އެމްޓީސީސީގެ ސީއީއޯ ވާހަކަ ދައްކަވަނީ---ފޮޓޯ: އެމްޓީސީސީ
ވިޔަފާރި
22 Feb 2023 | 14:17
އެމްޓީސީސީއިން ސުޕަވައިޒަރސް ފޯރަމް 2023 ބާއްވައިފި

"ސުޕަވައިޒަރސް ފޯރަމް 2023" އެމްޓީސީސީން ބާއްވައިފިއެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ފޯރަމަކީ އެމްޓީސީސީގެ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަންއާއި އެޗް.އާރ. ޑިވިޜަން ގުޅިގެން ކުރިއަށް ގެންދިޔަ ފޯރަމެއް ކަމަށް އެކުންފުނީގެ ޕްރެސް ރިލީޒް އެއްގައި ބުނެފައިވެއެވެ.

އެގޮތުން މި ފޯރަމްގައި ރާއްޖޭގެ އެކިކަންކޮޅުތަކުގެ ޕްރޮޖެކްޓް ސައިޓް ސުޕަވައިޒަރުންނާއި، ޕްރޮޖެކްޓް ޓީމާއި، ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަންގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ ތެރެއިން އެމްޓީސީސީއިން ބުނީ 88 ސައިޓް ސުޕަވައިޒަރުން މި ފޯރަމްގައި ބައިވެރިވެވަޑައިގެންނެވިއެވެ. ސައިޓް ސުޕަވައިޒަރުންނަކީ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދިއުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މުވައްޒަފުން ކަމަށް އެމްޓީސީސީއިން ބުނެފައިވެއެވެ.

މިއީ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަންގެ ސުޕަވައިޒަރުންނަށް އަމާޒުކޮށް ހިންގުނު މިފަދަ ދެވަނަ ފޯރަމް ކަމަށް އެމްޓީސީސީއިން ފާހަގަ ކޮށްފައިވެއެވެ. އަދި ރޭ ބޭއްވުނު މި ފޯރަމްގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ބައިވެރިންނާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ އަލްފާޟިލް އާދަމް އާޒިމް ކަމަށް ވެސް ފާހަގަ ކޮށްފައިވެއެވެ.

މީގެ އިތުރުން އެމްޓީސީސީއިން ވަނީ މި ފޯރަމްގެ ބައިވެރިންނަށް މަޝްރޫޢުތައް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ހިންގާފައި ކަމަށް ބުނެފައެވެ. މި ސެޝަންތަކުގައި، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، އަލްފާޟިލް މުޙައްމަދު އަސްލަމާއި، ސީއީއޯ އަލްފާޟިލް އާދަމް އާޒިމް، ބައިވެރިންނާއި މުޙާތަބް ކުރައްވާ މަޝްރޫޢުތައް ހިންގުމާއި ގުޅޭގޮތުން މުހިއްމު މަޢުލޫމާތުތަކެއް ޙިއްސާކުރެއްވި ކަމަށް ބުނެފައިވެއެވެ.

މިއާއިއެކު އެމްޓީސީސީގެ އެކިއެކި ޑިވިޜަންތަކުގެ ވެރިންނާއި ޓެކްނިކަލް އެކްސްޕަރޓުންވެސް ސެޝަންތައް ނަގައިދެއްވި ކަމަށް ވެސް އެޓީސީސީއިން ވަނީ ބުނެފައެވެ. މިގޮތުން، އެމްޓީސީސީން ހިންގާ މަޝްރޫޢުތަކުގެ ކޮލިޓީ ރަނގަޅު ކުރުމާއި، ސަރުކާރުން ބޭނުންވާ އަވަސް މިނުގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުމާއި، ޙަރަދުކުޑަކޮށް، މަޝްރޫޢުތައް ނިންމަން އޮންނަ ވަގުތުގެތެރޭ އެފިޝެންޓްކޮށް މަޝްރޫޢުތައް ނިންމުމާއި ގުޅޭގޮތުން ބައިވެރިން ހޭލުންތެރިކުރެވިފައިވެއެވެ.

މީގެ އިތުރުން، ކުންފުނީގެ މެޝިނަރީޒްއާއި ވަސީލަތްތައް ބަލަހައްޓާ "ޕްރިވެންޓިވް މެއިޓެނެންސް" ގެ އިމުގުތެރެއިން ކުންފުންޏަށް އެންމެ ފައިދާވާގޮތަށް އޭގެ ބޭނުންކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެވުން ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

އެމްޓީސީސީއަކީ ރައްޔިތުންގެ ކުންފުންޏެއް ކަމަށް ފާހަގަ ކޮށް އެމްޓީސީސީއާއި ރައްޔިތުންނާއި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި، ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމުގެ މުހިއްމުކަމުގެ މައްޗަށް ފޯރަމްގައި އަލިއަޅުވާލެވުނެވެ.

އަދި މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނާއި ޢާއްމުންވެސް، ސިއްޙީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބަހައްޓަންޖެހޭ މިންގަނޑުތަކުގެ މައްޗަށް އަލިއަޅުވާލާ މިކަމާގުޅޭ މުހިއްމު މަޢުލޫމާތުތަކެއް ފޯރަމްގެ ބައިވެރިންނާއި ޙިއްސާކުރެވުން ކަމަށް އެމްޓީސީސީ ބުނެފައިވެއެވެ.

