ފޮއްދޫ -- ފޮޓޯ/ އެމްޓީސީސީ
ހަބަރު
21 Feb 2023 | 10:33
ފޮއްދޫއިން ގޯއްޗަށް އެދުމަށް ހުޅުވާލައިފި؛ ހުރިހާ ރަށެއްގެ މީހުންނަށް ވެސް އެދެވޭނެ

ހުރިހާ ރަށެއްގެ މީހުންނަށް ވެސް މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫން ގޯތި ލިބޭ ގޮތައް އެރަށުން ގޯތި ދޭ އުސޫލު އާއްމު ކޮށްފިއެވެ.

ފޮއްދޫ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ ދިރިއުޅުމަށް ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކަށް އެ ރަށުން ގޯތި ދޫކުރުމަށް ހަމަ ޖައްސާފައިވާ ކަމަށެވެ. އެގޮތުން ދޫކުރާ ގޯތީގެ ބޮޑުމިނަކީ 2000 ( ދެހާސް ) އަކަފޫޓު ކަމަށާ މިފަހަރު ދޫކުރަން ހަމަ ޖެހިފައިވަނީ 30 ( ތިރީސް ) ގޯތި ކަމަށްވެސް ބުނެފައިވެއެވެ. 

ދިރިއުޅުމަށް ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކަށް ގޯތި ދޫކުރުމުގައި ބަލާނެ ކަންކަން؛

1) ދިވެހިރައްޔިތަކަށް ވުން

2) ޢުމުރުން 18 ( އަށާރަ ) އަހަރު ވެފައިވުން

3) ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ، ނުވަތަ އަނބިމީހާ ، ނުވަތަ ފިރިމީހާގެ ނަމުގައި ރަޖިސްޓްރީ ވެފައި ނެތުން.

4) އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ، ލިބިގެން އެފަދަ ގޯއްޗަކުން 600 ( ހަސަތޭކަ ) އަކަފޫޓް އަށްވުރެ ބޮޑު ބައެއް ލިބިފައި ނުވުން.

5) ސަރުކާރުން ހަދާ ފްލެޓެއް ނުވަތަ ހައުސިން ޔުނިޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ވެފައި ނެތުން

6) އެއްމެދު އިމާރާތެއް ފްލެޓެއް ނުވަތަ ހައުސިން ޔުނިޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ވެފައިނެތުން.

މަތީގައިވާ ޝަރުތު ހަމަވާ ފަރާތްތަކުން 13 ފެބްރުއަރީ 2023 ( ހޯމަ )ފެށިގެން 24 އެޕްރީލް 2023 ވާ ( ހޯމަ ) ދުވަހުގެ 13:00 ގެ ނިޔަލަށް " ދިރިއުޅުމަށް ބަންޑާރަ ގޯއްޗަށް އެދޭ ފޯމް " ފުުރިހަމަ ކުރެއްވުމަފަހު ފޮއްދޫ ކައުންސިލްްގެ ފޯމް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ އެދިފައެެވެ. އަދި މެއިލް އާއި ފެކްސް އިން ފޮނުއްވާ ފޯމް ބަލައިގަތުުމަށް ހަމަޖެހިފައި ނުވާ ކަމަށްވެސް އެކައުންސިލުން ބުނެފައިވެއެވެ. 

ހަމައެހެންމެ، ފުރިހަމަ ނުކޮށް ހުށައަޅުއްވާ ފޯމް އާއި ހުށައަޅަންޖެހޭ ތަކެތި ހަމަ ނުކޮށް ހުށަހަޅާ ފޯމްވެސް ބަލައި ނުގަންނާނެކަމަށް އެ ކައުންސިލްގެ އިއުލާނުގައި ވެއެވެ.

ގޯއްޗަށް އެދޭ ފޯމް ބަލައިގަތުން ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު ފަހު 13:30 ދެމެދު ކަމަށްވެސް ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.