ހަނިމާދޫ ދާއިރާގެ މެމްބަރ އަބްދުލްޣަފޫރު މޫސާ: ފޮޓޯ/މަޖިލިސް
ހަބަރު
22 Feb 2023 | 16:45
"ތިއުޅެނީ ހަޖަމް ނުވެގެން؛ ހަތަރު އަހަރު ރަނގަޅުވި ސަރުކާރެއް މިހާރު ގޯސްވާނީ ސިކުނޑީގެ އުނިކަމެއް ހުރީމާ"

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެންބަރުން އުޅެނީ މި ސަރުކާރުން ގެނައި ތަރައްގީ ހަޖަމު ނުވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދަރަނި ރީސްޓްރަކްޗާ ކުރުމަށް ސަރުކާރަށް ދީފައިވާ ލަފާ ތަންފީޒު ކުރުމަށް ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން އަބްދުލްޣަފޫރު ވަނީ، އެ ގަރާރާއި އެއްގޮތަށް ކުރަންޖެހޭ ކަންކަން ސަރުކާރުން މިހާރުވެސް ކޮށްފައިވާ ކަމަށާ ދެން އިތުރަށް ކުރާނެ ރީސްޓްރަކްޗާ އެއް ނޯންނާނެ ކަމަށެވެ. 

މިއާއެކު އޭނާ ވަނީ އީވާ އާއި އެމްޑީޕީގެ މެންބަރުންގެ ތެރެއިން ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ފާއިތުވި ހަތަރު އަހަރުގައި، އެ މެންބަރުންނަށް ރައީސް ޞާލިހު ގެ މި ސަރުކާރު ރަނގަޅުވެފައި، މިއަދު ސަރުކާރު ގޯސްވެގެން ވާހަކަ ދައްކަވާއިރު، އެހާރު ދެއްކެވި ވާހަކައާއި މިހާރު ދައްކަވާ ވާހަކަ ވެސް ހަނދާންކުރައްވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

އަބްދުލްޣަފޫރު ވާހަކަ ތަކާއި ގުޅިގެން ރައީސް ނަޝީދުގެ ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ މެންބަރުން އަޑުގަދަ ކުރައްވަން ފެއްޓެވުމުން އެ މެންބަރުންނާއި މުޚާތަބު ކުރައްވައި އޭނާ ވަނީ ރައީސް ޞާލިހުގެ ސަރުކާރުގައި އިގްތިސާދު ކުރިއަރަމުން ދާ ކަމަށާ، އެ މެންބަރުން އެފަދައިން އެ އުޅުއްވަނީ އެކަން "ހަޖަމް ނުވާތީ ކަމަށް ވިދާޅުވެފައެވެ. 

މިއަދު މިގައުމުގެ އިގްތިސާދު 12 އިންސައްތައަށް އުފުލިގެން އެދަނީ، ދައުލަތުން، 30 ޕަސެންޓަށް މި ގައުމުގެ އާމްދަނީ އިތުރުވެގެން އެދަނީ. ރާއްޖެއަށް ޓޫރިސްޓުން އަންނަ މިންވަރު އެދަނީ އިތުރު ވެގެން. އެކަން ފެންނަން މިއޮތީ މިއަދު. އެކަން ހަޖަމު ނުކުރެވިގެން މިއުޅެނީ. ހަޖަމެއް ނުވާނެ. ހަޖަމެއް ނުކުރެވޭނެ. އެކަން މިއަދު ތި ފެންނަނީ. 

މެންބަރު އަބްދުލްޣަފޫރު މޫސާ 

މިއާއެކު އަބްދުލްޣަފޫރު ވިދާޅުވީ، މިއަދު ރައީސް ނަޝީދުގެ ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ މެންބަރުން ޕީޕީއެމް ބޭފުޅުންނާއި އެއްބައި ވެގެން ސަރުކާރާއި ދިމާއަށް އެއްޗެހި ކިޔުން "ހަމަ ހެޔޮވަރު" ކަމަށެވެ. 

އަބްދުލްޣަފޫރު ގެ އެ ވާހަކައާއި ގުޅިގެން އެ މެންބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި އަޑު ގަދަކުރައްވައި ދައުލަތުގެ ދަރަނި ބޮޑު ކަމުގެ ވާހަކަ ދައްކަވާފައެވެ. 

އެ މެންބަރުންގެ ވާހަކަތަކަށް ޖަވާބުދާރީވަމުން އަބްދުލްޣަފޫރު ވަނީ، ދައުލަތް ދަރަނިވެރި ނުވާ ކަމަށާ، ދައުލަތަށް "ބޮޑުކޮށް" އާމްދަނީ ލިބެމުންދާކަން ތަކުރާރުކޮށް ވިދާޅުވެފައެެެވެ. 