މީގެ އިތުރުން، ކުންފުނީގެ މުވައްޒަފުންގެ ހައިސިއްޔަތުން ހިފަހައްޓަންޖެހޭ އަޙުލާޤީ މިންގަނޑުތަކަށް ވެސް މުވައްޒަފުން ހޭލުންތެރިކުރެވުނެވެ.

އެމްޓީސީސީން ޤަބޫލުކުރާގޮތުގައި ކުންފުނީގެ އެންމެ މުހިއްމު ރައުސްމާލަކީ ކުންފުނީގެ މުވައްޒަފުން ކަމަށް ފާހަގަ ކޮށްފައިވެއެވެ. މިގޮތުން، މިފަދަ ހޭލުންތެރިކަމުގެ ފޯރަމްތަކުގެ އިތުރަށް، ކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމަށް ސްކޮލަރޝިޕްއާއި ޓްރޭނިންގ ފުރުސަތުތައް ފަހިކޮށްދިނުމަކީ އެމްޓީސީސީން ވަރަށްބޮޑު އިސްކަމެއްދީގެން ކުރަމުން އަންނަ ކަމެއް ކަމަށް އެމްޓީސީސީއިން ބުނެފައިވެއެވެ.

މިގޮތުން، ވޭތުވެދިޔަ އަހަރު، 2043 މުވައްޒަފުން 920,26 ގަޑިއިރުގެ ޓްރޭނިންގް ފުރިހަމަ ކުރިއެވެ. އަދި 2021 ވަނަ އަހަރު 11 ސްކޮލަރޝިޕް އަދި 2022 ވަނަ އަހަރު 8 ސްކޮލަރޝިޕް ފުރުސަތު، ތަފާތު ރޮނގުތަކުން ރާއްޖޭން ބޭރުގައި ކިޔެވުމަށް، ކުންފުނީގެ މުވައްޒަފުންނަށް ފޯރުކޮށްދެވުނެވެ.

މީގެ އިތުރުން އެމްޓީސީސީ ބުނެފައިވަނީ އެ ކުންފުނީގެ އުއްމީދަކީ މި ފޯރުކޮށްދޭ ފުރުސަތުތަކުގެ ބޭނުންހިފާ، އެމްޓީސީސީގެ މުވައްޒަފުންނަކީ ކުންފުންޏަށާއި ޢާއްމު ރައްޔިތުންނަށް ބޭނުންތެރި ޙިދުމަތްތަކެއް ކޮށްދޭ ބައެއްގެ ގޮތުގައި ދެމިތިބުން ކަމަށެވެ.

މިއާއިއެކު މްޓީސީސީގެ އަމާޒަކީ ހިކުމަތްތެރިކަމާއެކު ވިޔަފާރިތައް ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނީގެ ވިޔަފާރި ކުރިއަށް ގެންދިޔުން ކަމަށާއި ކަސްޓަމަރުންނާއި ޙިއްސާދާރުންނާއި ވިޔަފާރީގެ ބައިވެރިންނާއި ޢާއްމު ރައްޔިތުން، ވޭތުވެދިޔަ 42 އަހަރު ދެގޮތެއްނުވެ ކުންފުންޏަށް ކުރަމުން އައި އިތުބާރު ދެމެހެއްޓުން ކަމަށް އެ ކުންފުނިން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
ތިލަފުށިން ރީކޯ މޫސަގެ ހެވީލޯޑަށް ދީފަ އޮތް ބިން އެޗްޑީސީއާ ހަވާލުކުރަން އަންގައިފި
އެޗްޑީސީން ވަނީ ބިމު ކުއްޔާއި ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދައްކަމުން ނުދާތީވެ އެ ފައިސާވެސް ހޯދުމަށް އެދިފައެވެ.
03 Aug 2026
އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ދެ ހެލިކޮޕްޓަރު ޖެހި ދެ މީހަކު މަރުވެއްޖެ
ޔޫނާން (ގްރީސް)ގެ ވެރިރަށް އެތެންސްއާ ގާތްގަނޑަކަށް 65 ކިލޯމީޓަރު ހުޅަނގުގައި އޮންނަ ސަރަހައްދެއްގައި ރޯވެފައިވާ ބޮޑު އަލިފާންގަނޑެއް ނިއްވުމަށް މަސައްކަތް ކުރަމުންދަނިކޮށް، ދެ ހެލިކޮޕްޓަރު ވައިގެ ތެރޭގައި ޖެހި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ދެ މީހަކު މަރުވެއްޖެއެވެ.
03 Aug 2026
އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ސީ-ޓު-އެއާ ކާގޯއަށް 6 އިންސައްތައިގެ ކުރިއެރުމެއް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ކުރިއަށްގެންދާ ސީ-ޓު-އެއާ ޓްރާންޝިޕްމަންޓްގެ ޚިދުމަތަށް ބޮޑު ތަރުހީބެއް ލިބި، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 6 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.