑޫމާގެ މެނޭޖްމަންޓްއިން ވަނީ އީޕީއޭ އިން ހުއްދަ ނުނަގާ އެކްސްކަވޭޓަރ ބޭނުން ކޮށްގެން ރިސޯޓް ގެ ފަޅު ކޮނެ، ވަކި ސަރަހައްދެއް ފުންކޮށް، އެތާނގައި ހުރި ވެއްޔާ ގައުވެސް ނަގާފައެވެ. 

އަދި އެ ސަރަހައްދުގެ އަތިރިމަތީގައި ގަލުން ކުދި ތޮށިތައް ވެސް ހަދާފައިވާއިރު، ފަރުން ނެގި ގާތަށް ތަޅައިކުދި ކޮށްގެން ފަރުމަތީގައި ގެބިއަން ވޯލްތައް ވެސް އެ ރިސޯޓުން ވަނީ ހަދާފައެވެ. 

ކަނޑޫމާ ރިސޯޓުން އީޕީއޭގެ ހުއްދަ ނެތި ހަދާފައިވާ ސަރަހައްދުގެ ފޮޓޯތަކާއި އެ ސަރަހައްދުގެ މައުލޫމާތު ތައް ވޮއިސް އަށް ލިބިފައިވާއިރު، ރިސޯޓުގެ މޫދުން ވެލި ނަގައިގެން ސަރަހައްދެއް ފުންކޮށް، އެ ވެލިން ބީޗެއް ހަދާފައިވާއިރު، މޫދުން އެ ވެލި ނެގި ސަރަހައްދުގެ ބޮޑުމިން ގާތްގަނޑަކަށް ފުޓުބޯޅަ ދަނޑެއް ވަރު ވާނެކަމަށް ލަފާކުރެވެއެވެ. 

އަދި ވެލި ނަގައިގެން ހަދާފައިވާ ބީޗުގައި މިހާރު ވަނީ ހަޓް ތަކާއި ގޮނޑިތައްވެސް ބަހައްޓާފައެވެ. 

މި މައްސަލައާއި ގުޅިގެން އީޕީއޭއިން އެ ރިސޯޓަށް ފޮނުވި ސިޓީ ވޮއިސް އަށް ވަނީ ލިބިފައެވެ. އެ ސިޓީގައި ވާގޮތުން، އެ ރިސޯޓުން ގަވާއިދާއި ޚިލާފަށް ވެއްޔާއި ގައު ނެގި މައްސަލަ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން އީޕީއޭއިން އަންނަނީ ބަލަމުންނެވެ. 

އާއްމުގޮތެއްގައި، އީޕީއޭގެ ހުއްދަނެތި ކުރާ މިފަދަ ކަންކަމުގެ ސަބަބުން ރިސޯޓުތަކާއި ކައުންސިލްތައް ބޮޑު އަދަދުން ޖޫރިމަނާ ކުރެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.