ދައުލަތެއް ދަރަމުން ނުގެންދޭ. ދައުލަތަށް ބޮޑުކޮށް އާމްދަނީ ލިބެމުންދަނީ. މިއަދު ކުދި މެދުފަންތީގެ ވިޔަފާރިތަކަށް ދޭން ޖެހޭ ލޯނު، މިގައުމުގެ އެއްވެސް ސަރުކާރަކުން ނުދޭ މިންވަރަށް އެ އޮތީ ދީފައި. ގެދޮރުވެރިޔާގެ ލޯނު އެއޮތީ ދޫކޮށްފައި. ހިލޭ ޑިގްރީ ޕްރޮގްރާމް އަށް އެދަނީ ކިޔަވައިދެމުން. އެކަންތައް ވާން ހެދީމާ، ތި ބޭފުޅުންނަކަށް (ނަޝީދުގެ ފެކްޝަންގެ މެންބަރުން) ހަޖަމެއް ނުކުރެވޭނެ. ހަޖަމު ނުކުރެވޭތަން މި ފެންނަނީ. އިގްތިސާދު މިއޮތީ ގަދަކޮށް. ދަރާފައި ހުރި ގައުމުތައް އެބަ ފެނޭ.

މެންބަރު އަބްދުލްޣަފޫރު މޫސާ 

އަބްދުލްޣަފޫރު އިތުރަށް ތަކުރާރުކޮށް ވިދާޅުވީ، އިގްތިސާދު ބާރަށް ކުރިއަށް ދާތަން ފެންނަމުންދާތީ ރައީސް ނަޝީދުގެ ފެކްޝަނުގެ މެންބަރުންނަށް އެކަން ހަޖަމު ނުކުރެވިގެން އުޅޭ ކަމަށާ، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެންބަރުންނާއި ގުޅިގެން "ފާޑު ފާޑުގެ ގާރާރު" ތަކާއި ކުއްލި މައްސަލަތައް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަނީވެސް ހަޖަމު ނުވެގެން ކަމަށެވެ. 

"މިގައުމުގެ އިގްތިސާދު މިއަށްވުރެ ރަނގަޅުވި ދުވަހެއް ނާދޭ. މި ގައުމުގެ ދަރަނި އެދަނީ އެޑްވާންސް ކޮށް ދައްކަމުން، އެދަނީ ހުރި ދަރަންޏެއް ވެއްޖެއްޔާ. އެ ފައިސާ ދައުލަތަށް ވަންނަމުން އެދަނީ. ދައުލަތުގެ އާމްދަނީ އެދަނީ ދެގުނައަށް އިތުރުވަމުން. 2028 އަށް އަންނަ އިރު މި ގައުމުގެ އާމްދަނީ ދެ ގުނައަށް އިތުރު ވާނެ."

މެންބަރު އަބްދުލްޣަފޫރު މޫސާ 

އަބްދުލްޣަފޫރު ވިދާޅުވީ ދިވެހިރާއްޖޭގެ އިގްތިސާދު ކުރިއަރައި، ތަރައްގީގެ ކުލަ ވަރު ހުރިހާ ރަށަކުންވެސް ފެންނަމުންދާ ކަމަށާ، އެތަން ފެނުމުން އިދިކޮޅުގެ ފަރާތް ތަކުގެ "މޭ ކަރާނެ" ކަމަށާ އަދި ހިތްވެސް ދަތިވާނެ ކަމަށެވެ. 

އަޅުގަނޑުމެންނަށް އެނގޭ މިދިޔަ ހަތަރު އަހަރު ރަނގަޅުވި ސަރުކާރެއް އެއް އަހަރަށް ވީމާ ގޯސްވާންޖެހޭނީ އެބޭފުޅުންގެ ސިކުނޑީގެ މައްސަލައެއް އުޅޭތީ. ދައުލަތުގެ އާމްދަނީ އިތުރު ވެއްޖެ. ދައުލަތަށް ލިބޭ ޓީޖީއެސްޓީ %60 ބޮޑުވެގެން ހިގައްޖެ. 

މެންބަރު އަބްދުލްޣަފޫރު މޫސާ 

މިއާއެކު އަބްދުލްޣަފޫރު ވަނީ ރައީސް ޞާލިހު ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ އެއްބުރުން ކަމަށް ތަކުރާރު ކުރައްވާފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.