ނައިވާދޫ ފުޓްސަލް ޓީމު
ކުޅިވަރު
21 Feb 2023 | 03:29
ހދ.އަތޮޅުގެ ޗެންޕިއަންކަން ނައިވާދޫ އިން 5 ވަނަ ފަހަރަށް ހޯދައިފި!

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ ފައިނަލުގައި 1-0 ގެ ނަތީއްޖާއަކުން ނޭކުރަންދޫ ބަލިކޮށް، ހދ އަތޮޅުގެ ޗެމްޕިއަންކަން ފަސް ވަނަ ފަހަރަށް ނައިވާދޫ އިން ހޯދައިފިއެވެ. 

އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން، ނައިވާދޫ ފައިނަލުން ޖާގަހޯދީ ސެމީ ފައިނަލުގައި 3-1 ގެ ނަތިއްޖާއަކުން ކުމުންދޫ މައްޗަށް ކުރިހޯދައިގެންނެވެ. އަދި ނޭކުރެންދޫ އިން ފައިނަލުގެ ފުރުސަތު ހޯދީ ސެމީ ފައިނަލުގައި ނެއްލައިދޫ އަތުން 2-1 ގެ ނަތީއްޖާއަކުން މޮޅުވެގެންނެވެ. އަދި ގުރޫޕް ސްޓޭޖުގައި މި ދެޓީމު ވާދަކުރި މެޗު ކާމިޔާބުކުރީ ނައިވާދޫ އިންނެވެ.

މިރޭގެ ފައިނަލު މެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނައިވާދޫ ޓީމުގެ ޖޯޒީ ނަމްބަރު 97، އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. މިއާއެކު މެޗު ނިމިގެން ދިޔައީ ދެޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 1-0 ގެ ނަތީއްޖާއަކުން ނައިވާދޫ މޮޅުވެގެންނެވެ. މިއީ މި މުބާރާތުގެ އަތޮޅު ޗެންޕިއަންކަން ނައިވާދޫ އިން ހޯދި ފަސް ވަނަ ފަހަރެވެ. މީގެ ކުރިން އެޓީމުން ވަނީ ހދ. އަތޮޅުގެ ޗެންޕިއަންކަން 2016، 2018, 2019, އަދި 2022 ވަނަ އަހަރު ހޯދާފައެވެ.

މިރޭގެ ފައިނަލު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފައިނަލް މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިން އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަޤާމާއި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއާގެ މަޤާމު ވެސް ލިބުނީ މި މުބާރާތުގައި ނައިވާދޫ ޓީމަށް ހަތް ލަނޑު ކާމިކާބުކޮށްދިން  އަބްދުﷲ ޝާފިއު (ޝާއްޕެ) އަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑުވެއްޖެއޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.