ކުޅުދުއްފުށީގެ މަޝްރޫއުތައް ހިންގުމަށް މިނިސްޓަރު މަޑުކުރަން ދައުވަތެއް
ކުޅުދުއްފުށީގެ މަޝްރޫއުތައް ހިންގުމަށް ޕްލޭނިންގް ނިސްޓަރު މަޑުކުރަން އެ ދާއިރާގެ މެމްބަެު ދައުވަތެއް ދެއްވައިފިްއެވެ.
ކުޅުދުއްފުށީގައި ހިންގަމުން އަންނަ މަޝްރޫއުތައް ހިންގުން އަވަސް ކުރުމަށް ކަމަށް ބުނެ މިނިސްޓަރު އަސްލަމަށް އެ ދައުވަތު ދެއްވާފައިވަނީ ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފެވެ.
އައްޑޫގެ މަޝްރޫއުތައް އަވަސް ކުރެއްވުމަށް މިނިސްޓަރު ވަނީ އައްޑޫގައި ދުވަސްކޮޅަދު މަޑުކުރައްވާފައެވެ. އަދި އެ މަސައްކަތްތަކުން މަޝްރޫއުތައް އަވަސް ކުރެވިއްޖެކަމަށް މިނިސްޓަރު އަސްލަމް މިއަދު ވިދާޅުވެފައިވެސް ވެއެވެ.
"އެބަހުރިތޯ ކުޅުދުއްފުއްޓަށް ވަޑައިގެން ބޭސް ވެލައްވައިގެން މި ކަންތައްތައް ހައްލު ކުރެވެން،" ޔާސިރު ސުވާލުކުރެއްވިއެވެ.
މި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެކަން ވެސް ކުރައްވާނެކަމަށެވެ.
އައްޑޫ ސިޓީ މޭޔަރަކާއި ކައުންސިލެއް އޮތް އިރު، މަގު ހެދުމުގެ މައްސަލަތައް ހައްލު ކުރަން ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ އެ ރަށަށް ދުވަސް ކޮޅަކަށް ބަދަލުވެފައެވެ. އެކަމާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން ވަނީ މިނިސްޓަރަށް އަމާޒުވެފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހިމެނިވަޑައިގަންނަވައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists