ދުވާފަރާއި އިނގުރައިދޫ ވާދަކުރި މެޗުގެ ތެރެއިން
ކުޅިވަރު
24 Feb 2023 | 17:37
ފައިނަލުގައި އިނގުރައިދޫ އާއި ދެކޮޅަށް ނުކުންނާނީ އިތުބާރާއިއެކު: ދުވާފަރު ޓީމުގެ މެނޭޖަރ

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2023 ގެ، ރ. އަތޮޅު ލީގު ބުރުގެ ފައިނަލްގައި މާދަމާ ހަވީރު އިނގުރައިދޫ އާއި ދެކޮޅަ ނުކުންނަ މެޗަށް ޓީމު އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށާއި ފައިނަލް މެޗަށް ނުކުންނާނީ އިތުބާރާއިއެކު ކަމުގައި ދުވާފަރު ޓީމުން ބުނެފިއެވެ.

ފައިނަލް މެޗާއި ބެހޭގޮތުން ވޮއިސް އެމްވީ އާއި ވާހަކަދައްކަމުން  ދުވާފަރު ޓީމުގެ މެނޭޖަރ އިބްރާހިމް ޖަލީލް ބުނީ ފައިނަލް މެޗަށް ޓީމު ވަރަށް ރަގަޅަށް ތައްޔާރުވެފައިވާ ކަމަށާއި ލީގު ބުރުގައި މިދެޓީމު ވާދަކުރި މެޗުގެ ނަތީއްޖާގެ އަސަރު ފައިނަލް މެޗުން ނުފެންނާނެކަމަށެވެ.

ލީގު ބުރުގައި އިނގުރައިދޫ އަތުން ބަލިވި މެޗުގައި ހެދުނު މިސްޓޭކުތައް ރަގަޅުކޮށް ފައިނަލް މެޗަށް ނުކުންނާނީ އިނގުރައިދޫ ޓީމަކީ މޮޅު ޓީމެއްކަން ދަނެގެންނެވެ. އިނގުރައިދޫ ޓީމަކީ ވަރަށް ވަރުގަދަ ޓީމެއް ލީގު ބުރުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް އެޓީމުން ފައިނަލްގެ ފުރުސަތު ހޯދީ އަދި އެޓީމުގައި އެބަތިބި ރާއްޖޭގެ ފެންވަރުގެ މޮޅެތި ކުޅުންތެރިން ޖަލީލު ބުންޏެވެ.

2022 ވަނަ އަހަރު މިދެޓީމު ދެ ފައިނަލެއްގައި ވާދަކޮށްފައިވާއިރު ދެ މެޗުން ވެސް ދުވާފަރު މޮޅުވީ ފަހަތުން އަރައެވެ. އެތަޖުރިބާގެ އަލީގައި މަދަމާގެ މެޗަށް ދުވާފަރު ޓީމު ނުކުންނާނި ޖެހިޖެހިގެން ތިންވަނަ ފައިނަލުގައި އިގުރައިދޫ ބަލިކުރާށެވެ.

ޓީމުގެ ހުރިހާ ކުޅުންތެރިންގެ ވަރަށް ބޮޑު އެދުމެއް މާލެ، ހުޅުމާލެ އަދި ވިލިގިލީގައި ދިރިއުޅޭ ދުވާފަރުގެ ހުރިހާ ރައްޔިތުންވެސް ދަނޑަށް ވަޑައިގެން ޓީމަށް ތަރުހީބުދެއްވުމަކީ، ދުވާފަރު ޓީމުގެ މެނޭޖަރ އިބްރާހިމް ޖަލީލް ބުންޏެވެ.

މުބާރާތުގައި ދުވާފަރު ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން އެޓީމު މޮޅުވި އިރު ބަލިވީ ލީގު ބުރުގެ ފަހު މެޗުގައި އިނގުރައިދޫ އާއި ވާދަކޮށް 5-1 ގެ ނަތީއްޖާއަކުންނެވެ. ލީގު ބުރުގައި މީދު އާއި ވާދަކުރި މެޗު ދުވާފަރު ކާމިޔާބުކުރީ 6-1 ގެ ތަފާތު ބޮޑު ނަތީއްޖާއަކުންނެވެ. އަދި ދެވަނަ މެޗުގައި އިންނަމާދޫ އާއި ވާދަކުރި މެޗު 5-1 ގެ ނަތީއްޖާއަކުން ކާމިޔާބުކުރި އިރު އަލިފުށި އަތުން އެޓީމު މޮޅުވީ 1-0 ގެ ނަތިއްޖާއަކުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.