މާލޭގައި ނީލަން ފިހާރަ ހިންގާ ފަރާތްތަކާއި ބޭއްވުނު ބައްދަލުވުުމުގެ ތެރެއިން: ފޮޓޯ/ މާލެ ސިޓީ ކައުންސިލް
ހަބަރު
21 Feb 2023 | 13:02
ނީލަން ފިހާރަ ހުންނަންޖެހޭ؛ އެކަމަކު އެކަމަށް އެދުނު ބިމެއް ނުދިން: ޑރ. މުޢިއްޒު

މާލޭގައި ނީލަން ފިހާރައެއް ހުންނަޖެހޭ ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނި ނަމަވެސް، އެކަމަށް އެދުނު ބިން ނުދޭ ކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގައި ނީލަން ފިހާރަ ހިންގާ ފަރާތްތަކާ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ވަނީ މިއަދު ހެނދުނު ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ނީލަން ފިހާރަ ހިންގާ ފަރާތްތަކުން އެ ފަރާތްތަކަށް ދިމާވާ ދަތި ކަންތައްތައް މޭޔަރ އަށް ހުށަހެޅިއެވެ. އެންމެ މުހިއްމުކަމެއްގެ ގޮތުގައި ފާހަގަކުރީ ދާދިފަހުން އެތަނުގައި އަލިފާން ރޯވުމުގެ ސަބަބުން މިވަގުތު މަސައްކަތްކުރާނެ ތަނެއް ނެތި ގެއްލުންވަމުންދާތީ ނީލަން މުދާ ވިއްކާނެ ތަނެއް ހަމަޖައްސަވައިދެއްވުމަށެވެ. މީގެއިތުރުން ނީލަން މުދާވިއްކާނެ ތަނެއް ތަރައްޤީކުރާނަމަ އެތަނުގައި ހުންނަންޖެހޭ ބައެއް ކަންކަމުގެ މަޝްވަރާއާއި ޚިޔާލުތައް ހިއްސާކުރިއެވެ.

މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ނީލަން މުދާ ވިއްކަން ޚާއްޞަ ތަނެއް ހުންނަންޖެހޭކަމަށެވެ. އަދި އެކަމަށް އެންމެ އެކަށީގެންވާ ތަނަކީ އިންޑަސްޓްރިއަލް ވިލެޖްކަމުގައި ކައުންސިލަށް ގަބޫލުކުރެވޭތީއާއި އެތަނަކީ އެފަދަ ބޭނުންތަކަށް ހިއްކާފައިވާ ތަނަކަށްވާތީ އެތަނުން ބިން ހަމަޖެއްސުމަށް ސަރުކާރުގައި ދަންނަވާފައިވާކަމަށެވެ. މިގޮތަށް ދެންނެވުމުން އެކަމަކީ ކައުންސިލުން ކުރަންޖެހޭކަމެއްކަމަށް ޖަވާބުދެއްވާފައިވާ ކަމަށެވެ. އެހެންނަމަވެސް އެކަން ނުކުރެވިދަނީ އިންޑަސްޓްރިއަލް ވިލެޖް ބަލަހައްޓަނީ ކައުންސިލުން ނޫންކަމަށްވެފައި ޕްލޭނިންގް މިނިސްޓްރީގެ ފަރާތުންކަމަށްވެފައި އެ މުވައްސަސާއިން އެކަމަށް ހުއްދަދީފައިނުވާތީ ކަމަށެވެ. 4 ވަނަ ދައުރުގެ ކައުންސިލް ހުވާކުރީއްސުރެ މިކަމަށް މަސައްކަތްކުރިކަމުގައިވިއަސް މިހާތަނަށް އަލިމަގެއް ފެނިފައިނުވާކަމަށެވެ. އެހެން ނަމަވެސް ނީލަން މުދާ ވިއްކާ ފަރާތްތަކުގެ އަޑުއައްސަވައި ހައްލެއް ގެނެސްދިނުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ.

ނީލަން މުދާ ވިއްކަމުން އައި ސަރަޙައްދުގައި ދާދިފަހުން ރޯވެ އަނދައި ހުލިވުމާގުޅިގެން މިވަގުތު ނީލަން މުދާ ވިއްކާނެތަނެއް އަދި ހަމަޖެހިފައިނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.