ރ. އަތޮޅު މުބާރާތުގައި އިނގުރައިދޫ އަދި ދުވާފަރު ބައްދަލުކުރި މެޗު-- ފޮޓޯ ވޮއިސް
ކުޅިވަރު
22 Feb 2023 | 16:17
އަވައްޓެރި ދުވާފަރާ ދެކޮޅަށް އިނގުރައިދޫ މިރޭ ނިކުންނަނީ ލީގު ބުރުގެ އެއްވަނަ ޔަގީންކުރަން!

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ، ރ. އަތޮޅު ލީގު ބުރުގެ ފަހު މެޗުގައި މިރޭ އިނގުރައިދޫއާއި ދުވާފަރު ވާދަކުރާ އިރު މި ދެޓީމު ވެސް ވަނީ ކުޅުނު ތިން މެޗުން މޮޅުވެ ފައިނަލުން ޖާގަހޯދާފައެވެ. 

މިރޭގެ މެޗަށް މި ދެޓީމު ނުކުންނައިރު ޕޮއިންޓްގެ ގޮތުން ދެޓީމު އެއްވަރުވި ނަމަވެސް ގޯލްގެ ތަފާތުން ކުރި ލިބެނީ އިނގުރައިދޫއަށެވެ. އަދި މިރޭގެ މެޗު އެއްވަރުކޮށްލައިގެންވެސް ލީގު ބުރުގެ އެއްވަނައިގައި ނިންމާލުމުގެ ފުރުސަތު އިނގުރައިދޫއަށް އެބައޮތެވެ. ނަމަވެސް ލީގު ބުރުގެ އެއްވަނަ މަޤާމް ހޯދަން ބޭނުންނަމަ ދުވަފަރަށް މިރޭގެ މެޗުން މޮޅުވުން ނޫން ގޮތެއްނެތެވެ.

އަވައްޓެރި މި ދެ ރަށަކީ ފުޓްސަލްގައި ވަރަށް ވާދަވެރި ދެ ރަށެވެ. އެންމެ ފަހުން މި ދެޓީމު ވަދަކުރި މެޗުން ދުވާފަަރު މޮޅުވެފައި އޮތުމުން މިރޭގެ މެޗުގެ ފޯރި އިތުރަށް ގަދަވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ނަމަވެސް ދެޓީމަށް ވެސް މުބާރާތުގެ ފައިނަލުގެ ފުރުސަތު ލިބިފައި އޮތުމުން މިރޭގެ މެޗަށް ނުކުންނައިރު ދެޓީމުން ވެސް ބަދަލުތަކެއް ފެނުމަކީ އެކަށީގެންވާކަމެކެވެ.

ރ. އަތޮޅު މުބާރާތުގައި އިނގުރައިދޫ އަދި ދުވާފަރު ބައްދަލުކުރި މެޗު--ފޮޓޯ ވޮއިސް

ފަސް ޓީމު ވާދަކުރާ ރ. އަތޮޅުގެ ލީގު ބުރުގެ އެއް ވަނައިގައި އިނގުރައިދޫ އޮތީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ދުވާފަރު ވެސް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތީ ތިން ޕޮއިންޓާ އެކު އަލިފުށްޓެވެ. އިންނަމާދޫ އިން މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބިއެވެ. އަދި މުބާރާތުގެ ފައިނަލް މެޗުގައި އިނގުރައިދޫ އާއި ދުވާފަރު ވާދަކުރާ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ފެބުރުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.